Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލް ޖުމްހޫރިއްޔާ

ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ބަދަލު ކުރަން ޖެހިއްޖެ، ތަރައްގީ ހަލުވި ކުރެވޭނީ ލާމަރުކަޒީ ކުރެވިގެން: ރައީސް

10 ފެބުރުއަރީ 2019 | އާދީއްތަ 05:58

ރަށުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 10 ފެބުރުއަރީ 2019 | އާދީއްތަ 05:58
އަތޮޅުތަކާއި ސިޓީ ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

އަތޮޅުތަކާއި ސިޓީ ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސިޓީ އާއި ރަށު ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރި ގޮތުންނާއި ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރަށް ބަލާއިރު ރާއްޖޭގެ ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ވެސް ބަދަލު ކުރަން ޖެހިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މިސްރާބު ބަދަލު ނުކުރެވިއްޖެ ނަމަ 2050 ވަނަ އަހަރަށް ދާއިރު ރާއްޖޭގެ އާބާދީގެ 60 އިންސައްތަ ދިރިއުޅޭނީ ތޮއްޖެހިފައިވާ މާލޭގައި ކަމަށެވެ. ނަމަވެސް އެއީކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement
"މިއީ ކުރެވޭނެ ކަމެއް ނޫން. އަދި ހަމަ އެއާއެކު އިޖްތިމާއީ އެތައް މައްސަލަތަކެއް ވެސް އެކަމުގެ ސަބަބުން ކުރިމަތިވާނެ. މާލެ އަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖްތިމާއީ މައްސަލަތަކުގެ އަސްލަކީވެސް ވެރިކަން ކުރުމުގައި ޒަމާނުން ސުރެ ގެންގުޅުނު ވިސްނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިގުތިސާދީ ދުވެލި ހަލުވިވަމުންދާއިރު ވެސް ތަރައްގީގެ ދުވެލި ބަރުހެލިވެގެން އުޅެނީ މަރުކަޒީ އުސޫލު ދޫކޮށް ލާމަރުކަޒީ ކުރަން ނުކެރުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެކަން ބަދަލު ކުރުމުގެ ހިތްވަރު އެބަ ހުރި ކަމަށާއި މި ސަރުކާރުން އެކަންކަން ބަދަލުކޮށް ޖަޒީރާ ދިރިއުޅުމެއް ހޯދާ ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކޮށް ހިންގުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައި އެވެ. ރައީސް ވިދާޅުވީ ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް ހިނގާއިރު އަނެއްބައި ކައުންސިލްތައް އެންމެ ރަނގަޅަށް ނުހިނގާ އެބަހުރި ކަމަށާއި އެހެން މެދުވެރިވަނީ ސިޔާސީ ގޮތުން ލާމަރުކަޒީ ކުރެވިފައިވިއަސް ތަންފީޒީ މަރުހަލާގައި ލާމަރުކަޒީ ނުކުރެވޭތީ ކަމަށެވެ.

"ލާމަރުކަޒީ ކުރުމަކީ ކައުންސިލްތަކެއް އުފައްދާފައި ކައުންސިލްތައް އިންތިހާބު ކުރުން އެކަންޏެއް ނޫން. އެ ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަން ދޭން ޖެހޭ. ހަމަ އެފަދައިން އަންހެނުން ބާރުވެރިކުރުވޭނެ ގޮތްތައް ނެތި ގެނެވޭ ލާމަރުކަޒީ ނިޒާމަކީ ވެސް ހަގީގީ ލާމަރުކަޒީ ނިޒާމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގާނޫނުގައި ބަޔާން ކުރާ އަންހެނުން ކުރިއަރުވާ ކޮމެޓީގެ ދައުރު މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ ނޫން ގޮތަކަށް ތަރައްގީގައި އަންހެނުން ހިއްސާ ކުރުންވާނީ އުނދަގޫ ކަމަކަށެވެ. އަދި އެ ގޮތަށް ގާނޫނު ބަދަލު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަމެއްކަން ފާހަގަ ކުރެއްވި އެވެ.

ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައުމާގުޅޭ މަޝްވަރާތައް ކުރެވެމުންދާއިރު އެމަނިކުފާނަށް ބައެއް އާންމު ރައްޔިތުންގެ ފަރާތުން ލިބިފައިވާ ހިޔާލާ މަޝްވަރާތައް މި ޖަލްސާގައި ވަނީ ހިއްސާ ކުރައްވާފައި އެވެ. މި ގޮތުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތުމާއި ރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކައުންސިލް މެދުވެރިކޮށް ހިންގުމާއި ރަށާއި ރަށުގެ އިހްތިސާސްގައި ހިމެނޭ ތަންތަނުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ހަވާލު ކުރަން ޖެހޭ ގޮތައް ބަދަލު ކުރުމަށް ބައެއް ފަރާތްތަކުން މަޝްވަރާ ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރަށު ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދީގެން މެނުވީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ނުކުރެވޭނެ ކަމަށާއި ރަށްރަށުގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ކުރަން ޖެހޭ ކަންކަމާމެދު ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

"ގައުމީ ތަރައްގީގެ ޕްލޭނާއި ސަރުކާރުގެ އެކްޝަން ޕްލޭނާއި ފުށު ނާރާނެ ގޮތަށް ރަށްރަށާއި އަތޮޅުތަކުގެ ޕްލޭންތައް ހަދައި އޭގައިވާ ކަންކަން ހާސިލް ކުރުމަށްޓަކައި މަޝްރޫއުތައް ހިންގައި ވިލަރެސް ކުރުމުގެ އިހްތިޔާރު ހޯދާ ދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ 2017 ވަނަ އަހަރު ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހްގެ ދަށުން ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ގެނެސްފައިވާ ބަދަލުތަކާއި ސިޓީ ކައުންސިލްތަކުގެ ބާރުތައް ކަނޑައަޅާނެ ގޮތަށް ގެނައި ބަދަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ ގޮތަށް ބައެއް ގާނޫނުތައް އެބަހުރި ކަމަށާއި އެކަންކަން ބަދަލުކުރާނެ ކަމަށެވެ. އެ މަހާސިންތާގައި ސިޓީ ކައުންސިލްތައް އުފެއްދުމާއި ގުޅޭ ގޮތުން ގޮތްތަކެއް ކަނޑައަޅާ ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް