Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސޯނަމް ކަޕޫރު

ސޯނަމް ކަޕޫރު ކައިވެނިކޮށްފި

ސޯނަމް އާއި އާނަންދު ކައިވެނި ކޮށްފައިވަނީ އިއްޔެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 9 މެއި 2018 | ބުދަ 03:28
ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ

ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ

ބޮލީވުޑްގެ ތަރިންގެ ތެރެއިން ސޯނަމް ކަޕޫރާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ އާނަންދު އަހޫޖާ ކައިވެނިކޮށްފި އެވެ.

ސޯނަމްއާއި އާނަންދުގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ އޭނާގެ ބޮޑުދައިތަގެ ގޭގައެވެ. ބޮލީވުޑްގެ ގިނަ ތަރިންތަކެއް ސޯނަމްގެ ކައިވެނީގެ ހަފްލާގައި ވަނީ ބައިވެރިވެފައެވެ.

މުމްބާއީގައި ބޭއްވި މި ހަފްލާގައި ސޯނަމް ހުރީ ރަތް ކުލައިގެ ސާޅީއެއްގައެވެ. އަދި އާނަންދު ހުރީ ޝްރެވާނީއެއްގައެވެ.

ކައިވެނީގެ ހަފްލާއަށް ފަހު އަންގާރަ ދުވަހުގެރޭ ވަނީ މެހެމާނުންނަށް ޚާއްސަ ރިސެޕްޝަނެއް މުމްބާއީގެ ދަ ލީލާ ހޮޓެލްސްގައި ބާއްވާފައެވެ. މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ސޯނަމްގެ ކައިވެންޏަށް އޭނާ ދިރިއުޅެމުންދާ ގެ އެކި ބޮކިތަކުން ދިއްލާ ޒީނަތްތެރި ކޮށްފައިވާއިރު ކައިވެނީގެ ހަފުލާ ވަނީ ވަރަށް ކުލަ ގަދަކޮށް ކުރިއަށް ގެންގޮސްފައެވެ. އަދި ކައިވެނީގެ ކުރިން އިންޑިއާގެ ހިންދޫންގެ އާދަކާދަތަކާއި އެއްގޮތަށް ބާއްވާ ހަފުލާތައް ކަމަށްވާ ސަންގީތާއި މެހެންދީ ހަފުލާ ވެސް ވަނީ ވަރަށް ކުލަ ގަދަކޮށް ކުރިއަށް ގެންގޮސްފައެވެ. ކައިވެނީގެ ހަފުލާގައި ބައިވެރިވި ތަރިންގެ ތެރޭގައި ކަރަން ޖޯހަރް، ކެޓްރީނާ ކެއިފް، ވަރުން ދަވަން، ކަރިޝްމާ ކަޕޫރް،ކަރީނާ ކަޕޫރް، ސައިފް އަލީ ހާން، އަމީތާބް ބައްޗަން، އަބިޝެކް ބައްޗަން، ރާނީ މުކަރްޖީ، ޖެކްލީން ފެނާންޑޭޒް، އާމިރް ހާނާއި އަންހެނުން ކިރަން ރާއޯ އަދި ސްވަރާ ބާސްކަރަ ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

ސޯނަމްގެ ކައިވެންޏާ ބެހޭ ގޮތުން ދެފަރާތުގެ އާއިލާއިން ރަސްމީކޮށް އެއްޗެއް ބުނެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ. ސޯނަމް އާއި އާނަންދް އަހޫޖާ ކައިވެނި ކުރަން އުޅޭކަމަށް ބުނެ ދެ އާއިލާއިން ވަނީ އެދުވަހު ބަޔާނެއް ނެރެފައެވެ.

ސޯނަމްގެ ކައިވެނި ކުރެވުމުން ދެން އޭނާ އެންމެ އަވަހަށް ދަތުރު ހަދާނީ މެއިމަހުގެ 8 އިން 16 އަށް ބާއްވާ ކޭންސް ފިލްމު ފެސްޓިވަލަށް ދާށެވެ. އޭނާ އަކީ ވޭތުވެދިޔަ ހަތް އަހަރު ލޯރިއަލް

ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި އެ ފެސްޓިވަލްގައި ބައިވެރިވާ ތަރިއެކެވެ. މިފަހަރު ސޯނަމްއާއި އެކު އާނަންދުވެސް ބައިވެރިވާނެއެވެ.

ސޯނަމް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޖޫން މަހުގެ 1 ގައި ރިލީޒްކުރާ ވީރޭ ދި ވެޑިންއިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ކަރީނާ ކަޕޫރާއި ސްވަރާ ބާސްކަރާއި ޝިކާ ތަލްސާނިއާ އާ އެކީގައެވެ.

އޭގެ ފަހުން ޖޫން މަހުގެ 29 ގައި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮޕިކް ފިލްމު ސަންޖޫއިންވެސް އޭނާ ފެނިގެންދާނެއެވެ.

މީގެ އިތުރުން އޮކްޓޯބަރ 18 ގައި ރިލީޒްކުރާ އަދު އޭނާގެ ބައްޕަ އަނިލް ކަޕޫރާ އެކު ކުޅެފައިވާ އެކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ އިންވެސް ސޯނަމް ފެނިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެރީ ފެރޭރާ އާއި ބްރިއޭން ރެކާނޯ ކައިވެނިކޮށްފި

ޖެރީ ފެރޭރާ އާއި ބްރިއޭން ރެކާނޯ ކައިވެނިކޮށްފި

04 ޖުލައި 2017
ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

28 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު