Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތައް

ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ވެފައިވާ މިންވަރު ކުޑަ: ނަސީރު

23 ފެބުރުއަރީ 2019 | ހޮނިހިރު 04:23

އެލްޖީއޭ އުފެދުނީ 2010 އަހަރުގެ އޮގަސްޓް މަހު

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 23 ފެބުރުއަރީ 2019 | ހޮނިހިރު 04:23
ލޯކަލް ގަވަރމެންޓް އޮޓޯރިޓީ ( އެލްޖީއޭ) ގެ ޑިރެކްޓަރ މުހައްމަދު ނަސީރު

ލޯކަލް ގަވަރމެންޓް އޮޓޯރިޓީ ( އެލްޖީއޭ) ގެ ޑިރެކްޓަރ މުހައްމަދު ނަސީރު

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަށް ރައްޔިތުން ހޭލުންތެރި ވެފައިވާ މިންވަރު ކުޑަ ކަމަށް އެލްޖީއޭގެ ޑިރެކްޓަރ މުހައްމަދު ނަސީރު ވިދާޅު ވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޚަބަރުފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވި ލާމަރުކަޒީ ނިޒާމަކީ އަލަށް އުފެދުނު ގާނޫނުއަސާސީގެ ދަށުން އުފެދިގެން އައި ނިޒާމެއް ކަމަށާއި 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަން ބަޔާންކޮށްފައި ވާކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި ނިޒާމަށް 8 އަހަރު ފުރިފައިވާއިރު ނިޒާމާއި މެދު އާންމު ރައްޔިތުން ހޭލުންތެރިވާންޖެހޭ މިންވަރަށް ހޭލުންތެރި ނުވާ ކަމަށް ނަސީރު ވިދާޅުވިއެވެ.

"އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށްވާއިރު މި ނިޒާމަށް 8 އަހަރު ފުރިފައިވާއިރު ފާހަގަ ކުރެވެނީ ނިޒާމާއި މެދު އާންމު ރައްޔިތުންނާއި، ދައުލަތުގެ ކަމާއި ގުޅުން ހުރި ބައެއް މުއައްސަސާތަކާއި އަދި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުންނަށް ވެސް ނިޒާމްގެ މައުލޫމާތު ރަނގަޅަށް އެނގިވަޑައި ނުގަންނަވާ ކަމަށް. އެހެންކަމުން މިފަހަރު އަތޮޅުތެރޭގެ ކައުންސިލް ތަކާއި ރަށު ކައުންސިލްތައް ވެސް ހިމެނޭގޮތަށް ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމަށް ހަމަޖައްސާފައި ވަނީ." މުހައްމަދު ނަސީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ފަރިތަނުވުމުގެ ސަބަބުން ދިމާވި ގޮންޖެހުން ތަކަށް އަލިއަޅުވާލައްވާ މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމްއައީ މަލްޓި ޕާރޓީ ޑިމޮކްރަސީ ނުވަތަ ސިޔާސީ ޕާޓީ ތަކާއި އެކުއެކީގައި ކަމަށްވުމުން މިނިޒާމް އުފަންވީއިރު ކައުންސިލަރުން އިންތިޚާބު ކުރެވި، ކައުންސިލްތައް އިންތިޚާބު ކުރެވުނު ކައުންސިލަރުންނާއި ހަވާލު ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އިންތިޚާބުވި ކައުންސިލަރުން މަގާމްތަކާއި ހަވާލުވުމުން ކުރީގައި ތިއްބެވި ފަރާތްތައް ސިވިލްސާރވިސް ނުވަތަ އިދާރީ މީހުންގެ ގޮތުގައި ބަދަލުވެގެން ދިޔުމުގެ ސަބަބުން ކުރީގައި ތިބި ބައެއްގެ މައްޗަށް ބަސްކިޔާނެ އެހެންބަޔަކު އައުމުން ބަލައި ގަންނަން އުދަގޫވި ނަމަވެސް އެލްޖީއޭއާއި ކައުންސިލްތައް އެކުވެ ކުރެވުނު މަސައްކަތުން އެކަން ހަމަޖެހިގެން ދިޔަ ކަމަށް ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ކައުންސިލްތަކަށް ބާރުތައް ލިބިދީފައި ނެތުމާއި ބަޖެޓް ނެތުމާއި މިފަދަ އެތައް ކަމެއް ކުރި މަތިވެގެން ދިޔައިރު މި ގޮންޖެހުންތަކުގެ އެންމެ ބޮޑު އަސަރުކުރި އެއްބަޔަކީ އެލްޖީއޭއާއި ކައުންސިލްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެލްޖީއޭ އުފެދުނީ 2010 އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ކައުންސިލަރުން އިންތިޚާބުވެ ކައުންސިލަރުން ހުވާކޮށް ނިޒާމް ނިޒާމެއްގެ ގޮތުގައި ހިނގަން ފަށާފައިވަނީ 2011 ވަނައަހަރުގެ ފެބުރުއަރީމަހުގެ 26 ވަނަދުވަހުއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް