Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ފުރުސަތު ހުޅުވާލާފައިވަނީ 31 މާޗްއާއި ހަމައަށް

އަލީ ސަމާޚް
އަލީ ސަމާޚް | 8 މާރިޗު 2019 | ހުކުރު 07:17
\'\' ނޫސްވެރިކަމުގެ އިނާމު 2017\'\' ލިބުނު ނޫސްވެރިން

\'\' ނޫސްވެރިކަމުގެ އިނާމު 2017\'\' ލިބުނު ނޫސްވެރިން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މީޑިއާ ކައުންސިލް ބުރާސްފަތި ދުވަހު އިއުލާނުގައި ބުނީ، ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން، އިތުރަށް ފުރުޞަތު ދިނުމުގެ ގޮތުން މި މަހުގެ 31 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީޑިއާ ކައުންސިލުން އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކާކީ:

އިޖުތިމާއީ ދާއިރާ

1. ސިޔާސީ ދާއިރާ

2. ޝަރުއީ އަދި ޤާނޫނީ ދާއިރާ

3. ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

4. ކުޅިވަރުގެ ދާއިރާ

5. ފޮޓޯގްރަފީގެ ދާއިރާ

6. ވީޑިއޯގްރަފީގެ ދާއިރާ

7. ފީޗަރ ދާއިރާ

8. އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު

މީގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ ހާއްސަ އިނާމުތައް ހިމެނޭ ކަމަށްވެސް އެއިއުލާނުގައިވެއެވެ.

އިނާމުތަކަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމު އަދި ނޫސްވެރިކަމުގެ ޚާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމުން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

މީޑިއާތަކަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ ފަރާތަކީ މީޑިއާ ކައުންސިލެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާ އާއި އޮންލައިން މީޑިއާތަކުގެ އަދަދަކީ 108 އެކެވެ. އަދި ޓީވީ އާއި ރޭޑިއޯ ސްޓޭޝަން ހިމެނޭ ގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ 37 ފަރާތަކަށް ދީފައިވެއެވެ.

އެތަންތަނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ހައްގު، ގާނޫނުން ދީފައި ވަނީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު