Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެޗްއާރ އެކްސްޕޯ 2019

ކޮންވެންޝަން ވަރަށް ކާމިޔާބު، ތަރުހީބު ވަރަށް ރަނގަޅު: އެމް.އޭ.އެޗް.އާރް.ޕީގެ ރައީސް

ދެ ވަނަ އެކްސްޕޯ އޮންނާނީ 2020 ވަނަ އަހަރު

އަލީ ސަމާޚް
އަލީ ސަމާޚް | 5 މާރިޗު 2019 | އަންގާރަ 15:29
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސެސް ޕްރޮފެޝަނަލްގެ ރައީސް ހުސެއިން އަފީފް ވާހަކަދައްކަވަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސެސް ޕްރޮފެޝަނަލްގެ ރައީސް ހުސެއިން އަފީފް ވާހަކަދައްކަވަނީ

ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ވަރަށް ކާމިޔާބު ކަމާށާއި، ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ކޮންވެންޝަން އިންތިޒާމް ކުރި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ)ގެ ރައީސް ހުސޭން އަފީފް ވިދާޅުވެއްޖެ އެވެ.

ހިއުމަން ރިސޯސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންތިޒާމް ކޮށްގެން ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ކޮންވެންޝަންގައި ރާއްޖޭގެ އިތުރުން ބޭރުގެ ވާހަކަ ދެއްކުންތެރިން ވަނީ ބައިވެރިވެފައެވެ.

ކޮންވެންޝަން ނިންމުމުގެ ރަސްމިއްޔާތަށްފަހު ރާއްޖެ.އެމްވީއަށް މައުލޫމާތުދެމުން އަފީފް ވިދާޅުވީ، މި ކޮންވެންޝަންގައި 400 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށާއި، ބޮޑު ތަރުހީބެއް ލިބިފައިވާ ކަަމަށެވެ.

ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ރީޖަނަލް ޑައިރެކްޓަރ އޮފް ޓްރެއިނިންގ، ޑިވޮލޮޕްމެންޓު އެންޑް ކޮލެޓީގެ މަގާމުވެސް އަދާކުރައްވަމުންގެންދަވާ އަފީފް ވިދާޅުވީ، މި ކޮންވެންޝަންގެ ސަބަބުން އެންމެ ބޮޑަށް ފާހަގަވެފައިވަނީ މިފަދަ ހަރަކާތަކަށް މީހުން ބޭނުންވެފައި ތިބި މިންވަރުކަމަށެވެ.

''މައުލޫމާތު ފޯރުކޮށް ދިނުމާއި، މައުލޫމާތު ހޯދުމާއި، މައުލޫމާތު ލިބިގަތުމަށް މީހުން ބޭނުންވެފައި ތިބިވަރު. ރާއްޖޭގައި މިފަދަ ކަމެއް ކުރެވުނީމަ އެފަރާތްތަކުން ވަރަށް އުފާވާ ކަމެއް. އެއީ މީގެ އެންމެ މުހިއްމު ކަމަކީ.'' އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ކޮންވެންޝަންތައް ބޭއްވުމަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ކޮންވެންޝަން ނިންމާލުމުގެ ރަސްމިއްޔާތުގައި ކޮންވެންޝަންގައި ބައިވެރި ފަރާތްތަކަށް ސެޓްފިކެޓް ވަނީ ދީފައެވެ. އަދި ކޮންވެންޝަންގައި ވާހަކަ ދެއްކި ފަރާތްތަކަށް ހަނދަނީ ލިޔުންވެސް ދީފައިވެއެވެ. އޭގެއިތުރުން ގުރުއަތުލައިގެން ހޮވުނު 10 ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

މި ކޮންވެންޝަންގައި އައިލެންޑާސް ގްރޫޕްގެ ފަރާތުން ބައިވެރިވި އެ ކުންފުނީގެ ސީނިއާ މެނޭޖަރު ފާތިމަތު ސަލްވާ ވިދާޅުވީ، މި ކޮންވެންޝަންގެ ސަބަބުން އަގުހުރި މައުލޫމާތުތަކެއް ލިބިގެން ދިޔަ ކަމަށެވެ.

''އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ، މިކޮންވެންޝަންގައި ވަރަށް ބައިވަރު ރާއްޖެއިން ބޭރުގެ ސްޕީކާސް އިން ބައިވެރިވި. ދިވެހިންގެ ތެރެއިންވެސް ވަރަށް ގާބިލް މީހުންގެ ސްޕީޗް ފެނިގެން ދިޔަ.'' ލަހުފާ ވިދާޅުވި އެވެ.

ކޮންވެންޝަންގެ ބައިވެރިޔަކު ރާއްޖެ ޓީވީ އަށް މައުލޫމާތުދެއްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އެމްޕީއެލްގެ ފަރާތުން މި ކޮންވެންޝަންގައި ހަރަކާތްތެރިވި ފަރާތަކުން ބުނީ، މިފަދަ ކޮންވެންޝަނެއްގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ. އެގޮތުން މުވައްޒިފުން އެކުގައި މަސައްކަތްކުރާނެ ގޮތްތައް ދަސްވެފައިވާކަމަށް އެ ފަރާތްތަކުން ބުންޏެވެ.

މި ރަސްމިއްޔާތުގައި އެމް.އޭ.އެޗް.އާރް.ޕީއަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެގޮތުން އެ ޖަމިއްޔާގެ މެމްބަރުންގެ އަގު ވަނީ ވަޒަންކޮށްފައެވެ.

އެމް.އޭ.އެޗް.އާރް.ޕީން އިންތިޒާމް ކޮށްގެން ބޭއްވި ކޮންވެންޝަން ނިންމާލިއިރު، މީގެ ދެވަނަ ކޮންވެންޝަންއެއް 2020 އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިޒޯސަސްގެ ނަމުގައި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެންޖީއޯއެއްގެ ގޮތުގައި ރަޖީސްޓްރީ ކޮށްފައިވާ ޖަމްއިއްޔާއަކީ، ޕްރޮފެޝަނަލް ކޮށް އެޗްއާރްގެ ދާއިރާއިން ރާއްޖޭގައި ހިންގާ ހަމައެކަނި ޖަމްއިއްޔާއެވެ. އެ ޖަމްއިއްޔާގެ މައިގަނޑު ބޭނުމަކީ، ހިއުމަން ރިސަސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަށް ކުރިއަރުވައި އެ ފަރާތްތަކަށް އެޗްއާރްގެ ދާއިރާއިން މައުލޫމާތު ފޯރުކޮށްދިނުމެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

23 އޯގަސްޓު 2017
އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ
21 ޖޫން 2017

މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

21 ޖޫން 2017
މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!
10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
22 މެއި 2017

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
14 ފެބުރުއަރީ 2017

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

14 ފެބުރުއަރީ 2017
އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު
28 ޖެނުއަރީ 2017

ޕޯޓް ކްލިނިކެެއް ވަރަށް އަވަހަށް ހުޅުވާނަން: ޖުނައިދު

28 ޖެނުއަރީ 2017
ޕޯޓް ކްލިނިކެެއް ވަރަށް އަވަހަށް ހުޅުވާނަން: ޖުނައިދު
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު