Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

އެންމެ ބޮޑު އިސްކަމައެއް ދެނީ ސިފްކޯ ހިޔާ މަސަތްކަތް ނިންމައި ސިފައިންނާ ހަވާލުކުރުން: އެމްއެންޑީއެފް

6 ފެބުރުއަރީ 2019 | ބުދަ 09:42

ރަށްތަކުގެ ކައުންސިލްތަކާ ގުޅިގެން ހޭލުންތެރި ޕްރޮގްރާމް ހިންގުމަށް ނިންމާފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 6 ފެބުރުއަރީ 2019 | ބުދަ 09:42
ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެމްއެންޑީއެފުން މިހާރު އެންމެ ބޮޑަށް އިސްކަމެއް ދޭ އެއްކަމަކީ ސިފްކޯ ހިޔާ މަސަތްކަތް ނިންމައި ސިފައިންނާ ހަވާލުކުރުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމާލް ވިދާޅުވީ ސިފްކޯ ހިޔާގެ ޕްރޮޖެކްޓަކީ މީގެ ހަ އަހަރު ކުރިން ފެއްޓި މަޝްރޫއެއް ކަމަށާއި އެ މަސަތްކަތް އަވަހަށް ނިންމައި ސިފައިންގެ ވެލްފެއަރ ކަންތައްތަކަށް ވަރަށް ބޮޑު އިސްކަމެއް އެމްއެންޑީއެފުން ދޭނެ ކަމަށެވެ.

Advertisement - newsAdvertisement

ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އިރު އެތަންތަން ވީއެންމެ އަވަހަށް ނިންމައި ހަވާލުކުރުމަކީ މި ސަރުކަރުގެ ވައުދެކެވެ.

މީގެ އުތުރުން ޝަމާލް އެ ބައްދަލުވުމުގައި ވިދާޅުވީ ރައްޔިތުންގެ ބަލައިގަންނަ ލޯބި ލިބޭ ފަންނީ ބަޔަކަށް ހެދުމަށް ރިފޯމްގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައިފައި ވާކަމަށެވެ. ކޮމެޓީގެ އަމާޒަކީ ސިފައިން ޕްރޮފެޝަނަލް އަދި ފަންނީ ބަޔަކަށް ހެދުން ކަމަށް ވިދާޅިވިއެވެ.

ސިފައިންގެ ރޭވިފައިވާ ސިޔާސަތުތައް ހާމަކުރަމަށް އައު ލީޑަރޝިޕްގެ ފަރާތުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކޮށް އޭރިއާތަކަށް ދޭ ހިދުމަތް ފުޅާކުރާނެ ކަން ހާމަކޮށްފައެވެ. އެގޮތުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުލްރަހީމް އަބްދުއްލަތީފް ވިދާޅުވީ އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތައް ގިނައިން ހިނގާކަން ފާހަގަކުރައްވައި މިކަންތައް މަދުކުރުމަށްޓަކައި ރަށްތަކުގެ ކައުންސިލްތަކާ ގުޅިގެން ހޭލުންތެރި ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދަނޑު ބިން އެންދުމުގައި ވެސް ސަލާމަތީ ކަންކަން ބަލައިގެން މަސަތްކަތްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެމްއެންޑީއެފުން ވަނީ މިހާރަކަށް އައިސް ހިނގާ ކަނޑުމަތީ ހަދިސާތަކުގެ މަސްވެރިން ވެދޭ އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް އެމްއެންޑީއެފް އިން ޝުކުރު އަދާކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް