Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޫރިޒަމް މިނިސްޓަރ

ފުޓްބޯޅައިގެ ޑްރީމް ޓީމެއް އޮކްޓޯބަރގައި ރާއްޖެއަށް!

ޔޫރަޕުގެ ފުޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމަށް ފުރުސަތު ލިބިފައިވާކަން ހާމަކުރެއްވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2019 | އާދީއްތަ 14:12
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ދުނިޔޭގެ އެންމެ މަޝްހޫރު ކުލަބުތަކުން ނަން މަޝްހޫރު ފުޓްބޯޅަ ކުރުންތެރިން ހިމެނޭ ޓީމެއް އަންނަ އޮކްޓޯބަރ ރާއްޖެ ގެނައުމުގެ މަސައްކައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"އިންޓަރ ކޮންޓިނެންޓަލް ޔޫ 13" ފުޓުބޯޅަ މުބާރާތަށް ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެ ޓީމް ގެނައުމުގެ ބޭނުމަކީ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމާ އެކު ރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިކުރުވާ އެފަދަ މަންޒިލަކަށް ރާއްޖެ ހެދުން ކަމަށެވެ.

"އޮކްޓޯބަރ މަހު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދުނިޔޭގެ ތަރިން ހިމެނޭ ގޮތުން އެކުލަވާ ޑްރީމް ޓީމެއް ރާއްޖެ ގެނައުމަށް. މިނިސްޓްރީއާ ހަވާލުވުމަށް ފަހު ވައުދުވެފައި އޮންނާނެ، ރާއްޖެ އިޝްތިހާރުކުރުމަށް އެކަން އަޅުގަނޑުމެން ކުރަން ބޭނުން ކަމަށް. މި އިވެންޓް ރާއްޖޭގައި ބޭއްވުމުގެ ގްރީން ސިގްނަލް މިހާރު ވަނީ ލިބިފައި," މިނިސްޓަ ވިދާޅުވިއެވެ.

އެ ޓީމް ވެގެންދާނީ ދިވެހިންގެ މެދުގައި މަގުބޫލް ކުޅުންތެރިން ހިމެނޭ ކުރީގެ ތަރިންގެ ވެސް ހިމެނޭ ޓީމަކަށް ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މި މެޗް ބޭއްވުމަށް ހަމަޖެހިފައި މި ވަނީ، އޮކްޓޫބަރު މަހު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހާ ވެސް ގުޅުވައިގެންނެވެ. ކުޅުންތެރިންގެ ތެރޭގައި، ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތައް ކަމަށްވާ އިޓަލީ، ސްޕެެއިން އަދި އިނގިރޭސިވިލާތާއި ދެކުނު އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން ހިމެނުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެެވެ.

އެ ޓީމާ އެކު ކުޅުމުގެ ފުރުސަތު ދިނުމަށް ގަސްތުކުރަނީ ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ތަރިންގެ ޓީމަކާ އެކުގައިކަން މިނިސްޓަރ ފާހަގަކުރައްވިއެވެ.

މިނިސްޓަގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ހަރަކާތްތަކަކީ ރާއްޖެ ޕްރޮމޯޓުކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ފުރުސަތެއް ކަމަށާއި، ރާއްޖެ އަންނަ ޑްރީމް ޓީމު ކުޅޭނީ ވިޒިޓް މޯލްޑިވްސްގެ ނަމުގައި ކަމަށާއި މި ހަރަކާތް ބާއްވާނީ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ވެސް ބައިވެރިވުމާ އެކު ކަމަށެވެ. އަދި މި މެޗުގައި ވާދަކުރާ ކުޅުންތެރިންގެ ސެލެކްޝަން ލިސްޓެއް މިހާރު ފޮނުވާފައިވާ ކަމަށާއި ލިސްޓް ފައިނަލް ވެއްޖެ ނަމަ މި މެޗު ވެގެންދާނީ ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މެޗަށް ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫރަޕުގެ އެންމެ މަޝްހޫރު ކްލަބްތައް ކުޅޭ 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމް ބައިވެރިވާން ފުރުސަތު ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަޝްހޫރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޗެލްސީ އާއި ޔުއެންޓާސް ފަދަ ކްލަބުތައް ބައިވެރިވާ 13 އަހަރުން ދަށުގެ ދުބާއީ އިންޓަރ-ކޮންޓިނެންޓަލް ކަޕް މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތުން މީގެ ހަތަރު ވަނަ މުބާރާތުގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ 13 އަހަރުގެ ގައުމީ ޓީމް ބައިވެރިވާނެ. މިއީ ދިވެހި ތާރީހުގައި އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ 70 އިންސައްތަ ހިއްސާ ކުރަނީ ޓޫރިޒަމް ސިނާއަތުކަމަށް ވުމާއިއެކު، އެ ސިނާއަތު ހަރުދަނާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު