Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނައިޖީރިޔާގެ ރިޔާސީ އިންތިހާބު 2019

ހަނގުރާމަވެރިންގެ ހަމަލާގެ ބިރަށް ފަސްކުރެވުނު ނައިޖީރީއާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމިއްޖެ

23 ފެބުރުއަރީ 2019 | ހޮނިހިރު 15:45

ވޯޓު ލުމުގެ ހައްގު ލިބިފައިވާ 84 މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 23 ފެބުރުއަރީ 2019 | ހޮނިހިރު 15:45
ނައިޖީރިޔާގައި ވެރިރަށް އަބޫޖާގައި ހުރި ވޯޓުލާ މަރުކަޒެއްގައި މީހަކު ވޯޓުލަނީ

ނައިޖީރިޔާގައި ވެރިރަށް އަބޫޖާގައި ހުރި ވޯޓުލާ މަރުކަޒެއްގައި މީހަކު ވޯޓުލަނީ

ހަނގުރާމަވެރި ޖަމާއަތްތަކުން ހަމަލާދޭނެ ކަމަށް ބުނުމާ ގުޅިގެންނާއި ވޯޓު ކަރުދާސްތައް އެކި ސަރަހައްދުތަކަށް ފޮނުވުމުގައި ލަސްވެގެން ހަފުތާއެއް ވަންދެން ފަސް ކުރެވުނު ނައިޖީރިޔާގެ ރިޔާސީ އިންތިހާބުގެ ވޯޓުލައި ނިމި، ވޯޓު ފޮށިތައް ބަންދުކޮށްފިއެވެ.

ވާދަވެރިވާނެ ކަމަށް ބެލެވޭ އިންތިހާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވޯޓުލާން ކިޔު ހަދާފައެވެ. އެގޮތުން ވެރިރަށް އަބޫޖާގައި ވޯޓު ލާން ފެށުމުގެ ތިން ގަޑިއިރު ކުރިން މީހުން ވަނީ ސަފުތައް ހަދާފައެވެ. އަދި ވޯޓު ލުމަށް ފަހު ވެސް ބައެއް ފަރާތްތަކުން ވަނީ ވޯޓުލާ މަރުކަޒުތަކުގައި ގިނަ އިރުތަކެއް ވަންދެން މަޑުކޮށްފައެވެ.

އާބާދީގައި 200 މިލިއަން މީހުން ހިމެނޭ ނައިޖީރިޔާގެ އިންތިހާބުގައި 120000 (އެއްލައްކަ ވިހިހާސް) ވޯޓުލާ މަރުކަޒެއްގައި ވޯޓުލާފައިވާ އިރު، ވޯޓު ލުމުގެ ހައްގު ލިބިފައިވާ 84 މިލިއަން މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. ނައިޖީރިޔާގެ ރައީސްކަމަށް 73 ފަރާތަކުން ވަނީ ކުރިމަތިލައްވާފައެވެ. އަދި އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އަންނަ ހަފުތާގެ ތެރޭގައި އިންތިހާބުގެ ނަތީޖާ އިއުލާން ކުރެވޭ ވަރު ވާނެ ކަމަށެވެ.

ވޯޓުލުން ކުރިޔަށް ދިޔަ ވަގުތު އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ ބޮން ގޮއްވާ ބަޑީގެ ހަމަލާ ދީފައެވެ. އަދި ދެ މީހަކު މަރާލާފައިވާ ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ލާގޯސްގައި ވޯޓުލާން ދިޔަ ބައެއް މީހުން ފައްސާލާފައިވާ އިރު، އެ ތަނުގައި ހުރި ބައެއް ކަރުދާސްތައް ހަނގުރާމަވެރިން ވަނީ ނައްތާލާފައެވެ.

ނައިޖީރިޔާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިފައި ވަނީ މިހާރުގެ ރައީސް މުހައްމަދު ބުހާރީ އަދި އިދިކޮޅު ލީޑަރު އަތިކު އަބޫބަކަރއާއި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ދެ ކެނޑިޑޭޓުން ވެސް ވަނީ އިންތިހާބު ކާމިޔާބުވުމުގެ އުއްމީދު ބޮޑުކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

24 މެއި 2017

މެންޗެސްޓަރ ހަމަލާގެ ނެޓްވޯކް ހޯދަނީ

24 މެއި 2017
މެންޗެސްޓަރ ހަމަލާގެ ނެޓްވޯކް ހޯދަނީ
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
17 މެއި 2017

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

17 މެއި 2017
އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި
17 މެއި 2017

މާއޮއިސްޓް ހަނގުރާމަވެރިންގެ 16 މީހުން މަރާލައިފިކަމަށް އިންޑިއާ ފުލުހުން ބުނެފި

17 މެއި 2017
މާއޮއިސްޓް ހަނގުރާމަވެރިންގެ 16 މީހުން މަރާލައިފިކަމަށް  އިންޑިއާ ފުލުހުން ބުނެފި
09 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

09 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް
07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް