Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަޒްކާ އާދިލް

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

ބާ ބީއާރް ކްރޯލްސް އަކީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2019 | އަންގާރަ 05:38
އަޒްކާ އާދިލް

އަޒްކާ އާދިލް

ހިތްވަރާއިއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ ކަމަށް ޒުވާން ފެތުންތެރިޔާ އަޒްކާ އާދިލް ބުނެފިއެވެ.

ނިމިގެންދިޔަ ބާ ބީއާރް ކްރޯލްސް ދިގު ފެތުން, ކާމިޔާބު ކަމާއެކު ނިންމި ބައިވެރިންގެ ތެރޭގައި ހިމެނޭ އަޒްކާ އާދިލް ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން ބުނީ ބާ ބީއާރް ކްރޯލްސް އަކީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ ކަމަށެވެ.

އުމުރުން 10 އަހަރުން ފެށިގެން އިސްކަންދަރު ސްކޫލްގެ ސްވިމް ޓީމުން ޖާގަ ހޯދަމުންދިޔަ އަޒްކާވަނީ ބައިނަލްއަގްވާމީ މުބާރާތެއްގައިވެސް ރާއްޖެ ތަމްސީލު ކޮށްފައެވެ.

އޯޕަންވޯޓާ ސްވިމިންއަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ އަޒްކާ ވަނީ މީގެ ދުވަސް ކޮޅެއްކުރިން ކުރުނބާ މޯލްޑިވްސް ރިޒޯޓުން މާލެއަށް ފަތާފައެވެ.

ބާ ބީއާރް ގެ ތަޖުރިބާ ހިއްސާކުރަމުން އަޒްކާ ބުނީ، އެ އިވެންޓުން ވަރަށް ގިނަ ކަންތައްތައް ދަސްވެގެން ގޮއްފި ކަމަށެވެ. އޭނާއަށް ވުރެން ކުޅިވަރުގެ މައިދާނުގާ ތަޖުރިބާ ހުރި ތަފާތު އެތުލީޓުންނާއިއެކު ހޭދަ ކުރެވުނު އަށް ދުވަސްތެރޭ އެމީހުންގެ ލައިފްސްޓައިލް ހުންނަގޮތާއި، ފެތުމަށް ތައްޔާރު ވުމަށް ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ދަސްވިކަމަށް ބުންޏެވެ.

ބާ ބީއާރް ކްރޯލްގެ ތެރެއިން

ބުރަ މަސައްކަތުން ކާމިޔާބީ ހޯދުމަށް ކަޑަތުކުރަންޖެހޭ ހުރަސްތަކުގެ ވަކި މިންވަރެއް ނޯއްނާނެކަން ކޮންމެ އެތުލީޓެއް ވެސް ގަބޫލް ކުރަންޖެހޭ ކަމަށާއި، އެއިން ކޮންމެ ގޮންޖެހުމަކީ ކުރިއެރުމެއް ކަމަށް ވިސްނައިފިނަމަ ކުރިއަށް ދާން ފަސޭހަ ވާނެ ކަމަށް ވެސް އަަޒްކާ ބުންޏެވެ. މީގެ އިތުރުން ވެސް އަޒްކާ ބުނީ، ތަޖުރިބާކާރު އެތުލީޓުންނާއި އެކު ހޭދަކުރެވުނު ކޮންމެ ދުވަހަކީ ވެސް ސުވާލު ތަކުން ފުރިގެން ދިޔަ ދުވަސް ތަކެއް ކަމަށް އޭނާ ގަބޫލު ކުރާކަމަށެވެ.

މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާގެ ގޮތުގައި ބާ ބީއާރް ސިފަކުރަމުން އަޒްކާ ބުނީ، "އާ ޔޫ ކްރޭޒީ" ތޯ؟ އެ ސުވާލު ގިނަ ފަރާތްތަކުން އޭނާ އާއި ކުރިމަތި ކުރުވި ކަމަށެވެ. އޭގެ ޖަވާބު އަޒްކާ ދެމުން ދިޔައީ ކަނޑު ހުރަސްކޮށް 23 ރަށަށް ފަތައިގެންނެވެ.

އޮޔާއި ދެކޮޅަށް، ގަދަ އަވީގައި މާކަނޑުގައި ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ފަތަން ކެރޭނީ ހަމަ ގައިމުވެސް "ކްރޭޒީ" ވެގެންނެވެ.

ކުޑައިރު ފަތާ ހިތުން ފަތަންފެށި އަޒްކާ އާދިލްއަކީ ހަމަ ޔަގީނުން ވެސް ގިނަ އެތުލީޓުންނަށް ނަމޫނާއެކެވެ. އޭގެ އެންމެބޮޑު ހެއްކަކީ ބާ ބީއާރްގެ އެންމެ ފަހު ފެތުމުގައި އަޒްކާގެ ކޮއްކޮ އައިޝާ ނޯޔާ ބައިވެރިވުމުންނެވެ.

ދައްތަ ނަމޫނާއެއް ގޮތުގައި ދެކި ނޯޔާވެސް ފެތުމަށް ހުންނަ ޝައުގުވެރިކަން ހާމަވެގެން ގޮސްފިއެވެ.

ކަނޑު ހުރަސްކޮށް ބިރުކުޑަ ކަމާއި އެކު ރާއްޖޭގެ ގިނަ ރައްތަކަކަށް ފަތާ އެކަން ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދިޔައިރު، އަޒްކާގެ ނަން ވެސް ލިޔެވިއްޖެއެވެ. ބިރު ކުޑަަ އަލީގެ ބަދަލުގައި ބިރުކުޑަ އަޒްކާ ކިޔަން ހައްގެވެ.

އަޒްކާ އަކީ ނަމޫނާ އަކަށް ފުދޭ އެތުލީޓެކެވެ. މިހާރުގެ ކުޑަކުދިން، މާދަމާގެ ގައުމުގެ އިސްވެރިންނަށް ދަސްވާންވީ މިފަދަ ރީތި އާދަތަކެވެ. ހަލާކުގެ ތެރެއަށް ނުވެއްޓި ވަށައިގެންވާ ގުދުރަތީ ޕޫލްތަކުގެ ބޭނުން ހިފުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު