Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ ވަލީއަހުދުގެ ޗައިނާ ދަތުރުފުޅު

ސައުދީން ޗައިނާއާއި އެކުވެސް 10 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ވަލީއަހުދުގެ ދަތުރުފުޅުގައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ވައިސް ޕްރިމިއަރ ހާން ޒެންގްއާއި ބަައްދަލުކުރައްވާފައި

އަމަން ހަލީމް
އަމަން ހަލީމް | 23 ފެބުރުއަރީ 2019 | ހޮނިހިރު 00:34
ސައުދީ ވަލިއަހުދު މުހައްމަދު ބިން ސަލްމާން (ވ) އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ)

ސައުދީ ވަލިއަހުދު މުހައްމަދު ބިން ސަލްމާން (ވ) އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ)

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސައުދީ ސަރުކާރުގެ ތެޔޮ ކުންފުނި އަރަމްކޯއިން ޗައިނާގައި ރިފައިނަރީއާއި ޕެޓްރޯކެމިކަލްގެ 10 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގައި ސޮއިކޮށްފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަލީއަހުދު މުހައްމަދު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި ސައުދީ ވަލީއަހުދު ވަނީ ޗައިނާގެ ބޮޑު ފާރު ބައްލަވާލެއްވުމަށް ވެސް ވަޑައިގަންފައެވެ.

ސައުދީން ސޮއިކުރި ރިފައިނަރީ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ލައޮނިންގް ޕްރޮވިންސްގައި ހުންނަ ޕަންޖިންގައިއެވެ. އެ ސަރަހައްދަކީ ޗައިނާ ސަރުކާރުން އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އެއް ސަރަހައްދެވެ. ޗައިނާގެ އެެހެން ސަރަހައްދުތަކާއި ޙިލާފަށް، އެ ސަރަހައްދުގެ ތަރައްގީގެ ދުވެލި ހުރީ ވަރަށް ދަށުގައެެވެ.

ރައީސް ޝީގެ އިތުރުން، ވަލީއަހުދު ވަނީ ވައިސް ޕްރިމިއަރ ހާން ޒެންއާއި ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ސައުދީއިން ވަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް އެއްބާރުލުން ދޭނެ ކަމަށް އެއްބަސްވެފައެވެ. އަދި ޗައިނާއިން ވެސް ވަނީ ސައުދީގެ ވިޝަން 2030އަށް އެ ގައުމުުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ޗައިނާއަކީ ސައުދީގެ އެއްމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. އެގޮތުން އެ ދެ ގައުމުން މިދިޔަ އަހަރުގެ ތެރޭގައި ވެސް ވަނީ 63.3 ބިލިއަން ރުފިޔާގެ އަގު ހުރި ވިޔަފާރިކޮށްފައެވެ.

ސައުދީ ވަލީއަހުދު އޭޝިޔާގެ ގައުމުތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި، ޕާކިސްތާނާއި އިންޑިޔާއާއި އެކު ވެސް ވަނީ އަގުހުރި ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިއީ، ނޫސްވެރިޔާ ޖަމާލް ޙަޝޯގީގެ މަރާލުމާއި ގުޅިގެން، ވަލީއަހުދު ކުރިން ގާތް ގުޅުމެއް ބޭއްވި ހުޅަނގުގެ ގައުމުތަކުން ސައުދީއާއި އެކު ގުޅުން ގޯސްވެފައި އޮތުމުން، ސައުދީ ސަރުކާރުން އެ ގައުމުގެ މަސްލަހަތު ރައްކާތެރި ކުރުމުގެ ގޮތުން ކުރަމުން އަންނަ ދަތުރުތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
20 ޖޫން 2017

އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި

20 ޖޫން 2017
އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި
17 ޖޫން 2017

ސައުދީން އިސްރާއީލާއި އެކު އިޤުތިޞާދީ ގުޅުން ޤާއިމް ކުރަނީ

17 ޖޫން 2017
ސައުދީން އިސްރާއީލާއި އެކު އިޤުތިޞާދީ ގުޅުން ޤާއިމް ކުރަނީ
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު