Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ހަވާއީގައި ދުންފަތް މަނާކުރުން

ހަވާއީގައި ސިގިރޭޓް ގަނެވޭ އުމުރު 100އަށް މަތިކުރަން ބިލެއް ހުށައަޅައިފި

ބިލުގައި ވަނީ ސިގިރޭޓު ގަނެވޭ އުމުރު 30 އަހަރަށް ބަދަލުކުރުމަށް ފަހު، ވިދިވިދިގެން ކޮންމެ އަހަރަކު ސިގިރޭޓު ގަނެވޭ އުމުރަށް އިތުރު ދިހަ އަހަރަކު އިތުރުކުރުމަށް

އަމަން ހަލީމް
އަމަން ހަލީމް | 6 ފެބުރުއަރީ 2019 | ބުދަ 04:58
ބޮއެފައި އުކާލާފައި ހުރި ސިގިރޭޓު ބަޓުތަކެއް

ބޮއެފައި އުކާލާފައި ހުރި ސިގިރޭޓު ބަޓުތަކެއް

އެމެރިކާގެ ހަވާއީގެ ރައްޔިތުންނަށް ސިގިރޭޓު ގަނެވޭ އުމުރު 2024ގެ ކުރިން 100 އަހަރަށް މަތި ކުރަން، އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލިސް ކަމުގައިވާ ހަވާއީގެ ސްޓޭޓް ހައުސްއަށް ހުށައަޅައިފިއެވެ.

ހުށައަޅާފައިވާ ބިލުގައި ވަނީ މި އަހަރު ސިގިރޭޓު ގަނެވޭ އުމުރު 30 އަހަރަށް ބަދަލުކުރުމަށް ފަހު، ވިދިވިދިގެން ކޮންމެ އަހަރަކު ސިގިރޭޓު ގަނެވޭ އުމުރަށް އިތުރު ދިހަ އަހަރަކު އިތުރު ކުރުމަށެވެ. މިހާރު ހަވާއީގައި ސިގިރޭޓޫ ގަނެވެނީ 21 އަހަރު ފުރިފައިވާ މީހުންނަށެވެ.

ހަވާއީގެ ރައްޔިތުންނަށް ސިގިރޭޓު ގަތުމުގެ ދޮރުތައް ބަންދުކުރިޔެއް ކަމަކު، އެ ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ސިގިރޭޓު އެތެރެ ކުރެވޭނެއެވެ. މި ބިލުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އީ-ސިގިރޭޓު، ސިގަރ އަދި އަނގަޔަށް ލާން ގެންގުޅޭ ދުންފަތުގެ ބާވަތްތައް ހިމަނާފައެއް ނުވެއެވެ.

ބިލް ހުށައެޅުއްވި މެމްބަރު ރިޗަރޑް ކްރީގަން ވިދާޅުވީ ބިލް ހުށައަޅުއްވަން މަޖުބޫރުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް މީހުން ދެވި ހިފާފައިވާ މިންވަރު ފެނިފައި ކަމަށެވެ. އަދި ސިގިރޭޓުގައި ހިމެނޭ ބާވަތްތަކަކީ ސިގިރޭޓު އުފައްދާ ކުންފުނިތަކުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އިތުރަށް ދެވި ހިފުމަށް ގަސްދުގައި ހިމަނާފައިވާ ބާވަތަތަކެއް ކަމަށް ވެސް ކްރީގަން ތުހުމަތު ކުރެއްވިއެވެ.

ހަވާއީއަށް ދުންފަތުގެ ބާވަތްތަކުން ލިބޭ ޓެކްސްގެ އާމްދަނީ 100 މިލިއަން ޑޮލަރުގައި ހުރިއިރު، ސިގިރޭޓު ގަނެވޭ އުމުރު 100 އަހަރަށް މަތިކުރެވެން ވާއިރަށް މި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެމެރިކާގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ނުހިމެނޭ ކަމަކަށް ވުމާއި އެކު، މި ގާނޫނު ތަންފީޒުވެއްޖެ ހާލަތެއްގައި ކޯޓުތަކުން ގާނޫނު އުވާލަފާނެ ކަމަށް ނުބެލެވޭ ކަމަށް ކްރީގަން ވިދާޅުވިއެވެ.

އެމެރިކާގެ ނެޝަނަލް އެކެޑެމީ އޮފް ސައިންސަސްއިން 2015ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި، ދުންފަތް ގަނެވޭ އުމުރު މަތިކުރުމުން، ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ އުމުރާއި ބޮޑު ގުޅުމެއް ވާކަމަށް ހާމަކޮށްފައިވެއެވެ. އަދި 25 އަހަރު ވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ސިގިރޭޓު ބުއިމަކީ ނާދިރުކަމެއް ކަމަށް ވެސް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2018

ސްކޫލްތަކުގެ ނަސްލީ ތަފާތުކުރުން ނައްތާލި ލިންޑާ އުމުރުން 75 އަހަރުގައި މަރުވެއްޖެ

28 މާރިޗު 2018
ސްކޫލްތަކުގެ ނަސްލީ ތަފާތުކުރުން ނައްތާލި ލިންޑާ އުމުރުން 75 އަހަރުގައި މަރުވެއްޖެ
11 މާރިޗު 2018

ޗައިނާގެ ރައީސް އަށް އުމުރު ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް ފާސްކޮށްފި

11 މާރިޗު 2018
ޗައިނާގެ ރައީސް އަށް އުމުރު ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް ފާސްކޮށްފި
18 ޖެނުއަރީ 2018

މަޝްހޫރު މިސްރުގެ ދީނީ އިލްމްވެރިޔާ އަލް ގަރްދާވީ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް

18 ޖެނުއަރީ 2018
މަޝްހޫރު މިސްރުގެ ދީނީ އިލްމްވެރިޔާ އަލް ގަރްދާވީ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް
28 ސެޕްޓެމްބަރު 2017

ވެރިކަމަށް ކުރިމަތިލެވޭ އުމުރުގެ މައްސަލާގައި ޔުގާންޑާގެ މަޖިލިސް ހޫނުވެއްޖެ

28 ސެޕްޓެމްބަރު 2017
ވެރިކަމަށް ކުރިމަތިލެވޭ އުމުރުގެ މައްސަލާގައި ޔުގާންޑާގެ މަޖިލިސް ހޫނުވެއްޖެ
15 ސެޕްޓެމްބަރު 2017

މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން

15 ސެޕްޓެމްބަރު 2017
މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު