Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްރީލަންކާ - ރާއްޖެ

ލަންކާއިން ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ސިިރިސޭނާ 

5 ފެބުރުއަރީ 2019 | އަންގާރަ 13:52

ސަރަހައްދީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 5 ފެބުރުއަރީ 2019 | އަންގާރަ 13:52
މައިތިރިޕާލަ ސިރިސޭނަ (ކ) އާއި ރައީސް ސޯލިހު (ވ)

މައިތިރިޕާލަ ސިރިސޭނަ (ކ) އާއި ރައީސް ސޯލިހު (ވ)

އަވަށްޓެރި ސްރީލަންކާ އިން ރާއްޖެއަށް ފުރިހަމަ އެެއްބާރުލުން ދޭނެ ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އަންގާރަ ދުވަހު ބޭއްވި ރަސްމީ މަޝްވަރާތަކުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސިރިސޭނަ ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ސްރީލަންކާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި، ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި މީގެ އިތުރުން ސްރީ ލަންކާއިން ރާއްޖެ އަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަންް ރައީސް ސޯލިހު އަށް ސްރިސޭނާ އަރުވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ލަންކާ އިން ރާއްޖެ އަށް ދީފައިވާ އެހީތައް ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ލަންކާއާ ގުޅިގެން އިތުރަށް މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ރާއްޖެއިން އެބަހުރި ކަމަށެވެ. ރައީސް ސޯލިހު އާއި ސިރިސޭނަ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް މަސްވެރިކަމާއި، ޓޫރިޒަމް، ވިޔަފާރި، އަދި ސިއްހި ދާއިރާ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މުހިއްމު ކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ދެ ރައީސުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ސަރަހައްދީ ގުޅުމުގެ މުހިއްމު ކަމުގެ މައްޗަށް ރައީސް ސޯލިހު ވަނީ މި ބައްދަލުވުމުގައި އަލިއަޅުވާލައްވާފައެވެ. ރައީސް ސޯލިހުގެ ވާހަކަފުޅަށް އެއްބަސްވެ ވަޑައިގަންނަވަމުން ސިރިސޭނަ ވިދާޅުވީ، ސަރަހައްދީ ގުޅުން ބަދަހި ކުރެވޭނީ އެއްގައުމުން އަނެއް ގައުމަށް އެހީވެދީގެން ކަމަށެވެ. ސްރީލަންކާގެ ރައީސްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް، ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމްގެ އިތުރުން ރާއްޖެއިން ލަންކާ އަށް ކަނޑައަޅަފައިވާ ސަފީރު އުމަރް އަބްދުލް ރައްޒާގުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ލަންކާގެ ރައީސްގެ ދައުވަތަށް ރައީސް ސޯލިހު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރާއްޖެވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް