Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާން 2019

ސަރުކާރުގެ އަމާޒު: އާމްދަނީ 30 ބިލިއަން ރުފިޔާއަށް، ރިޒާވް އެއް ބިލިއަން ޑޮލަރަށް

7 ފެބުރުއަރީ 2019 | ބުރާސްފަތި 07:49

ޓެކްސްގެ ނިޒާމު އިސްލާހު ކުރާނެ ކަމަށް ވިދާޅުވި

| 7 ފެބުރުއަރީ 2019 | ބުރާސްފަތި 07:49
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަނީ

އިގްތިސޯދީ އަދި މާލީ ނިޒާމަށް ބަދަލުތައް ގެނެސް ދައުލަތުގެ އާމްދަނީ 30 ބިލިއަނަށް އިތުރުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި އިގްތިސޯދީ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު މި އަހަރު ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށެވެ.

Advertisement - newsAdvertisement
"އެއީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު 7.8 ޕަސެންޓް އިތުރު މިންވަރެއް. މީގެ ބޮޑު ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ. އަޅުގަނޑުގެ އިގްތިސޯދީ އަމާޒަކީ އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ރާއްޖެ އަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށ ްއިތުރުކުރުން،" ދަރުބާރުގޭގައި ބާއްވަމުންދާ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ސޯލިހް ވިދާޅުވި އެވެ.

މިހާރު އިގްތިސޯދީ މިންގަނޑުތަކަށް ބަލާއިރު ރާއްޖޭގެ އިގްތިސޯދީ ދުވެލި މިއަހަރު ގާތްގަނޑަކަށް 7.6 ޕަސެންޓްގައި ހިފަހެއްޓޭނެ ކަމަށް ލަފާކުރެއްވޭ ކަމަށާއި އެވްރެޖް އިންފްލޭޝަން ރޭޓް 1.3 ޕަސެންޓަގައި ހިފެހެއްޓޭނެ ކަމަށް ވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ފަސް ދައުރު އަދާކުރައްވާފައިވާ ރައީސް ސޯލިހް ވިދާޅުވި އެވެ.

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 757.8 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށާއި މި ހިިނގާ 2019 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 803.4 މިލިއަން އެމެރަިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ލަމާފުކުރެއްވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިދިޔަ އަހަރު ނިމުނުއުރު ރާއްޖޭގެ ޔޫޒަބަލް ރިޒާމްގެ ގޮތުގައި 281 މިލިއަން ޑޮލަރު ހުރި. އެއީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް. މިއަހަރު މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު. ސަރުކަރުން އަމާޒު ހިފާފައި ވަނީ އިގުތިސޯދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި މިވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ޒިރާވް އެއް ބިލިއަން ޑޮލަރަށް އިތުރުކުރުން. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އެކަން ހާސިލުކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 21.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި 25.5 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އެހެން ކަމުން މިދިިޔަ އަހަރު ނިމުނުއިރު ބަޖެޓް އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ކަމަށް ވެސް އެ މަނިކުފާނު ވިދަޅުވި އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ޖުމުލަ ދަރަނީގެ މިންވަރަކީ 43.8 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއީ ޖީޑީޕީގެ ނިސްބަތުން 53.1 ޕަސެންޓް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން، އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް މިއަހަރުތެރޭގައި ތައާރަފުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނޫ އިގްތިސޯދުގެ ތަސައްވުރަކީ އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ ކުޑަނުކޮށް މިހާރު ހިނގަމުންްދާ މަޝްރޫއުތައް އަވަހަށް ނިންމައި، އުފެއްދުންތެރިކަން ކުރިއަށް ޖެއްސޭނެ އިގްތިސޯދީ އައު މަޝްރޫއުތަކަކަށް ޖާގަ ދިނުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ އިގްތިސޯދީ ސިޔާސަތަށް ބަލާއިރު، އަޅުގަނޑުމެން އިސްލާހުކުރަން ޖެހޭ ގިނަ ކަންތަތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދަޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނިތައް ވަދެ، އާންމުންގެ ވިޔަފާރިތަކަށް ވަނީ ލޮޅުން އަރާފައިިވާ ކަމަށެވެ. ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތަކާއި ޚިލާފުވުމުގެ ސަބަބުން ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑެތި އިސްލާހުތަކަކަށް ބޭނުންވެފައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަތް ނުފޯރާ ވަރަށް ހަރަދުތައް މައްޗަށް ގޮސް އިންތިހާއަށް ދަރިނި އިތުރުވެ، މަޝްރޫއުތައް ހުއްޓި، ކުންފުނިތަކުގެ މާލީ ހާލަތާއި ޚިދުމަތްތަކުގެ ފެންނަވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ސަރުކާރުގެ ވިސްނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކޔންފުނިތައް ނުވަދެ، އެ ކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ އަދި ބޮޑެތި މަޝްރޫއތައް ހިންގާ ކުންފުނިތަކަކަށް ހެދުން. އަދި މި ދެންނެވި ވިސްނުމުގެ ތެރެއިން ކުންފުނިތައް ރީސްޓްރަކްޝަރކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މި އަންނަނީ ކުރަމުން."

ކުދި އަދި މެދުފަންތީގެ ފިޔަވާރިތައް ކޮޅަށްޖަހައިދިނުމަށް މިދިޔަ މަހު ގާއިމުކުރި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން އަންނަ މަހުން ފެށިގެން އެސްއެމްއީތަކަށް ލޯނު ދޫކުރަން ފަށާނެެ ކަމަށާއި އެ ކުންފުންޏަށް މި އަހަރުތެރޭގައި ލައިސަންސް ލިބި ބޭންކަކަށް ބަދަލުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދިވެހިންގެ އުފެއްދުންތަކަށް ބޭރުގެ ބާރާޒުތަކުން ޖާގަ ހޯދައިދީ ރަނގަޅު އަގު ހޯދައިދިނުމަށްޓަކައި އެކްސްޕޯޓް ކައުންސިލެއް މިހާރު ވަނީ އުފައްދާފައި ކަމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ޖާގަ ހޯދުމުގެ މަސައްކަތް މި ކައުންސިލު މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަރައްގީގެ ވިސްނުން ހުންނާނީ ސަރުކާރުގައި އެކަންޏެއް ނޫން. ސިޔާސީ ވިސްނުމާއި ދުރު އަމިއްލަ ކުންފުނިތަކުގައި ތަރައްގީގެ ވިސްނުން މާފުންވެފައި، މުއްސަދިވާނެ. ރާއްޖެ ތަރައްގީކޮށްދޭނެ މަޝްރޫއުތައް އަމިއްލަ ފަރާތްތަކުން ރާވަފައި ސަރުކާރަށް ހުށަހަޅައިގެން ހިންގުމުގެ ނިޒާމެއް މިހާރު ވާނީ ގާއިމުކުރެވިފައި. ގައުމީ ތަރައްގީގައި އަމިއްލަ ފަރާތްޔަކުގެ ދަުރު ފުޅާކުރުމަށްޓަކައި އެ ފަރާތްތަކުގެ ވިޔަފާރިއަށް ފަހި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށް ިދނުމަކީ މި ސަރުކާރުގެ ސިޔާސަތެއް. މިގޮތުން ޓެކްސްގެ ނިޒާމަކީ ވިޔަފާރިތައް ކުރިއަރުވަން ބާރުއަޅާ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް ޓެކްސް ނެގުމުގެ ނިޒާމު ރިފޯމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް