Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

ސަރުކާރުގައި ވަޒީފާއަދާ ކުރާ އަންހެނުންނަށް ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭ ގޮތަށް ހަމަޖައްސައިފި

ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ: ރައީސް ސޯލިހު

އަލީ ސަމާޚް
އަލީ ސަމާޚް | 7 މާރިޗު 2019 | ބުރާސްފަތި 06:47
ރައީސް ސޯލިހު މާފުށީގައި

ރައީސް ސޯލިހު މާފުށީގައި

ސަރުކާރުގައި ވަޒީފާ އަދާކުރާ ކޮންމެ އަންހެނަކަށް މިއަދުން ފެށިގެން 6 މަސް ދުވަހުގެ މެޓަރނިޓީ ލީވް މުސާރައާ އެކު ލިބޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ވަޒީފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭ އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

Advertisement - newsAdvertisement

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްގީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި ޢާއިލާއާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ކަމަށެވެ.

''ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު. އެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނަނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކު. އެ ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސަރުކާރުގެ ވަޒީފާ އަދާކުރާ ކޮންމެ މަޔަކަށް، މިއަދުން ފެށިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ. އަދި އެ ދަރިފުޅުގެ ބައްޕައަށް ވެސް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ. މީގެ އިތުރުން، މިހާރު ވިހައިގެން އުޅޭ މައިންގެ ވެސް، 6 މަސް ނުވާ ދަރިން ތިބި ނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވަންދެން، އެކުދިންގެ މައިންބަފައިންނަށް ވެސް އެ ޗުއްޓީ މިއަދުން ފެށިގެން ލިބޭނެ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުވައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ ހަމައެކަނި ޤާނޫނު އިޞްލާޙްކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ޤާނޫނުތަކުން އެކަމަށް މަގު ފަހިކުރުމަކީ ކުރަންޖެހޭ ކަމަށެވެ.

އަދި ހަމައެއާއި އެކު، އެކަން ކުރުމުގެ ދެމެހެއްޓެނިވި ސިޔާސަތެއް އޮންނަންޖެހޭނެ ކަމަށާއި އަދި އެކަން ކުރުމުގެ ވަރުގަދަ ޢަޒުމެއް އެންމެންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

''ރާއްޖޭގެ ސިވިލް ސާވިސްއަށް ބަލާއިރު، ތިން ބައިކުޅަ ދެބަޔާ ގާތްކުރާ ޢަދަދަކަށް، ތިބީ އަންހެނުން. އެއީ 61 އިންސައްތަ. ފިރިހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ. އެކަމަކު ސިވިލް ސާވިސްގެ އެންމެ މަތީ ފަންތީގައި، ޙަޤީޤަތް އޮތީ މިއާ ދިމާ އިދިކޮޅަށް. ސިވިލް ސާވިސްގެ އެގްޒެކެޓިވް ލެވެލްގެ 61 އިންސައްތަ ވަޒީފާގައި ތިބީ މުޅިންވެސް ފިރިހެނުން. މި ފަންތީގައި އަންހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.

މިކަމަކީ އެއްވެސް ހަމައަކުން ބަލާއިރު، މިކަން ވާންޖެހޭނެ ގޮތެއް ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަންހެނުން ބާރުވެރިކުރުމުގެ ވާހަކަ ދައްކާއިރު، ބަދަލު ކުރަންޖެހިފައިވާ ސަގާފަތެއް ކަމަށާއި ބޭނުންވަނީ ހުރިހާ ދާއިރާއެއްގައިވެސް މަތީ މަޤާމުތަކުގައި އަންހެނުންގެ ޙިއްޞާ މިހާރަށް ވުރެ، ވަރަށް ބޮޑަށް އިތުރުކުރަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެންމެ ފަހުގެ ބޯހިމެނުމަށް ބަލާއިރު، ރާއްޖޭގައި ތިބި މަސައްކަތް ލިބިފައިވާ ދިވެހީންގެ 63 އިންސައްތައަކީ ފިރިހެނުން ކަމަށާއި އަންހެނުންގެ ނިސްބަތަކީ އެންމެ 37 އިންސައްތަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

''ނިސްބަތް އެހާ ދަށްއިރު، ވަޒީފާއެއް އަދާކުރަން ފެށުމަށް ފަހު، ވަކި ހިސާބަކުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ ނިސްބަތް ވެސް އެހާ މަތި.'' ރައީސް ސޯލިހު ވިދާޅުވިއެވެ.

''މި ދެންނެވި ޙާލަތު އަންހެނުންނަށް މެދުވެރިވަނީ، ޒަވާޖީ ޙަޔާތެއް ފެށުމުން، އެހެން ނޫނީ، ދަރިއަކު ލިބޭ ހިސާބުން. އެހެންކަމުން، ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިހާރުވެސް ކުރަންވެއްޖެ ކަމެއް.'' ރައީސް ޞޯލިހް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

މިސަރުކާރުގައި އިގްތިޞާދީ ސިޔާސަތެއް ނެތް، ކަންކަން ދަނީ ދިމާ އިދިކޮޅަށް: އެމްޑީޕީ

01 ޖޫން 2017
މިސަރުކާރުގައި އިގްތިޞާދީ ސިޔާސަތެއް ނެތް، ކަންކަން ދަނީ ދިމާ އިދިކޮޅަށް: އެމްޑީޕީ
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
15 މާރިޗު 2017

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާރިޗު 2017
އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި
13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު