Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް

އާޒިމާގެ މައްސަލައިގައި އަންނަ ހަފުތާގައި ގޮތެއް ނިންމާނަން: ބިޝާމް

ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަން މިއަދު ވަނީ ފޮނުވާފައި

| 13 ފެބުރުއަރީ 2019 | ބުދަ 07:43
ރިޔާސީ އިންތިިޚާބާ ގުޅޭ ގޮތުން ރައީސް ޔާމީން ހުށަހެޅި މައްސަލައިގައި އެ މަނިކުފާނުގެ ފަރާތުން ގާނޫނީ ވަކީލެއްގެ ގޮތުގައި އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ

ރިޔާސީ އިންތިިޚާބާ ގުޅޭ ގޮތުން ރައީސް ޔާމީން ހުށަހެޅި މައްސަލައިގައި އެ މަނިކުފާނުގެ ފަރާތުން ގާނޫނީ ވަކީލެއްގެ ގޮތުގައި އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާކުރަން ފުލުހުން ފޮނުވާފައިވާ މައްސަލައާމެދު އަންނަ ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިންގުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ބުދަ ދުވަހު ފޮނުވާފައި ވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް ބިޝާމް ވިދާޅުވީ އާޒިމާގެ މައްސަލަ ދިރާސާ ކުރަމުން ގެންދަވާ ކަމަށެވެ. ދެ މައްސަލައިގައި ވަކިން ދައުވާ އުފުލަން ނިންމީ މައްސަލަ ޝަރީއަތުގައި ހިންގާނީ ވެސް ވަކި ދެ މައްސަލައެއްގެ ގޮތުގައި ކަމަށް ވާތީ ކަމުގައި އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާކުރީ މަނީ ލޯންޑަރ ކުރުމާއި، ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

އާޒިމާގެ މައްޗަށް ތުހްމަތުކޮށްފައި ވަނީ މަނީ ލޯންޑަރ ކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިކަން ދިނުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީ އޮޅުވާލާފައިވާ ކަމުގެ ތުހުމަތެވެ. މި މައްސަލަ ޕޮލިހުން، ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 6 ގަ އެވެ.

ރައީސް ޔާމީނާ އާޒިމާ ސަލާން ކުރައްވަނީ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި، އެފައިސާ ލޯންޑަރކޮށް އަދި އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުޤީޤާ ގުޅިގެން ހިންގާފައިވާ މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި، އެފައިސާ އަނބުރާ ދައުލަތަށް ހަވާލުކުރަން އެންގެވުމުން އެކަން ނުކުރައްވައި އެ ފައިސާ އެމަނިކުފާނުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ދައުރުކޮށް އެއިން މާލީ މަންފާ ލިބޭ ގޮތަށް ބޭނުން ކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ވެއްދި އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް 2015 ވަނަ އަހަރު ދެ ބުރަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އަނބުރާ ދިނުމުގެ ބަދަލުގައި، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެކްސްކްރޯ އެކައުންޓަކަށް ޖަމާކުރީ އިސްލާމިކް ބޭންކުގެ އެކައުންޓްގައި ހުރި ފައިސާ ނޫން ކަން ވަނީ އެނގިފަ އެވެ. ނަމަވެސް އެ މަނިކުފާނުގެ އެކައުންޓްގައި ހުރީ ގާނޫނާ ހިލާފަށް ހޯދި ފައިސާއެއް ނޫން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެ އެވެ.

އިސްލާމިކް ބޭންކާއި ބީއެމްއެލްގައި ހުޅުވާފައިވާ ކުރީގެ ރައީސް ޔާމީންގެ ދެ އެކައުންޓްގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފްރީޒްކޮށްފަ އެވެ. އެއީ ވެސް ސައްހަ ފައިސާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގީ، އެ ކުންފުނިން ރައްތައް ވިއްކޭ ގޮތަށް މެންޑޭޑް ބަދަލު ކޮށްފައިވަނިކޮށެވެ. ރަށްތަކާއި ފަޅުތައް ވިއްކައިންގެ ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ފަޅާއެރީ އޮޑިޓަ ޖެނެރަލް ނެރުނު ރިޕޯޓުންނެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު