Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނެކްސްބިޒް މައްސަލަ

ނެކްސްބިޒަށް ދޭން ޖެހޭ 18 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފި

6 ފެބުރުއަރީ 2019 | ބުދަ 11:34

އެގްރީމަންޓް ބާތިލުކުރީ 5 އޮގަސްޓް 2013ގައި ރައީސް ވަހީދުގެ ސަރުކާރުން

އަމަން ހަލީމް
އަމަން ހަލީމް | 6 ފެބުރުއަރީ 2019 | ބުދަ 11:34
ާއެޓަރނީ ޖެނެރަލް އޮފީސް

ާއެޓަރނީ ޖެނެރަލް އޮފީސް

ރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ނިޒާމެއް ގާއިމްކުރުމަށް އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމުގައިވާ ނެކްސްބިޒްއާ އެކު ވެވުނު އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، ބަދަލުގެ ގޮތުގައި ދޭން ޖެހޭ 18 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން ބޯޑަރ ކޮންޓްރޯލް ނެކްސްބިޒާއާއެކު އެއްބަސްވުމެއް ގާއިމްކުރީ 17 އޮކްޓޫބަރު 2010 ގައެވެ. އެގްރީމަންޓް ބާތިލުކުރިކަމުގެ ނޯޓިސް ނެކްސްބިޒްއަށް ފޮނުވީ 5 އޮގަސްޓް 2013 ވަނަ އަހަރުގެ ތެރޭގައި ރައީސް ވަހީދުގެ ސަރުކާރުންނެވެ.

Advertisement - newsAdvertisement

އެގްރީމަންޓް ބާތިލުކުރުމާ ގުޅިގެން ސިންގަޕޫރުގެ އިންޓަނޭޝަނަލް އަރބިޓްރޭޝަން ސެންޓަރަށް ނެކްސްބިޒުން މައްސަލަ ހުށައެޅީ ބަދަލުގެ ގޮތުގައި 272 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދުމަށެވެ. ނަމަވެސް، މައްސަލަ ބެލުމަށް ފަހު ދިވެހި ސަރުކާރުން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށް ނިންމައި، ބަދަލުގެ ގޮތުގައި ނެކްސްބިޒަށް 18 މިލިއަން ޑޮލަރު ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް ސިންގަޕޫރު އަރބިޓްރޭޝަނުން ހުކުމް ކުރީ 24 ނޮވެމްބަރު 2016 ގައި އެވެ.

މި މައްސަލައާ ގުޅިގެން ބުދަ ދުވަހު އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެވޯޑު ތަންފީޒުނުކުރުމަށާއި އެވޯޑުގައި ބަޔާންކޮށްފައިވާ ފަދައިން ފައިސާ ދެއްކުމުގެ ކަންކަން ކުރިޔަށް ނުގެންދިޔުމަށް އެންގީ ރައީސް ޔާމިންގެ ސަރުކާރުން ކަމަށެވެ. އަދި ތަކުރާރުކޮށް ސިޓީ ފޮނުވައިގެން ވެސް ފައިސާ ނުލިބުމާ ގުޅިގެން، ނެކްސްބިޒްގެ ފަރާތުން ސިންގަޕޫރުގެ ހައިކޯޓަށް މައްސަލަ ހުށައެޅުމުން އެ ކޯޓުން ވެސް ވަނީ، އެ ހުކުމް ތަންފީޒުކުރުމަށް ހުކުމް ކޮށްފައެވެ.

އޭޖީ އޮފީހުން ބުނީ ހުކުމުގައިވާ ގޮތަށް އެވޯޑް ތަންފީޒުކުރަން ނިންމީ ބޭރު އިންވެސްޓަރުންގެ އިތުބާރު ލިބޭ ފަދަ ތަނަކަށް ދިވެހިރާއްޖެ ހަދައި، ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކޮށް ބެލެހެއްޓުމަށް 20 އަހަރުގެ މުއްދަތަކަށް ހެދި އެއްބަސްވުން އުވާލީ ދިވެހި ސަރުކާރަށް ގެއްލުންވާތީ ކަމަށް، އެއްބަސްވުން ބާތިލުކުރި އިރު ބަންޑާރަ ނައިބަކަށް ހުރި އާޒިމާ ޝަކޫރު ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން ދިވެހި ދައުލަތާ ދެކޮޅަށް ނިމުނު ޖީއެމްއާރްގެ އަރބިޓްރޭޝަން މައްސަލައިގައި ދައްކަން ޖެހުނު 271 މިލިއަން ޑޮލަރަށްވާ ފައިސާ ޖީއެމްއާރަށް ދެއްކީ އެމްއެމްއޭގެ ރިޒާވުން 140 މިލިއަން ޑޮލަރު ނަގައިގެންނާއި އެއާޕޯޓް ކުންފުނިން ފައިސާ ނަގައިގެންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް