Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ޒޯޔާގެ ގަލީ ބޯއީ ހަތަރު ދުވަހުން ދިލް ދަޅަކްނޭދޯ ވައްޓާލެވޭނެތަ؟

ހަތަރު ދުވަހުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި 72.45 ކްރޯޑް ރުޕީސް ވަނީ ލިބިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2019 | ހޯމަ 11:56
އާލިއާ ބަޓް އާއި ރަންވީރު ސިންގް

އާލިއާ ބަޓް އާއި ރަންވީރު ސިންގް

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރި ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްފައިވާ ފިލްމް "ގަލީ ބޯއީ" އަށް ފިލްމް ރިލީޒް ކުރިތާ ހަތަރު ދުވަހުގެ ތެރޭގައި ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. ރެކޯޑްތަކުން ދައްކާ ގޮތުން 2015 ވަނަ އަހަރު ރިލީޒް ކުރި އޭނާގެ ފިލްމް "ދިލް ދަޅަކްނޭ ދޯ" އަށް ވުރެ ވެސް ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.

އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅެފައިވާ މި ފިލްމަށް އާދިއްތަ ދުވަހާ ހަމައަށް ހަތަރު ދުވަހުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 72.45 ކްރޯޑް ރުޕީސް ލިބިފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ މިއަދަދު ހޯމަ ދުވަހު 75 ކްރޯޑަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ގަލީ ބޯއީ" ރިލީޒް ކުރި ބުރާސްފަތި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 19.40 ކްރޯޑް ރުޕީސްއެވެ. އަދި ހުކުރު ދުވަހު 13.10 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހޮނިހިރު ދުވަހު ލިބިފައި ވަނީ 18.65 ކްރޯޑް ރުޕީސްއެވެ. އާދިއްތަ ދުވަހު މި ފިލްމަށް ލިބިފައި ވަނީ 21.30 ކްރޯޑް ރުޕީސްއެވެ.

މި ފިލްމަށް އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބފައިވާ ފިލްމަކީ "ޒިންދަގީ ނާ މިލޭނގީ ދޮބާރާ" އެވެ. މި ފިލްމް ރިލީޒްކުރި ފުރަތަމަ ހަފްތާގައި އާމްދަނީގެ ގޮތުގައި 90.27 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. އަދި "ދިލް ދަޅަކްނޭ ދޯ" އަށް ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހު ތެރޭގައި ލިބިފައިވަނީ 76.88 ކްރޯޑް ރުޕީސްއެވެ.

"ގަލީ ބޯއީ"ގައި ދައްކުވައިދެނީ އިންޑިއާގެ ރަށްފުށުގެ ފަގީރު އާއިލާއެއްގެ ޒުވާނަކު ކާމިޔާބު ރެޕާއަކަށް ބަދަލުވެގެންދާގޮތެވެ. ބާލިން ފިލްމު ފެސްޓިވަލްގައި މި މަހުގެ 9 ވަނަ ދުވަހު ޕްރިމިއާކޮށްގެން ގިނަ ބައެއްގެ ތައުރީފު ވެސް އޮހުނު "ގަލީ ބޯއި"އަކީ އިންޑިއާގެ މަގުމަތިން އުފަންވި ކާމިޔާބު ދެ ރެޕުން ކަމަށްވާ ނައޭޒީ އާއި ޑިވައިންގެ ވާހަކައިން އިންސްޕަޔާވެގެން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމްގައި ރަންވީރު އަދާކޮށްފައިވާ ރޯލަށް ހޮލީވުޑް އެކްޓަރ ވިލް ސްމިތު ވެސް ވަނީ ތައުރީފް ކޮށްފައެވެ. ވިލް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑީއޯގައި ވަނީ ރަންވީރަށް މަރުހަބާ ކިޔާ، އެފިލްމްގައި އޭނާ އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދާ ކަމަށް ބުނެފައެވެ.

"ގަލީ ބޯއީ" ވަނީ އިންޑިއާގެ 3350 ސްކްރީނެއްގައި އަޅުވާފައެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައާ އެކު ޖުމްލަ 4101 ސްކްރީނެއްގައި ރިލީޒްކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި

"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި

09 ސެޕްޓެމްބަރު 2017
"ބާދްޝާހޯ"އަށް 4 ދުވަހުން 43.30 ކުރޯޑް ރުޕީސް

"ބާދްޝާހޯ"އަށް 4 ދުވަހުން 43.30 ކުރޯޑް ރުޕީސް

05 ސެޕްޓެމްބަރު 2017
"އަ ޖެންޓްލްމޭން" އަށް 3 ދުވަހުން 13 ކުރޯޑް ރުޕީސް

"އަ ޖެންޓްލްމޭން" އަށް 3 ދުވަހުން 13 ކުރޯޑް ރުޕީސް

29 އޯގަސްޓު 2017
"ނާނިއާ"ގެ ހަތަރު ވަނަ ފިލްމު އުފައްދަން ނިންމައިފިން: ޖޯއީ ޖޯންސަން

"ނާނިއާ"ގެ ހަތަރު ވަނަ ފިލްމު އުފައްދަން ނިންމައިފިން: ޖޯއީ ޖޯންސަން

24 މެއި 2017
"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

22 މެއި 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު