Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މުހައްމަދު ނަޝީދު

ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް ނޭހީ ކޮން ސިއްރުތަކެއް ފަހަތުގައި އޮތުމުންކަން ސާފުވޭ: ނަޝީދު

2 މާރިޗު 2019 | ހޮނިހިރު 18:09

އެމްޑީޕީ ނޫން އެހެން އެފަރާތްތަކުގެ އަމިއްލަ މަސްލަހަތު މާގިނައިން ފުށުއަރާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 މާރިޗު 2019 | ހޮނިހިރު 18:09
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް ނޭހީ ކޮން ސިއްރު ކަންތައްތަކެއް ފަރުދާގެ ފަހަތުގައި އޮތުމުންކަން ސާފުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށްގެން ދިޔަ ޕޯސްޓަރ ހަރުކުރުމާއި ބިލްބޯޑު ހަރުކުރުމުގެ ތެރެއިން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ, ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަކީ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް ވައުދުވެވަޑައިގެންނެވި ދެކަންތައްތައް ކަމަށެވެ. ނަމަވެސް އެ ބިލް ގާނޫނަކަށް ނެހެދީ ކީއްވެކަން އަދި ކޮންކަންތައްތަކެއް ފަރުދާގެ ފަހަތުގައި އޮތުމުންކަން ސާފުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement
" އަޅުގަނޑުމެންނަކަށް ނުފެނޭ ރައްޔިތުންގެ މަޖިލީސް ކުރިއަށް ދާތަނެއް . މަރުތަކުގެ ހަގީގަތް ހޯދުމާއި އަދި ކަރަޕްޝަންގެ ހަގީގަތުގެ އަޑި ބެލުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް ވައުދުވެވަޑައިގެންނެވި ދެކަންތައް. އަދި ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް އެދިއެދިތިބި ކަންތައްތައް. އެކަންތައްތަކުގެ ހަގީގަތް ހޯދުމަށް މަޖިލީހުން ގާނޫނެއް ފާސްކުރުމަށް ހުށައެޅުމުން މިދަނީ އެކަން ނުވަމުން . އަޅުގަނޑުމެންނަށް ސާފުވޭ މިއީ ކޮންކަންތައްތަކެއް ފަރުދާގެ ފަހަތުގައި ހުރީމަކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަރުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު އެ ބިލް އެޖެންޑާ އިން ނަގައި އަނބުރާ ކޮމިޓީ އަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެވެ.

ރައީސް ސޯލިހުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދާ ގުޅިފައިވާ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފުރަތަމަ ހުށަހެޅީ ކުރީ އަހަރުގެ ފަހު ދައުރުގަ އެވެ. އޭރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގެ އަތުގަ އެވެ. އެ ބިލަށް ވޯޓަށް އެހުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެބިލް ފާސް ކުރުމަށް މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް އޮތީ އިއްތިހާދުގެ މެޖޯރިޓީއެއް ކަމަށާއި އެހެން ނަމަވެސް އިއްތިހާދުން އެއްބަސް ވެވިފައިވާ އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ކުރާ މަންޒަރެއް ނުފެންނަކަށެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ފިޔަވައި އެހެން ގިނަ ފަރާތްތަކުގެ މަސްލަހަތު ހުރީ ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ނޫންކަމަށާއި އެފަރާތްތަކުގެ އަމިއްލަ މަސްލަހަތު މާގިނައިން ފުށުއަރާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެޖޯރިޓީ ހޯދަންވީ އެހެންވެ ކަމަށާއި އެކަމަށް އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ނިޒާމެއް ނެތި، ސިފައިންގެ ބެލުމުގެ ދަށުގައި ވޯޓަށް، މުންދުއަށް ލިބުނީ 28 ވޯޓް!

23 އޯގަސްޓު 2017
ނިޒާމެއް ނެތި، ސިފައިންގެ ބެލުމުގެ ދަށުގައި ވޯޓަށް، މުންދުއަށް ލިބުނީ 28 ވޯޓް!
13 ޖުލައި 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި

13 ޖުލައި 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި
12 ޖުލައި 2017

ވޯޓަށް ހުރަސް އެޅުމުގެ ގޮތުން މަސައްކަތް ކުރަނީ މެމްބަރުން ހައްޔަރުކުރަން: ފާރިސް

12 ޖުލައި 2017
ވޯޓަށް ހުރަސް އެޅުމުގެ ގޮތުން މަސައްކަތް ކުރަނީ މެމްބަރުން ހައްޔަރުކުރަން: ފާރިސް
06 މެއި 2017

ވޯޓް ލުމުގެ ވަގުތު އިތުރުކުރީ ގާނޫނާ ހިލާފަށް، މިއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް: އެމްޑީޕީ، ޖޭޕީ

06 މެއި 2017
ވޯޓް ލުމުގެ ވަގުތު އިތުރުކުރީ ގާނޫނާ ހިލާފަށް، މިއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް: އެމްޑީޕީ، ޖޭޕީ
24 އެޕްރީލު 2017

ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތުގެ ހުށަހެޅުމުގެ ތުހުމަތު ފާރިސް އަށް ވެސް ކޮށްފި

24 އެޕްރީލު 2017
ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތުގެ ހުށަހެޅުމުގެ ތުހުމަތު ފާރިސް އަށް ވެސް ކޮށްފި
23 އެޕްރީލު 2017

ފޯނު ހުޅުވުމަށް ކޯޓަށް އަމުރެއް ނުކުރެވޭނެ، ބާރުދޭ ގާނޫނެއް ނެތް: ރިޔާޒް

23 އެޕްރީލު 2017
ފޯނު ހުޅުވުމަށް ކޯޓަށް އަމުރެއް ނުކުރެވޭނެ، ބާރުދޭ ގާނޫނެއް ނެތް: ރިޔާޒް
25 މާރިޗު 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެމްޑީޕީ އާއި ޖޭޕީން ވެސް ތްރީލައިން ވިޕެއް

25 މާރިޗު 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެމްޑީޕީ އާއި ޖޭޕީން ވެސް ތްރީލައިން ވިޕެއް
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް