Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ ކޯލިޝަން

ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ

ރައީސް އާއި ނައިބު ރައީސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 19 ފެބުރުއަރީ 2019 | އަންގާރަ 09:59
ކޮންގްރެސް ކޯލިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ

ކޮންގްރެސް ކޯލިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް އިސްތިއުފާ ދެއްވުމަށް ފަހު ރާއްޖޭގެ ރައީސް ކަމަށް، ޖުމުްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޮންގްރެސް ކޯލިޝަނުން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ، މި ދަނޑިވަޅަކީ ރާއްޖެއަށް އެއްބައިވަންތަކަމުގެ ސަރުކާރެއް ގެންނަން ޖެހޭ ދަނޑިވަޅު ކަމަށާއި އެކަަމަށް އެންމެ ގާބިލް ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށެވެ.

Advertisement - newsAdvertisement
''މިހާރު އެންމެ ރަނގަޅު ގޮތަކީ އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން. ފައިސަލް ނަސީމާއި ދެ ބޭފުޅުން އެކުގައި އިސްތިއުފާ ދެއްވާފައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަންވީ. މި ސަރުކާރުގެ ރައީސަކަށް އަޅުގަނޑުމެން ތާއިދު ކުރާނީ ، ގާސިމް އިބްރާހިމް ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެން މިހާރު އެބަޖެހޭ މި ރާއްޖެ ހަމަ މަގަށް އަޅުވަން'' އަބްދުއްރަހީމް ވިދާޅުވިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި ރައީސަކަށް ގާސިމް ގެންނަން ކޮންގްރެސް ކޯލިޝަންގެ ފުރިހަމަ ތާއިދު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އަރިހުގައި އިސްކޮށް އުޅުއްވާ އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ހައްޔަރު ކުރިޔަސް އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތައް އެއްވެސް ވަރަކަށް ވަރުބަލި ނުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޔާމިން އަށް ތާއިދުކުރާ މީހުން ވާނީ އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ލިބޭ ހިތްވަރު ދާނީ ދުވަހެއް ދުވަހަށް އިތުރު ވަމުން" ކަމަށް (ޕީއެންސީ)ގެ ވަގުތީ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު