Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑް

އެޑް ޝީރަން ކައިވެނިކޮށްފި

މިދެމީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 28 ފެބުރުއަރީ 2019 | ބުރާސްފަތި 15:59
އެޑް ޝީރަން އާއި ޗެރީ ސީބޯން

އެޑް ޝީރަން އާއި ޗެރީ ސީބޯން

ބްރިޓިޝް ސިންގަރ އަދި ސޯންގް ރައިޓަރ އެޑް ޝީރަން އޭނާގެ ލޯބިވެރިޔާ ޗެރީ ސީބޯން އާއި ކައިވެނި ކޮށްފިއެވެ.

ދަ ސަން އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ކައިވެނި ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އުމުރުން 28 އަހަރުގެ ޝީރަން އާއި ޗެރީ 2015 ވަނަ އަހަރުން ފެށިގެން ދަނީ ޑޭޓް ކުރަމުންނެވެ. ޗެރީ އަކީ ކުޑައިރުން ފެށިގެންވެސް ޝީރަން ދަންނަ މީހެކެވެ.

ސަފޯކްގައި ހުންނަ ޝީރަން ގެ ގޭގައި ބޭއްވި ކައިވެނީގެ ހަފްލާގައި ބައިވެރިވެފައި ވަނީ އޭނާގެ އާއިލާ އާއި ގާތް ރަހުމަތްތެރިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 40 އަކަށް މީހުންނެވެ.

ނަމަވެސް "ފެސްޓިވަލް – ސްޓައިލް ޕާޓީ" ސަމާރ ގައި ބޭއްވުމަށް މިދެމީހުން ރާވަމުންދާ ކަމަށް ގާތްމީހަކާ ހަވާލާދީ ރިޕޯޓް ކޮށްފައި ވެއެވެ.

ޝީރަން އިންސްޓަގްރާމްގައި އޭނާގެ އެންގޭޖްމަންޓް އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ޝީރަން މަދުމަދުން ނަމަވެސް އޭނާގެ ލޯބިވެރިޔާ ޗެރީ އާއިއެކު ނަގާފައިވާ ފޮޓޯ އިންސްޓަގްރާމްގައި ވަނީ ހިއްސާ ކޮށްފައެވެ.

އިތުރަށް ކިޔާލަން

09 މެއި 2018

ސޯނަމް ކަޕޫރު ކައިވެނިކޮށްފި

09 މެއި 2018
ސޯނަމް ކަޕޫރު ކައިވެނިކޮށްފި
03 އެޕްރީލު 2018

ނީރަޖް ކައިވެނިކޮށްފި

03 އެޕްރީލު 2018
ނީރަޖް ކައިވެނިކޮށްފި
23 ޖެނުއަރީ 2018

އެޑް ޝީރަން އެންގޭޖް ވެއްޖެ

23 ޖެނުއަރީ 2018
އެޑް ޝީރަން އެންގޭޖް ވެއްޖެ
12 ޑިސެމްބަރު 2017

ވިރާތާއި އަނުޝްކާ ކައިވެނިކޮށްފި

12 ޑިސެމްބަރު 2017
ވިރާތާއި އަނުޝްކާ ކައިވެނިކޮށްފި
05 ޑިސެމްބަރު 2017

ބާރްތީ ކައިވެނިކޮށްފި

05 ޑިސެމްބަރު 2017
ބާރްތީ ކައިވެނިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު