Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ - އެމެރިކާ

ސައުދީ އާއި ޔޫއޭއީއަށް އެމެރިކާ އިން ވިއްކި ހަތިޔާރުތައް ޓެރަރިސްޓް ޖަމާއަތްތަކަށް ލިބުނު: ރިޕޯޓް

ހަތިޔާރުތައް ސަލަފީ ހަނގުރާމަވެރިންނާއި ޔަމަނުގައި ހަނގުރާމަ ކުރަމުން ގެންދާ އިރާނާއީ ގުޅުންހުރި ހޫޘީ ހަނގުރާމަވެރިންގެ އަތަށް ވެސް ލިބިފައިވޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2019 | އަންގާރަ 14:00
އެމެރިކާ އިން އުފައްދާފައިވާ ހަތިޔާރެއް އެ ގައުމުގެ އަސްކަރިއްޔާ އިން ބޭނުންކުރަނީ

އެމެރިކާ އިން އުފައްދާފައިވާ ހަތިޔާރެއް އެ ގައުމުގެ އަސްކަރިއްޔާ އިން ބޭނުންކުރަނީ

ސައުދީ އަރަބިއާ އާއި ޔޫއޭއީ އަށް އެމެރިކާ އިން ފޯރޮކޮށްދިން ބައެއް ހަތިޔާރުތައް އަލް-ގައިދާއާ ގުޅުން ހުރި ޓެރަރިސްޓް ޖަމާއަތްތަކަށް ލިބުނު ކަން ސީއެންއެންއިން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ.

ސީއެންއެންގެ ރިޕޯޓްގައިވާ ގޮތުން މި ހަތިޔާރުތައް އަލް-ގައިދާއާ ގުޅުން ހުރި ޖަމާއަތްތަކުގެ އިތުރުން، ސަލަފީ ހަނގުރާމަވެރިންނާއި ޔަމަނުގައި ހަނގުރާމަ ކުރަމުން ގެންދާ އިރާނާ ގުޅުން ހުރި ހޫޘީ ހަނގުރާމަވެރިންގެ އަތަށް ވެސް ލިބިފައި ވެއެވެ. އަދި ސައުދީ އާއި ޔޫއޭއީއިން މި ހަތިޔާރުތައް ބޭނުންކޮށްފައި ވަނީ ހަނގުރާމަވެރިންގެ މައްޗަށް ނުފޫޒު ފޯރުވުމަށާއި، އެ ފަރާތްތަކުގެ ވަފާތެރިކަމުގެ ބަދަލުގައި ކަމަށް ބައެއް ޖަމާއަތްތަކުގެ ކޮމާންޑަރުންނާއި މަސްރަހު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހަތިޔާރުތައް ވިއްކުމަށް މި ދެ ގައުމާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި، އެމެރިކާ އިން އުފައްދާފައިވާ ހަތިޔާރުތައް އެހެން އެއްވެސް ފަރާތަކަށް ދިނުން ނުވަތަ ވިއްކުން އޮތީ މަނާކޮށްފައި ކަމަށް އެމެރިކާގެ ޑިފާޓްމަންޓް އޮފް ޑިފެންސް އިން ވަނީ މައުލޫމާތު ދީފައެވެ. ސީއެންއެންގެ ހޯދުންތަކާއި ގުޅިގެން، ހަތިޔާރު މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށް ޑިފެންސް އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ.

އެ ޖަމާއަތަކަށް ލިބުނު ހަތިޔާރުތަކުގެ ތެރޭގައި ބަޑީގެ އިތުރުން، އެންޓި-ޓޭންކް މިސައިލް، އަރމަރޑް އުޅަނދުފަހަރު އަދި އިތުރު ބަރު ހަތިޔާރު ހިމެނެއެވެ. ހަތިޔާރުތައް އިރާނާއި ގުޅުންހުރި ހޫތީންގެ އަތުން އިރާނަށް ލިބުމާއި އެކު، އެމެރިކާގެ ކުރިއަރާފައިވާ ދިފާއީ ޓެކްނޮލޮޖީ އިރާނުގެ އަތްދަށަށް ގޮސްފައިވުމާއި ގުޅިގެން، އެހެން ސަރަހައްދުތަކުގައި ހަރަކާތެރިވާ އެމެރިކާގެ ސިފައިންނަށް ނުރައްކާ ވެދާނެ ކަމަށް ވެސް ވަނީ ބަލެވިފައެވެ.

މީގެ އިތުރުން އެމެރިކާއިން އުފައްދާފައި ހުރި ހަތިޔާރުތައް، ޔަމަނުގެ ބައެއް ސަރަހައްދުތަކުގައި ވިއްކަން ހުރި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސީއެންއެންގެ ރިޕޯޓުގައި ހިމަނާފައި ވެއެވެ.

ނޫސްވެރިޔާ ޖަމާލް ޙަޝޯގީ މަރާލި މައްސަލައިގައި އެމެރިކާގެ ކޮންގްރެސްއިން ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މި ރިޕޯޓާއި ގުޅިގެން ސައުދީއާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަމިއްލަފުޅު ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ވިސްނުމާއި ވެސް ޙިލާފަށް، ސައުދީއަށް ތާއީދުކުރުމުގައި ދެމިތިބޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު