Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ މޯލްޑިވްސް

އުރީދޫއަށް 545 މިލިޔަން ރުފިޔާގެ ފައިދާ ލިބި، ހިއްސާއަށް 3.22ރ ބަހަން ނިންމައިފި

3 މާރިޗު 2019 | އާދީއްތަ 18:02

ހިއްސާއަކަށް 3.22ރ. ބަހަން ވަނީ ނިންމާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 މާރިޗު 2019 | އާދީއްތަ 18:02
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ

އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 2018 ވަނަ އަހަރު 545 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއަށް ލިބިފައިވާ ފައިދާއިން ހިއްސާދާރުންގެ މެދުގައި 88 ޕަސެންޓް ބަހަން ވަނީ ހަމަޖެހިފައެވެ. އަދި އުރީދޫ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 3.22ރ. ބަހަން އާދިއްތަ ދުވަހުގެރޭ ވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައެވެ.

އެގޮތުން އެ ކުންފުނީގެ ހިއްސާގެ 9.1 ޕަސެންޓް އާންމުންނަށް ބެހުމަށް ވަނީ ނިންމާފައެވެ. ބާކީ އޮތް 90.9 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލް އެފް ޒެޑް- އެލް އެލް ސީގެ ހިއްސާ އެވެ.

ދަރުބާރުގޭގައި ބޭއްވި އުރީދޫގެ އަހަރީ އާއްމު ޖަލްސާއަށް 109 ހިއްސާދާރުން ހާޒިރުވެފައިވާއިރު، ޕްރޮކްސީ ހިފައިގެން ހިއްސާދާރުން ތަމްސީލް ކުރުމަށް 48 ފަރާތަކުން ވަނީ ހާޒިރުވެފައެވެ. އެހެންކަމުން ޖުމްލަ 157 ހިއްސާދާރުންނާއި އެކީ ކުރިއަށްގެންދިޔަ އަހަރީ އާންމު ޖަލްސާގައި ކުންފުނީ އޮޑިޓް ކުރުމަށް ހިއްސާދާރުންގެ ތާއީދާއެކު ވަނީ ކޭޕީއެމްޖީ އައްޔަން ކޮށްފައެވެ. މިއީ ފާއިތުވި ދެ އަހަރުގައި ވެސް އެކުންފުނި އޮޑިޓްކޮށްފައިވާ ފަރާތެވެ.

ކުންފުނީގެ ހިއްސާދާރުންނާއު ކަސްޓަމަރުންނަަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ނަފާއާއި ޚިދުމަތުގެ ސަބަބުން 2018 ވަނަ އަހަރު އެކުންފުނީގެ އާމްދަނި ވަނީ 6 އިންސައްތަ ކުރިއަރާފައެވެ.

ސާފު ފާއިދާގެ ނިސްބަތް ވަނީ 2017 ވަނަ އަހަރު ހާސިލްވި 31.5 އިން 27.9 އަށް ދަށަށް ގޮސްފައެވެ. މީގެ ސަބަބަކީ އުރީދޫގެ ސަބްސިޑަރީ ކުންފުނި ، ވާފް ޓެލެކޮމް އިންޓަރނޭޗަނަލް ޕްރައިވެޓް ލިމިޑެޓްގެ އިންޓޭޖިބަލް އެސެޓްތަކުގެ އިމްޕެއަރމަންޓްގެ ގޮތުގައި 354 މިލިއަން ރުފިޔާ 2018 ވަނަ އަހަރުގެ ފައިދާއިން އުނިވެފައިވާތީއެވެ.

2018 ވަނަ އަހަރު ކުންފުނީގެ އާމްދަނީ ވަނީ 107 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ކަސްޓަމަރުން އިތުރުވުމާއި، ކަސްޓަމަރުންގެ ބޭނުންތަކަށް ބިނާކޮށް ތަފާތު ގިނަ އައު ޚިދުމަތްތައް ތަޢާރަފް ކުރުމެވެ.

އަދި މިދިޔަ އަހަރު ކުންފުނީގެ ކެޕިޓަލް ޚަރަދު އުނިކުރުމަށް ފަހު ކުންފުނީގެ މަސައްކަތުން ލިބޭ ފައިސާގެ ގޮތުގައި 424 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

2017 ވަނަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 3.20ރ ވަނީ ބަހާފައެވެ.

2018 ވަނަ އަހަރު އުރީދޫގެ ކަސްޓަމަރުންގެ އަދަދު ވަނީ 440,00 އަށް އިތުރުވެފައެވެ. ފާއިތުވި 5 އަހަރުގެ ތެރޭގައި ހިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު އެވަރެޖް ގޮތެއްގައި އަހަރަކު 12.4 އިންސައްތަ އިތުރުވެފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޖުލައި 2017

ލުއި ދެ ރުފިޔާގެ އާ ޝިޕްމަންޓެއް އަނެއްކާ ވެސް ގެނެސްފި

11 ޖުލައި 2017
ލުއި ދެ ރުފިޔާގެ އާ ޝިޕްމަންޓެއް އަނެއްކާ ވެސް ގެނެސްފި
19 ޖޫން 2017

އުރީދޫ އިން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފި

19 ޖޫން 2017
އުރީދޫ އިން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފި
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
15 މެއި 2017

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
20 އެޕްރީލު 2017

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް