Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަގްސާ މިސްކިތް

އެތައް އަހަރެއްވަންދެން ބަންދުކުރެވިފައި ހުރި އަލް-އަގްސާ މިސްކިތުގެ ސަރަހައްދެއްގައި ނަމާދުކޮށްފި

23 ފެބުރުއަރީ 2019 | ހޮނިހިރު 05:41

އިރުމަތީ ގުދުސްގައި ހުންނަ އަލް-ރަހްމާ ގޭޓް ސަރަހައްދުގައި އެއްމެ ފުރަތަމަ ކުރީ ހުކުރު ނަމާދު

އަމަން ހަލީމް
އަމަން ހަލީމް | 23 ފެބުރުއަރީ 2019 | ހޮނިހިރު 05:41
ހޯމަ ދުވަހު ނަމާދުކުރަން އުޅުން މުސްލިމުންނަށް އިޒްރޭލު ސިފައިން ހުރަސް އަޅަނީ

ހޯމަ ދުވަހު ނަމާދުކުރަން އުޅުން މުސްލިމުންނަށް އިޒްރޭލު ސިފައިން ހުރަސް އަޅަނީ

މީގެ އަހަރުތަކެއް ކުރިން އިޒްރޭލުގެ ކޯޓެއްގެ އަމުރަށް ބަންދުކުރި އަލް-އަގްސާ މިސްކިތުގެ އަލް-ރަހްމާ ސަރަހައްދުގައި، ހުކުރު ދުވަހު ފަލަސްތީނު މީހުން ނަމާދު ކޮށްފިއެވެ.

އަގްސާ މިސްކިތުގެ ބައެއް ކަމުގައިވާ އަލް-ރަހްމާ ގޭޓް ސަރަހައްދުގައި އެއްމެ ފުރަތަމަ ކުރީ ހުކުރު ނަމާދެވެ. އަގްސާ މިސްކިތުގެ އެ ސަރަހައްދު އަލުން ހުޅުއްވައި ދެއްވި މުސްލިމް އޮފިޝަލުންތަކެކެވެ. މިސްކިތުގެ އެ ސަރަހައްދު ހުޅުވުމުގެ ހުއްދަ ދިނީ، ގުދުސްގައި ހުންނަ މުސްލިމް އަދި ނަސާރާ ދީންގެ މުހިންމު ބިނާތަކާއި ބެހޭގޮތުން ގޮތް ކިޔުމުގެ ބާރު މަތިކުރެވިފައިވާ ރިލިޖަސް އެންޑައުމެންޓްސް އޮތޯރިޓީއިންނެވެ. އުރުދުންއިން ހިންގާ އެޖެންސީއިން މިސްކިތް ހުޅުވީ ސޯޅަ އަހަރުގެ ދިގު މުައްދަތެއް ވަންދެން ބަންދުކޮށްފައި ހުރުމަށް ފަހުގައެވެ.

އިޒްރޭލުން އެ ސަރަހައްދު އެއްމެ ފުރަތަމަ ބަންދުކުރީ 2003ވަނަ އަހަރުގައެވެ. އަދި 2017ވަނަ އަހަރު އިޒްރޭލުގެ ކޯޓަކުން ވަނީ އެ ސަރަހައްދު ބަންދުކުރަން 2003ވަނަ އަހަރު ކޯޓުން ކުރި ހުކުމް ދަމަހައްޓާފައެވެ.

މިސްކިތުގެ އެ ސަރަހައްދުގައި ހުކުރު ނަމާދު ކުރުމުގެ ކުރިން، ހަމަނުޖެހުން ހިންގަން އުޅުނުކަމަށް ބުނެ، އިޒްރޭލުގެ ފުލުހުން ވަނީ 50 މީހަކު ހައްޔަރު ކޮށްފައެވެ. އަދި އިޒްރޭލުގެ ފުލުހުން ވަނީ އެ ސަރަހައްދުގައި ފޯރިމެރުމަށް ގިނަ އަދަދެއްގެ ފުލުހުން ހުކުރު ނަމާދު ވަގުތުގެ ކުރިން އެ ސަރަހައްދަށް ފޮނުވާފައެވެ. އަލް-ރަހްމާ ގޭޓް ސަރަހައްދު ހުޅުވަން ނިންމުމާއި ގުޅިގެން އެ ސަރަހައްދުގައި އޮތީ ނުތަނަވަސްކަން އުފެދިފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު އެ ސަރަހައްދުގައި ނަމާދުކުރަން އުޅުނު ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ވަނީ ހުރަސްއަޅާފައެވެ.

މި ސަރަހައްދުގައި ހުރި ދީނީ ތަންތަނުގެ ބެލެނިވެރިކަން އުރުދުންއަށް ދީފައިވަނީ، އިޒްރޭލާއި އެކު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ ސަރަހައްދަކީ 1967 ވަނަ އަހަރު އިޒްރޭލުން އުރުދުންއާއި އެކު ކުރި ހަނގުރާމައެއްގައި ހިފާފައިވާ ތަނެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް