Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް

ރަައީސް ސޯލިހުގެ ބަސްފުޅުތަކުން ކްރިކެޓަށް ދިރުމެއް!

15 ފެބުރުއަރީ 2019 | ހުކުރު 17:46

ދިވެހި ކްރިކެޓަރުންގެ ހުނަރު މިއަދު ފެނިގެން ހިނގައްޖެކަމަށް ވިދާޅުވި

މިއުނާ ހަސަން
މިއުނާ ހަސަން | 15 ފެބުރުއަރީ 2019 | ހުކުރު 17:46
މިއަދުގެ މެޗުގައި ރައީސް ސޯލިހް ކުޅުއްވަނީ

މިއަދުގެ މެޗުގައި ރައީސް ސޯލިހް ކުޅުއްވަނީ

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބަސްފުޅުތަކުން ކްރިކެޓަށް ދިރުމެއް ލިބިގެން ގޮސްފި އެވެ.

"މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް"ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި ކްރިކެޓް ބޯޑް ގުޅިގެން އިންތިޒާމް ކުރި ކްރިކެޓް ސީރީޒްގައި މިއަދު ކުޅެވުނު ކްރިކެޓް މެޗު ނިންމާލުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ މިއަދު ކުޅުނު މެޗުން ދިވެހި ކްރިކެޓަރުންގެ ހުނަރު ފެނިގެން ހިނގައްޖެކަމަށެވެ. އަދި މިއަދު ކުޅެވުނު މެޗުފަދަ ގިނަ މެޗުތަކެއް ކުޅެވިއްޖެނަމަ، އެފަދަ ޓްރެއިނިންގްއެއް ރާއްޖޭގެ ކުޅުންތެރިންނަށް ލިބި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކްރިކެޓް ކުޅޭ ފަރާތްތަކަށް އުފާވެރި ހަބަރެއް ދެއްވަމުން ރައީސް ވިދާޅުވީ، އަވައްޓެރި ގައުމުތަކާއިއެކު ގިނަ މެޗުތަކެއް ރާއްޖޭގައި ކުޅެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަވައްޓެރި ގައުމުތަކަކީ ކްރިކެޓުގައި އެންމެ ކުރިއަރާފައިވާ ގައުމުތަށް ކަމުގައިވާއިރު، އެގައުމުތަކާއިއެކު ރާއްޖޭގެ ޓީމުތަށް ގިނަ މެޗުތަކެއް ކުޅެވިއްޖެނަމަ އިތުރު ކުރިއެރުންތަކެއް ރާއްޖޭގެ ކްރިކެޓަށް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެއާއި އިންޑިޔާއާ ކުޅޭ އެކުވެރިކަމުގެ ކްރިކެޓް މެޗުގައި ރާއްޖޭގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މި މެޗަކީ އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީޒް 2019 ގެ ތެރޭގައި ހިމެނިގެން ކުޅެވުނު މެޗެކެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2023

ޕާކިސްތާނުގެ ވަސީމް އަކްރަމްގެ އިރުޝާދު ދިވެހި ކްރިކެޓަށް

10 ޖެނުއަރީ 2023
ޕާކިސްތާނުގެ ވަސީމް އަކްރަމްގެ އިރުޝާދު ދިވެހި ކްރިކެޓަށް
01 މެއި 2022

ރާއްޖޭގެ ކްރިކެޓަށް އިންޑިޔާއިން ބޮޑު އެހީއެއް!

01 މެއި 2022
ރާއްޖޭގެ ކްރިކެޓަށް އިންޑިޔާއިން ބޮޑު އެހީއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް