Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހެއްކާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅިތާ ދެ އަހަރު، އަދިވެސް ކޮމެޓީގައި

27 ފެބުރުއަރީ 2019 | ބުދަ 23:58

އެ ބިލު ދިރާސާ ކުރުމަށް އެއްވެސް ބައްދަލުވުމެއް ނުބައްވާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 27 ފެބުރުއަރީ 2019 | ބުދަ 23:58
އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދުގެ ހަށިގަނޑު އައިޖީއެމްއެޗުގައި: ފޮރެންސިކް ހެކި ބަލައިގަތުމާ ގުޅޭ އުސޫލު ހެއްކާ ބެހޭ ގާނޫނުގައި ހިމަނާފައިވޭ

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދުގެ ހަށިގަނޑު އައިޖީއެމްއެޗުގައި: ފޮރެންސިކް ހެކި ބަލައިގަތުމާ ގުޅޭ އުސޫލު ހެއްކާ ބެހޭ ގާނޫނުގައި ހިމަނާފައިވޭ

މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ހެއްކާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅިތާ ދެ އަހަރު ވީ އިރުވެސް، އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކޮމެޓީން ނުފަށާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވީ ކޮމެޓީތަކުގައި ހުރި ބިލުތަކާ ގުޅޭ ގޮތުން މަޖިލީހުން އާންމު ކުރި ތާވަލުންނެވެ. އެ ތާވަލުން ދައްކާ ގޮތުން 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ގައުމީ ސަލާމަތުގެ ކޮމެޓީއަށް އެ މައްސަލަ ހުށަހެޅިތައް އޮތީ ހުއްޓިފައެވެ. އެ ބިލު 2017 ވަނަ އަހަރުގެ ފަހު ދައުރުގައި ފާސްކުރަން ސުންގަޑި ކަނޑައެޅިފަހުން، އެ ބިލާ ގުޅޭ ގޮތުން އެއްވެސް ބައްދަލުވުމެއް ކޮމެޓީގައި ނުބާއްވައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި އެ ބިލަކީ ކޯޓުން ހެކި ވަޒަން ކުރުމުގައި ތަބާވާންޖެހޭ އުސޫލުތައް ބަޔާން ކުރާ ބިލެކެވެ. އިނގިލީގެ ނިޝާނާއި ޑީއެންއޭގެ މައުލުމާތާއި ބޮޑީ ސާމްޕަލްފަދަ ފޮރެންސިކް ހެކި ޝަރީއަތުން ބަލައިގަތުމާ ގުޅޭ ކަންކަން އެ ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.

ހެއްކޭ ބެހޭ ބިލު މަޖިލީހުގައި ހުއްޓިފައިވާއިރު، މިހާރު އަމަލު ކުރަމުންދާ ހެއްކާ ބެހޭ ގާނޫނަކީ 40 އަހަރު ވީ ގާނޫނެކެވެ. އެ ގާނޫނަކީ ރައީސް މައުމޫންގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި 1979 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ މަޖިލީހުން ފާސްކުރި ގާނޫނެކެވެ.

ހެއްކޭ ބެހޭ ބިލުގެ ދިރާސާނުކޮށް، މަސައްކަތް ހުއްޓިފައި އޮތް ކޮމެޓީއަކީ ސަރުކާރު ހިންގާ ޕާޓީތަކުގެ މެޖޯރިޓީ އޮތް ކޮމެޓީއެވެ. އެގާރަ މެމްބަރުންގެ ހިމެނޭ ގައުމީ ސަލާމަތުގެ ކޮމެޓީގައި ޖޭޕީގެ ތިން މެމްބަރުންނާއި އެމްޑީޕީގެ ތިން މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް