Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީ ކޭން

ޓޮޓެންހަމް ދޫކޮށްލަން ކޭން ވިސްނަން ފަށައިފި

2 މާރިޗު 2019 | ހޮނިހިރު 08:39

ކޭންގެ އެއްބަސްވުން ހަމަވާނީ 2024 ގައި

ލީވާން އަލީ
ލީވާން އަލީ | 2 މާރިޗު 2019 | ހޮނިހިރު 08:39
ހެރީ ކޭން

ހެރީ ކޭން

ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށްލަން އެކްލަބަށް ކުޅެމުން އަންނަ އިނގިރޭސި ކެޕްޓަން ހެރީ ކޭން ވިސްނަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފަހަކަށް އައިސް ޓޮޓެންހަމް ހޯދަމުން އަންނަ ނަތީޖާތަކާ ގުޅިގެން ކޭން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެގޮތުން އޭނާ ބޭނުން ވަނީ ކާމިޔާބު ހޯދަން އެހެން ބޮޑު ކްލަބަކަށް ބަދަލުވާން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ޓޮޓެންހަމް އިން ބޭނުން ވަނީ މި ސީޒަނުގައި އެ ކްލަބުގައި ކޭން ބެހެއްޓުމަށެވެ. އަދި އެ ކްލަބުން ދެކޭ ގޮތުގައި ކޭންއަކީ މުހިންމު ކުޅުންތެރިޔެކެވެ.

ޓޮޓެންހަމްއާ އެކު ކޭން ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރު ވަނީ އާކޮށްފައެވެ. އެގޮތުން އޭނާ އެ ކްލަބާ އެކު ހެދި އާ އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ޖެހޭނެއެވެ.

ދާދި ފަހުން ސްޕޯޓް ބިލްޑްއަށް ދިން އިންޓަވިއުއެއްގައި ކޭން ބުނީ ޓޮޓެންހަމްގައި ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށާއި، މުޅި ކެރިޔަރު އޭނާ ހޭދަކުރަން ބޭންވަނީ އެ ކްލަބާއެކުގައި ކަމަށެވެ.

ކޭން މިހެން ބުނެފައިވާއިރު، އޭނާ ހޯދުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރުވެއްޖެއެވެ. މި ޖެނުއަރީ ޓްރާންސްފާގައިވެސް ކޭން ހޯދުމަށް ރެއާލުން ވަނީ މަސައްކަތް ކޮށްފައެވެ.

ޓޮޓެންހަމް އިން ކެރިޔަރު ފެށި އުމުރުން 24 އަހަރުގެ ކޭން ވަނީ މިހާތަނަށް މި ސީޒަނުގައި ޓޮޓެންހަމް އަށް ކުޅުނު 32 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޓޮޓެންހަމްގައި ހޭދަކުރި 10 ސީޒަނުގައި ކުޅުނު ޖުމްލަ 245 މެޗުން 161 ލަނޑު ކާމިޔާބުކޮށްފައެވެ.

ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކޭން ވަނީ މިދިޔަ އަހަރު އިންގްލޭންޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

މީގެ އިތުރުން ކޭން ވަނީ އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 35 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް