Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

200 ކްރޯޑާއި އެކު އުރީ ބޮކްސް އޮފީހުގެ ތާރީހުގެ ތެރެއަށް

8 ފެބުރުއަރީ 2019 | ހުކުރު 03:00

 މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 300 ކްރޯޑަށް އަރާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 ފެބުރުއަރީ 2019 | ހުކުރު 03:00
އުރީ ގެ ޕޯސްޓަރު

އުރީ ގެ ޕޯސްޓަރު

އާދައިގެ ބަޖެޓަކުން ހަދާފައިވާ އެކްޝަން ފިލްމް "އުރީ" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ.

ވިކީ ކައުޝަލް ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ވަނީ ފިލްމް ރިލީޒް ކުރިތާ މަހެއްވެސް ނުވަނީސް ހަމައެކަނި އިންޑިއާއިން ލިބުނު އާމްދަނީ 200 ކްރޯޑަށް އަރާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީއާއި އެކު މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 300 ކްރޯޑަށް އަރާފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ މި ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައިވަނީ 50 ކްރޯޑް ލިބިފައެވެ. އަދި ދިހަ ދުވަހުން 100 ކްރޯޑަށް އަރާފއިވާއިރު 28 ދުވަސް ތެރޭގައި ވަނީ 200 ކްރޯޑަށް އަރާފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި "އުރީ" ވެގެން ގޮސްފައިވަނީ މިއއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ބޮކްސް އޮފީހުގައި 100 ކްރޯޑް ކްލަބަށް ވަތް ފުރަތަމަ ފިލްމެވެ.

ފިލްމް ކްރިޓިކުންނާއި ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ "އުރީ" މި ފިލްމަކީ 2016 ވަނަ އަހަރު ކަޝްމީރުގެ އިންޑިއާ ފަޅީގައި ތިބޭ އެ ގައުމުގެ އަސްކަރިއްޔާގެ ބޭސްއަކަށް، ޕާކިސްތާންގެ ޓެރަރިސްޓުންތަކެއް ހަމަލާދީ، އިންޑިއާ ސިފައިންގެ 19 އޮފިސަރަކު މަރައިލި ހާދިސާއާ ގުޅިގެން ރައްދުގައި އިންޑިއާ އިން ހިންގި ސާޖިކަޕް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަދިތިޔާ ދާރް ލިޔެ، ޑައިރެކްޓް ކުރި ފިލްމު ހަދަން ހޭދަކޮށްފައި ވަނީ 45 ކްރޯޑް ރުޕީސް އެވެ.

މި ފިލްމްގެ ލީޑް ޜޯލުން ފެނިގެންދަނީ އަރަމުން އަންނަ ޒުވާން ތަރި ވިކީ ކައުޝަލް އެވެ. މީގެ އިތުރުން މި ފިލްމްގައި މުހިއްމު ރޯލްތަކުން ޔާމީ ގޯތަމް، ކިރިތީ ކުލްހާރީ، ޕަރޭޝް ރަވަލް އަދި ޓީވީ އެކްޓަރު މޯހިތު ރައިނާ ފެނިގެންދެއެވެ.

މި ފިލްމަކީ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ވިކީ ގެ ތިން ވަނަ ފިލްމެވެ. މިދިޔަ އަހަރު އޭނާ މުހިއްމު ރޯލްތަކުން ފެނިގެން ދިޔަ މެގްނާ ގުލްޒާރުގެ "ރާޒީ" އާއި ރާޖްކުމާރު ހިރާނީގެ "ސަންޖޫ" އަކީ މިދިޔަ އަހަރު 100 ކްރޯޑް ހަމަކުރި 13 ފިލްމުގެ ތެރެއިން ދެ ފިލްމެވެ.

ވިކީގެ ކުރިއަށް އަންނަން އޮތް ފިލްމް ތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ ފިލްމް "ތަޚްތް" ހިމެނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
29 ޖެނުއަރީ 2017

މުޅި ބޮލީވޫޑް ބަންސާލީއާ އެކު

29 ޖެނުއަރީ 2017
މުޅި ބޮލީވޫޑް ބަންސާލީއާ އެކު
23 ޖެނުއަރީ 2017

"ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި

23 ޖެނުއަރީ 2017
 "ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި
11 ޖެނުއަރީ 2017

"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު

11 ޖެނުއަރީ 2017
"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
10 ޖެނުއަރީ 2017

ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް

10 ޖެނުއަރީ 2017
 ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް