Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރްއެމް

އެމްއާރްއެމް އިން މަޖިލީހަށް ވާދަކުރާ ފަރާތްތަކުގެ ކެމްޕޭން ލޯންޗު ކުރުން މާޗް 6 ގައި

ރިޔާސީ ކޮމިޝަނަށް ބާރުލިބޭ ބިލް ފާސްނުވުމުން އެމްއާރްއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 27 ފެބުރުއަރީ 2019 | ބުދަ 13:33
އެމްއާރްއެމް އަށް އަލަށް ސޮއިކުރެއްވި މެމްބަރުންނާ އެކު ރައީސް މައުމޫނު

އެމްއާރްއެމް އަށް އަލަށް ސޮއިކުރެއްވި މެމްބަރުންނާ އެކު ރައީސް މައުމޫނު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ތާއިދާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާ ފަރާތުގެ ކެމްޕޭނު ރަސްމީކޮށް ލޯންޗް ކުރުން މާޗް މަހުގެ 6 ވަނަ ދުވަހު އޮންނާނެ ކަމަށް މައުމޫނު ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

ރައީސް މައުމޫނުގެ ތާއިދާ އެކު މި އަހަރު އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން މިހާތަނަށް 24 ބޭފުޅުން ވާދަކުރަން ހަމަޖެހިފައިވާ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެމްއާރްއެމް އިން އިންތިހާބަށް ވެފައިވާ ތައްޔާރީތަކާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް ބުދަ ދުވަހު އެމްއާރްއެމް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންްސްގައި ވާހަކަ ދައްކަވަމުން އެމްއާރްއެމްގެ ސްޕޯކްސް ޕާސަން ތަމްޒީލް އަބްދުއްސަމަދު ވިދާޅުވީ، މައުމޫނުގެ ތާއިދާ އެކު ގިނަ ކެންޑިޑޭޓުންތަކެއް މަޖިލީސް އިންތިހާބަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވެސް ވަަރަށް ހަލުވިކަމާ އެކު ކުރައްވަމުންދާ ކަމަށެވެ.

''އަންނަ މާޗް މަހުގެ 6 ވަނަ ދުވަހުގެރޭ ދަރުބާރުގޭ ގައި ރަސްމީކޮށް ރައީސް މައުމޫންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ރަސްމީ ކެމްޕޭނު ޖަލްސާ އަޅުގަނޑުމެން އިފްތިތާހް ކުރާނަން މި ޖަލްސާގައި ކެންޑިޑޭޓުން ތައާރަފް ކުރުން ވެސް އޮންނާނެ،'' އޭނާ ވިދާޅުވިއެވެ.

އެމްއާރުއެމް އިން ބުނީ މައުމޫނު ތާއިދުކުރައްވާކަން ހާމަކޮށްދޭ ސިޓީއެއް ކެންޑިޑޭޓުންނަށް އަރުވާނެ ކަމަށެވެ.

ދަރުބާރުގޭގައި އޮންނަ މި ހަފްލާގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން މި ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުންނަށް ވަނީ ދައުވަތުއަރުވާފައެވެ.

ތަމްޒީލް ވިދާޅުވީ، އެމްއާރްއެމް ރަސްމީކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ގޮތުން ގުޅެން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލާފައިވާ ކަމަށާއި، ޕާޓީ އަށް ވަންނަ ފޯމްތައް ފުރުމުގެ މަސައްކަތް ކުރިޔަށްދާ ކަަމަށެވެ.

ހިޔާނާތާއި ފަސާދައިގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފާސްނުވެ ދިގުދެމިގެންދާތީ އެކަމާ މެދު އެމްއާރްއެމް އިން ކަންބޮޑުވުންފާޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

'' ބިލް ފާސްނުވެ އެތައް ދުވަހެއް މިކަމުގައި ފާއިތުވެ ދިޔުމަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް އޭގައި ލިބުމުގައި ވަރަށް ގިނަ ދަތިކަމެއް އޮތަކަމަށް އެމްއާރްއެމް އަށް ފާހަގަކުރެވޭ... މިކަން ލަސްވުމަކީ އެމްއާރްއެމްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް'' ތަމްޒީލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު