Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމިން

ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ ހުކުމް އިއްވުން މިއަދު ކެންސަލްވެއްޖެ

މިއަދުގެ އަޑުއެހުން ކެންސަލްވީ ކޯޓުގެ އިދާރީ ސަބަބަކާއި ގުޅިގެން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 7 މާރިޗު 2019 | ބުރާސްފަތި 06:34
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ބެންކް އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު ތިން އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅާދޭން އެދި ހައިކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމް އިއްވުން މިއަދު ކެންސަލްވެއްޖެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރު އިސްތިއުނާފު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުން ކޯޓުގެ އިދާރީ ސަބަބަކާއި ގުޅިގެން ކެންސަލްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ހައިކޯޓުގައި ބޭއްވި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮން ހުޅުވާލައިގެނެއް ނޫނެވެ. މިކަމާއި ގުޅިގެން ހައި ކޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ފަހު ވަނީ އަޑުއެހުންތައް އެއްކޮށް ނިންމާލާފައެވެ. އެހެން ކަމުން ދެން އޮންނާނީ މައްސަލައިގެ ހުކުމެވެ.

ރައީސް ޔާމިންގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން މީގެކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކައުންޓުތައް ފްރީޒް ކުރަން ނެރުނު ކޯޓު އަމުރުތަކަކީ ޖިނާއި އިޖުރާއަތުގެ ގާނޫނާ ޙިލާފަށް، އަދި އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ނެރިފައިވާ އަމުރުތަކެއް ކަމަށެވެ. އަދި އެކަމަކީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވެސް ތުހުމަތުކުރެއެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފްރީޒްކުރި އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ. އެކަމަކު ޔާމީންގެ ވަކީލުންގެ ޓީމުން ކުރިން ބުނެފައިވަނީ އެކައުންޓް ފްރީޒްކުރީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމުގައި ގާނޫނީ މައްސަލަތަކެއް އެބަ ހުރި ކަމަށެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު