Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަނުޝްކާ ޝަރުމާ - ވިރާތު

ވިރާތާއި އަނުޝްކާ ކައިވެނިކޮށްފި

އެދެމީހުން ކައިވެނި ކުރީ އިޓަލީގެ ރިސޯޓެއްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 ޑިސެމްބަރު 2017 | އަންގާރަ 03:39
އަނުޝްކާ އާއި ވިރާތު

އަނުޝްކާ އާއި ވިރާތު

ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީއާއި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ ކައިވެނިކޮށްފިއެވެ. ވިރާތާއި އަނުޝްކާއި ކައިވެނިކޮށްފައިވާކަން އެދެމީހުންގެ އިންސްޓަގްރާމުގައި ވަނީ ހާމަކޮށްފައެވެ. އެދެމީހުން ކައިވެނި ކުރީ އިޓަލީގެ ރިސޯޓެއްގައި ހޮނިހިރު ދުވަހުގައެވެ.

ވިރާތާއި އަނުޝްކާގެ އިންސްޓަގްރާމުގައި އެދެމީހުން ކައިވެނިކޮށްފައިވާ ފޮޓޯ ލާފައިވާއިރު ދެމީހުންވެސް ކެޕްޝަންގައި ޖަހާފައިވަނީ އެކައްޗެކެވެ. އެދެމީހުން އެކަކު އަނެކަކު މުޅި އުމުރުގައި އުޅުމަށް ވައުދު ވެއްޖެކަމަށާއި އެންމެންނަށް އެ ޚަބަރު ދޭކަމަށް އެ ކެޕްޝަންގައި ވަނީ ލިޔެފައެވެ. އެ އުފާވެރި ދުވަހުގައި އާއިލާއާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބަކީ އެ ދެމީހުންގެ ކައިވެނި ހާއްސަވި ކަމެއްކަމަށާއި އެކަމަށް ޝުކުރު އަދާކުރާކަމަށް ވަނީ ބުނެފައެވެ. ވިރާތާއި އަނުޝްކާވަނީ ކައިވެނިކުރިކަން ޓްވިޓާ މެދުވެރިކޮށްވެސް އިއުލާންކޮށްފައެވެ.

އެދެމީހުން ކައިވެނިކުރަން އުޅޭ ވާހަކަ އަކީ މިދިޔަ ހަފްތާއިން ފެށިގެން އިންޑިއާގެ ނޫސްތަކުގައި އެންމެ ގިނައިން ދެކެވެމުން އައި އެއް ވާހަކައެވެ. ނޫސްވެރިންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުން މިކަން ކަށަވަރުކޮށްދެމުން ދިޔައިރު އަނުޝްކާގެ ސްޕޯކްސްޕާސަން ބުނަމުން ދިޔައީ އެއީ ދޮގެއްކަމަށެވެ.

މިކައިވެނީގެ ހަފްލާއަށް ދައުވަތު އަރުވާފައިވަނީ އަނުޝްކާއާއި ވިރާތުގެ އާއިލާގެ މީހުންނާއި އެންމެ ގާތް މީހުންނަށެވެ.

ޚަބަރުތައް ބުނާގޮތުގައި އެދެމީހުން އެނބުރި އިންޑިއާއަށް އައުމަށްފަހު ވަރަށް އަވަހަށް ޕާޓީއެއް ބާއްވާނެއެވެ. އެޕާޓީގައި ކްރިކެޓް ކުޅުންތެރިންނާއި ބޮލީވުޑްގެ ތަރިންގެ އިތުރުން އާއިލާގެ މީހުން ބައިވެރިވާނެއެވެ.

ވިރާތާއި އަނުޝްކާ ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ހަތަރު އަހަރު އުޅުމަށް ފަހުގައެވެ. އެދެމީހުން އެންމެ ފުރަތަމަ ދިމާވެފައިވަނީ އެއްކޮށް ކުޅުނު އިޝްތިހާރަކުންނެވެ.

އިތުރަށް ކިޔާލަން

04 ޖުލައި 2017

ޖެރީ ފެރޭރާ އާއި ބްރިއޭން ރެކާނޯ ކައިވެނިކޮށްފި

04 ޖުލައި 2017
ޖެރީ ފެރޭރާ އާއި ބްރިއޭން ރެކާނޯ ކައިވެނިކޮށްފި
09 ޖޫން 2017

"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ

09 ޖޫން 2017
"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ
15 އެޕްރީލު 2017

މީރާއާއި ފާލިހު ކައިވެނިކޮށްފި

15 އެޕްރީލު 2017
މީރާއާއި ފާލިހު ކައިވެނިކޮށްފި
15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
29 މާރިޗު 2017

ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

29 މާރިޗު 2017
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު