Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޖެންޑާ 19

ޖުޑިޝަރީ އިސްލާހު ކުރަން ނުޖެހޭ ކަމަށް ވިދާޅުވާ ފަރާތްތަކަށް އެމްޑީޕީގެ ރައްދެއް

އެމްޑީޕީން އެންމެ އިސްކަމެއް ދެނީ ޖުޑީޝަރީ އިސްލާހުކުރަން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ފެބުރުއަރީ 2019 | ހޯމަ 07:37
އެމްޑީޕީ ޕްރެސް ބްރީފިންގ

އެމްޑީޕީ ޕްރެސް ބްރީފިންގ

ޖުޑިޝަރީ އިސްލާހުު ކުރަން ނުޖެހޭ ކަމަށް ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް އެމްޑީޕީން ރައްދުދީފިއެވެ.

ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އިންސާފާއި ހަމަހަމަކަން ރައްޔިިތުންގެ ތެރޭގައި ޤާއިމުކުރެވިފައި ނުވާ ކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރާ ކަމަށާއި، އެމްޑީޕީން އެންމެ އިސް ކަމެއްގެ ގޮތުން މަސައްކަތް ކުރާނީ ޖުޑިޝަރީ އިސްލާހު ކުރުމަށް ކަމަށެވެ.

" އަޅުގަނޑުމެންނަށް މިފަހަކަށް އައިސް ބައެއް ހެޑްލައިންތަކުން އެބަފެނޭ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ޖުޑިޝަރީ އޮތީ ވަރަށް ފުރިހަމަކޮށޭ، އިންސާފުގެ ނިޒާމު ނޫނީ ޖުޑީޝަލް ސިސްޓަމަށް އެއްވެސް ކަހަލަ ބަދަލެއް ގެންނާކަށް ނުޖެހެއޭ. ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ ކަމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް އެއީ އިންސާފު ޤާއިމު ނުވާކަން. ހަމަހަމަކޮށް އެންމެނަށް އެއް ގޮތަކަށް އިންސާފު ނުލިބޭކަން. މި ޝަކުވާއަކީ އަޅުގަނޑުމެންނަށް ފާއިތުވި އެތައް އަހަރަކު އިވެމުން ދިޔަ ޝަކުވާއެއް " އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ، އެމްޑީޕީން އިސްނަގައިގެން ޖުޑިޝަރީ އިސްލާހު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މަޖިލިސް 19 ގެ ހަރަކާތްތަކުގެ މައިގަނޑު އެއް އަމާޒަކީ ވެސް ޖުޑީޝަރީ އިސްލާހު ކުރުން ކަމަަށެވެ. އެގޮތުން އެޖެންޑާ 19 ގައި ހުށައަޅާފައިވާ ޤާނޫނީ ކޮންސެޕްޓް ތަކަކީ ރައްޔިތުންގެ ޝަކުވާތަކާއި ރައްޔިތުންނަށް ދަތިވެފައިވާ ވަރަށް ގިނަ ކަންކަން ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ކޮންސެޕްޓު ތަކެއް ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަން ހޯމަ ދުވަހުގެ ރޭ 9:00 ގައި އިސްލާމިކް ޔުނިވާރސިޓީގެ ހޯލުގައި އޮންނައިރު، އެ ޕެނަލްގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓު ހިސާން ހުސައިންއާއި، ލ.ފޮނަދޫ އެމްޑީޕީ ކެނޑިޑޭޓު މޫސާ ސިރާޖުގެ އިތުރުން ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިރޭގެ ޕެނަލްގައި ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި، ޕަބްލިކް ޑިޕެންޑަރސް އޮފީސް ޤާއިމުކުުރުމާ ގުޅޭގޮތުން އެމްޑީޕީން ހުށައަޅާ ސިޔާސަތު ތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ އެޖެންޑާ 19ގެ "އިންސާފުގެ ހިނގާލުން" ނަމުގައި ބާއްވާ ހިނގާލުމެއް އަންގާރަ ދުވަހު ހަވީރު 4:15 ގައި އެމްޑީޕީ ހަރުގެ ކުރިމަތިން ފެށޭއިރު، އެ ހިިނގާލުމުގެ ތެރެއިން ވެސް އެމްޑީޕީގެ އިންސާފުގެ ސިޔާސަތުތަކާ ގުޅޭ ލީފްލެޓުތައް ބައިވެރިންނަށް ފޯރުކޮށްދޭނެ ކަމަށް އަފްޝަން މައުލޫމާތު ދެއްވާފައިވެއެވެ.

މި ހިނގާލުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެމްޑީޕީއަކީ ވައުދު ފުއްދާ ޕާޓީއެއް ކަމަށާއި، 2008 ވަނަ އަހަރު ވެސް އެމްޑީޕީން ދައްކާފައިވަނީ އެ ސިޔާސަތުތައް ކަމަށް އެޕާޓީން ބުނެފައިވެއެވެ. އެގޮތުން އާސަންދައިގެ ޚިދުމަތާއި، ދުވަސްވީ މީހުންނަށްދޭ އިނާޔަތްތަކާއި، އެކަނިވެރި މައިންނަށް ދޭ އިނާޔަތްތަކުގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެމްޑީޕީން މުހިިއްމު ސިޔާސަތުުތަކެއް ތައާރަފް ކޮށްފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހަކުން ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެ ޕާޓީގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިންނެވެ. އެ ކަރުދާހުގައި ވަނީ ޑީޖޭއޭ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ކޯޓުތައް އިސްލާހު ކުރުމެވެ. ޑީޖޭއޭ ހިންގާނީ ސުޕްރީމް ކޯޓުގެ ދަށުން ނޫން ކަމަށާއި އެ ޑިޕާޓްމަންޓް ހިންގާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ދަށުން ކަމަށް ހިސާން ހުށަހެޅުއްވި ކަރުދާހުގައިވެއެވެ. އެ ކަރުދާހުގައިވާ ގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވެސް ބުނެފައި ވަނީ އެ ގޮތަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު