Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޗެމްޕިއަން ރެއާލް ލަދުގަންނުވާލައި އަޔަކްސް ކުއާޓާއަށް

6 މާރިޗު 2019 | ބުދަ 03:02

ރެއާލް ބަލިވީ 4-1 އިން

ލީވާން އަލީ
ލީވާން އަލީ | 6 މާރިޗު 2019 | ބުދަ 03:02
އަޔަކްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އަޔަކްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ލަދުގަންނުވާލުމަށް ފަހު، ނެދަލޭންޑްސްގެ އަޔަކްސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ގަދަ 16 ގެ ދެވަނަ ލެގުގެ މެޗުން އަޔަކްސް އަތުން ރެއާލް ބަލިވީ 1-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އަޔަކްސްއާ ވާދަކޮށް ރެއާލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. އަޔަކްސް ކުއާޓާއަށް ދަތުރުކުރީ ޖުމްލަ 3-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އަޔަކްސް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓަޑިކްގެ އެހީތެރިކަމާ އެކު ޒިޔެކްއެވެ.

މި ލަނޑާ އެކު ރެއާލުން ކުޅުން ރަނގަޅުކުރި ނަމަވެސް 18 ވަނަ މިނެޓުގައި އަޔަކްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓަޑިކްގެ އެހީތެރިކަމާ އެކު ޑޭވިޑް ނެރެސްއެވެ.

ރެއާލްއަށް މެޗުގައި އިތުރު ހުރަސްތަކާ ކުރިމަތިވާން ފެށީ އެޓީމުގެ ކުރިޔަށް ކުޅެމުންދިޔަ ވިނީސިއަސް ޖޫނިއާ އާއި ލޫކަސް ވަޒްކުއޭޒްއަށް އަނިޔާވެ، ބަދަލުކުރަން ޖެހުމުންނެވެ. އެގޮތުން އެ ދެ ކުޅުންތެރިންގެ ބަދަލުގައި ގެރެތު ބޭލް އާއި މާކޯ އެސެންސިއޯ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކުޅެން އަރާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްއަށް ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތައް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން އަޔަކްސްއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ވެންޑެބީކްގެ އެހީތެރިކަމާއެކު ޓަޑިކްއެވެ. މިއާއެކު ރެއާލުން އެޓޭކްތައް ވަރުގަދަކޮށް، 70 ވަނަ މިނެޓުގައި އެސެންސިއޯ ކާމިޔާބުކުރި ލަނޑުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.

ނަމަވެސް އޭގެ ދެ މިނެޓު ފަހުން އަޔަކްސްގެ ހަތަރުވަނަ ލަނޑު ޝޯނޭ ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅު ތެރޭގައި ފުލުފުލުގައި ރެއާލްއަށް ލަނޑު ޖެހުމަށް ފުރުސަތު ލިބިފައިވާއިރު، އޭގެ ބޭނުމެއް އެޓީމަށް ނުހިފެއެވެ.

މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ޑިފެންޑަރ ނެޗޯއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އަޔަކްސް އަތުން މިވީ ބައްޔަކީ ޔޫރަޕްގެ މުބާރާތަކުން ރެއާލް އަމިއްލަ ދަނޑުގައި އެންމެ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ރެއާލް އެންމެ ފަހުން ކުޅުނު ތިން މެޗުވެސް އަމިއްލަ ދަނޑުގައި ކުޅެފައިވާއިރު، އެ ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

މުބާރާތުގެ ކުއާޓާއިން އަޔަކްސް ޖާގަ ހޯދާފައިވާއިރު، މިއީ މުބާރާތުގެ ކުއާޓާއިން ފާއިތުވެދިޔަ 16 އަހަރަށްފަހު އެޓީމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް