Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަކީމް އަލް އަރައިބީ

ތައިލެންޑުން ހައްޔަރުކުރި ފުޓުބޯޅަ ކުޅުންތެރިޔާ އެނބުރި އޮސްޓްރޭލިޔާއަށް ގޮސްފި

އޮސްޓްރޭލިއާ އިން ހަކީމް ސިޔާސީ ހިމާޔަތް ހޯދާފައި ވަނީ 2014 ވަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 12 ފެބުރުއަރީ 2019 | އަންގާރަ 09:08
ހަކީމް އަލް އަރައިބީ އަނބުރާ ގައުމަށް ގޮސްފި ނަމަ އަނިޔާއާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބުނެފައި

ހަކީމް އަލް އަރައިބީ އަނބުރާ ގައުމަށް ގޮސްފި ނަމަ އަނިޔާއާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބުނެފައި

ތައިލެންޑުން ހައްޔަރުކޮށް ޖަލަށްލި ރެފިއުޖީ ފުޓްބޯޅަ ކުޅުންތެރިޔާ، ހަކީމް އަލް އަރައިބީ ދޫކޮށްލުމުން އޭނާ ދިރިއުޅޭ ގައުމު ކަމަށްވާ އޮސްޓްރޭލިއާ އަށް އެނބުރި ގޮސްފިއެވެ.

ބަހްރެއިންގެ ރައްޔިތެއް ކަމަށްވާ އަރައިބީ ބެންގކޮކުން ހައްޔަރުކޮށްފައި ވަނީ ބަހްރެއިނުން އިންޓަރޕޯލް މެދުވެރިކޮށް ނޯޓިސް ނެރެގެންނެވެ.

ބެންގކޮކްގެ ޖަލުގައި ދެ މަސްދުވަހު ބެހެއްޓުމަށް ފަހު ހޯމަ ދުވަހު އޭނާ ދޫކޮށްލާފައި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ގޮވާލަމުންދިޔަ ގޮވާލުމާ އެކު ބަހްރެއިނުން އޭނާގެ އެކްސްޓްރެޑިޝަން އަށް ކުރަމުންދިޔަ ޑިމާންޑް ހުއްޓާލުމުންނެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ މެލްބަންގެ އެއަރޕޯޓަށް ދިއުމާ އެކު އޭނާއަށް ތާއީދުކުރާ އެތައް ސަތޭކަ ސަޕޯޓަރުންނެެއް ވަނީ އުފާފާޅުކޮށްފައެވެ.

އެއަރޕޯޓްގެ ބޭރުގައި އެއްވެފައި ތިބި މީހުންނާ ވާހަކަ ދައްކަމުން އޭނާ ވަނީ އޮސްޓްރޭލިއާށް ޝުކުރު އަދާކުރާ ކަމަށް ބުނެފަައެވެ. އަދި އެތަނަށް އެހާ ބައިވަރު މީހުން އައުމުން ހައިރާންވެއްޖެ ކަމަށް ބުނެފައެވެ.

ހަކީމް އަލް އަރައިބީއަކީ ބަހްރެއިންގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ފާޑުކިޔަމުންދާ މީހަކަށްވާއިރު އޭނާ ފިލައިގެންގޮސް އޮސްޓްރޭލިއާ އިން ސިޔާސީ ހިމާޔަތްހޯދާފައި ވަނީ 2014 ވަނަ އަހަރުއެވެ.

އޮސްޓްރޭލިއާގައި އޭނާ އުޅެމުން ދަނިކޮށް ބަހްރެއިނުން ވަނީ ފުލުހުންގެ މަރުކަޒަކަށް ގެއްލުންދިން ކަމުގެ ދައުވާކޮށް 10 އަހަރުގެ ހުކުމެއް ކޮށްފައެވެ. އެ ދައުވާއަށް އޭނާ އިންކާރުކުރެއެވެ.

ބަހްރެއިނަށް އޭނާ އަނބުރާ ފޮނުވާލައިފި ނަމަ އޭނާއަށް އަނިޔާއާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

28 ޑިސެމްބަރު 2017
މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
18 ޑިސެމްބަރު 2017

ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި

18 ޑިސެމްބަރު 2017
ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި
02 ޑިސެމްބަރު 2017

ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް

02 ޑިސެމްބަރު 2017
ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް
22 ނޮވެމްބަރު 2017

ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި

22 ނޮވެމްބަރު 2017
ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި
11 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުން އެނބުރި އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން މަސައްކަތްކޮށްފައިވޭ: އދ. ގެ ރިޕޯޓު

11 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުން އެނބުރި އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން މަސައްކަތްކޮށްފައިވޭ: އދ. ގެ ރިޕޯޓު
17 އޯގަސްޓު 2017

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!
28 މެއި 2017

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި

28 މެއި 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ

13 ޖެނުއަރީ 2017
ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު