Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ކުރީގެ ލޯބވެރިޔާ އަހަރެންނަށް ހައްގެއް ނޫން: ނޭހާ ކައްކަރު

ދެމީހުން ރައްޓެހިވެގެން އުޅުންއިރު އާއިލާއާއި ރައްޓެހިންނަށް ވަގުތު ނުދެވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 ފެބުރުއަރީ 2019 | އަންގާރަ 02:11
ނޭހާ ކައްކަރު އާއި ހިމާންޝް ކޯލީ

ނޭހާ ކައްކަރު އާއި ހިމާންޝް ކޯލީ

ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި "އިންޑިއަން އައިޑޮލް"ގެ ޖަޖް ނޭހާ ކައްކަރުގެ ކުރީގެ ލޯބިވެރިޔާ ހިމާންޝް ކޯލީ އެނާއަށް ހައްގު ނޫން ކަމަށް ވަނީ ބުނެފައެވެ.

"ބޭޑް ރިލޭޝަންޝިފް" އަކުން މޫވް އޮން ކުރެވުމުން އެކަމާ އުފާވާ ކަމަށާއި އާއިލާ އާއިއެކު ވަގުތު ހޭދަކުރެވޭ ގޮތް ވުމުން އެކަމަށް ޝުކުރުވެރިވާ ކަމަށް ނޭހާ ވަނީ ބުނެފައެވެ.

ޑެއިނިކް ބާސްކަރަށް ދިން އިންޓަވިއުއެއްގައި އުމުރުން 30 އަހަރުގެ ނޭހާ ބުނެފައިވަނީ ހިމާންޝްއާ ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ގުޅުމަކީ އުފާވެރި ގުޅުމެއް ނޫން ކަމަށެވެ. ހިމާޝްއަކީ ޝަކުވާ ބޮޑު އަދި އުންމީދު ކުރި ކަހަލަ މީހެއް ނޫން ކަމަށް ނޭހާ ވަނީ ބުނެފައެވެ.

"މިހާރު ބުނެވޭނެހާވެސް އެއްޗަކީ ސިންގަލް ކޮށް ހުރުން މާރަނގަޅު. ދެމީހުން ރައްޓެހިވެގެން އުޅުންއިރު އާއިލާއާއި ރައްޓެހިންނަށް ވަގުތު ނުދެވޭ. ހުރިހާ ވަގުތެއް ދެވުނު މީހާއަކީ އަހަރެންނަށް ހައްގު މީހެއް ނޫން". ނޭހާ ވަނީ ބުނެފައެވެ.

ނޭހާ އާއި ހިމާންޝްގެ ލޯބީގެ ގުޅުން ކަށަވަރުކޮށް ދީފައިވަނީ ވެސް އަދި ބްރޭކަޕްވިކަން ވެސް ޔަގީންކޮށް ދީފައިވަނީ "އިންޑިއަން އައިޑޮލް" ސީޒަން 10 ގެ ތެރޭގަ އެވެ.

ނޭހާ އެންމެ ފަހުން ކިޔާފައިވާ ފާގަހަ ކޮށްލެވޭ ލަވަ ތަކުގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "ސިމްބާ" ގެ "އާންކްމާރޭ" ހިމެނެއެވެ.

މީގެ އިތުރުން ކާތިކް އާރްޔަން އާއި ކްރިތީ ސެނޯން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ލޫކާ ޗުއްޕީ" އަށް "ކޮކާ ކޯލާ" ރިމިކްސް ވެސް ކިޔާފއިވެއެވެ.

އުމރުން 29 އަހަރުގެ ހިމާންޝް ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޔާރިޔާން" އިންނެވެ.

މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގައި ހާއްސަ ފެނިލުމަކުން ހިމާންޝް ފެނިގެންދާނެއެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

05 ސެޕްޓެމްބަރު 2017
"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ
12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
09 ޖޫން 2017

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި

09 ޖޫން 2017
އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި
28 މެއި 2017

ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

28 މެއި 2017
ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު
17 މެއި 2017

"މެރީ ޕިޔާރީ ބިންދޫ" އަދި "ސަރްކާރް 3" ކާމިޔާބެއް ނޫން

17 މެއި 2017
"މެރީ ޕިޔާރީ ބިންދޫ" އަދި "ސަރްކާރް 3" ކާމިޔާބެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު