Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ ފީއަލީގައި ޑެންގޫ ފެތުރުން

ޑެންގޫ ޖެހިގެން ފީއަލީއިން އިތުރު ފަރުވާއަށް 6 ކުއްޖަކު މާލެ ގެނެސްފި

8 ފެބުރުއަރީ 2019 | ހުކުރު 17:04

ދުވާލަކު 30 މީހުން ޑޮކްޓަރަށް ދައްކަން އާދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 8 ފެބުރުއަރީ 2019 | ހުކުރު 17:04
ފ. ފީއަލީ ހެލްތު ސެންޓަރ

ފ. ފީއަލީ ހެލްތު ސެންޓަރ

ފ. ފީއަލީގައި ނުރައްކާތެރި މިންވަރަކަށް ޑެންގޫ ފެތުރެމުންގޮސް، އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދިޔަ 6 ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުން މި 6 ކުދިން މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލާންސްގައި ހުކުރު ދުވަހުގެ ރޭގައެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހު "ރާއްޖެއެމްވީީ" އަށް މައުލޫމާތު ދެއްވަމުން ފ. ފީއަލީ ހެލްތު ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒައީމް ވިދާޅުވީ، އެރަށުގައި އާދަޔާޚިލާފަށް ޑެންގޫ ފެތުރެމުންދާ ކަމަށާއި، ދުވާލަކު ގާތްގަނޑަކަށް 30 މީހުުން ހުންއައިސްގެން ނުވަތަ އެފަދަ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދައްކަން އަންނަ ކަމަށެވެ.

ޒައީމް ވިދާާޅުވީ، އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ހުކުރު ދުވަހު ހެލްތު ސެންޓަރަށް އައިސްފައިވާ ކަމަށާއި، ބަލި މީހުން ބަލަމުން ގެންދާ ކަމަށެވެ.

އެކަމާ ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ މެމްބަރު އަހުމަދު އާދަމް ވިދާޅުވީ، ފާއިތުވު ހަފްތާގައި އެރަށުން 10 ކުއްޖަކު ޑެންގޫއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، ބުދަ ދުވަހުވެސް އެމަރޖެންސީކޮށް ސީ އެމްބިއުލާންސްގައި ދެ ކުއްޖަކު މާލެ ފޮނުވާފައިވާއިރު، ހަތަރު ކުއްޖަކު އަދިވެސް ރަށު ހެލްތު ސެންޓަރުގައި އެޑްމިޓް ކޮށްފައިވާކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 1240 މީހުން ދިރިއުޅޭ ފީއަލީގައި ބަލި މީހުން ބެލުމަށް ހެލްތު ސެންޓަރުގައި 1 ޑޮކްޓަރުންނާއި 3 ނަރުހުން ތިބޭ އިރު، އެރަށުގެ އާންމު ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހެލްތު ސެންޓަރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އެގޮތުން ކައުންސިލާއި ހެލްތު ސެންޓަރު ގުޅިގެން ރަށު ތެރޭގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފާއިތުވި 3 ދުވަހުވެސް ރަށުތެރެއަށް މަދިރިބޭސް ޖަހައި މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް