Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެންޑީއެފް ބަޔާން

އެމްއެންޑީއެފްގެ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ފެށިއްޖެ!

އެމްއެންޑީއެފްގެ ޔުނިޓް ފުޓްބޯޅަ މުބާރާތް ފެށުން

މިއުނާ ހަސަން
މިއުނާ ހަސަން | 3 ފެބުރުއަރީ 2019 | އާދީއްތަ 04:32
އެމްއެންޑީއެފްގެ ޢިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް މިނިސްޓަރ ފައްޓަވައިދެއްވަނީ

އެމްއެންޑީއެފްގެ ޢިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް މިނިސްޓަރ ފައްޓަވައިދެއްވަނީ

އެމްއެންޑީއެފްގެ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއިއެކު ރޭ ފަށައިފިއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ ފުޓްބޯޅަ މުބާރާތަކީ ދެ ޑިވިޜަންއަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޜަންގެ ފަސް ޓީމާއި، ދެވަނަ ޑިވިޜަންގެ ހަތް ޓީމް ވާދަކުރެއެވެ. މި ހިނގާ ފެބްރުއަރީ މަހުގެ ދޭކުން 24 ގެ ނިއަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ އެފްއޭއެމް އެއް ނަމްބަރު ޓާރފްގައެވެ.

އެމްއެންޑީއެފްއުން މައުލޫމާތު ދޭ ގޮތުގައި، މި މުބާރާތުގެ ފުރަތަމަ ޑިވިޜަންގައި ހިމެނެނީ، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ޕްރެސިޑެންޝަލް ގާޑް އަދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމްބައިން ޓީމް، ސްޕެޝަލް ފޯސަސް މާލޭ އޭރިއާގެ އިތުރުން ކޯސްޓްގާޑެވެ.

ގިނަ ޓީމުތަކެއް ހިމެނޭ ދެވަނަ ޑިވިޜަންގައި ކުޅޭނީ، ބޭންޑް އެންޑް މިއުޒިކް ވިންގާއި ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ދިވެހި ސިފައިންގެ ކުލަބުގެ ކޮމްބައިން ޓީމު، މިލިޓަރީ އިންޖިނިއާސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، މިލިޓަރީ ޕޮލިސް އަދި ސިފްކޯ ކޮމްބައިން ޓީމް، ސިގްނަލް އަދި ސެނަހިޔާ އަދި ސަޕްލައި ސަޕޯޓް ސަރވިސްގެ ކޮމްބައިން ޓީމް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އަދި މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމްބައިން ޓީމްގެ އިތުރުން އިންޓެގްރޭޓެޑް ހެޑްކުއޯޓާރޒްގެ ޓީމެވެ.

ރޭގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް ޢަބްދުއްރަޢޫފާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިންނާއި މުބާރާތުގެ ޓީމުތަކުން ބައިވެރިވި ކަމަށް ވެސް އެމްއެންޑީއެފްއުން މައުލޫމާތުދެއެވެ.

މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ބައްދަލު ކުރީ ފުރަތަމަ ޑިވިޜަންގެ ދެ ޓީމް ކަމަށްވާ ސްޕެޝަލް ފޯސަސްގެ ޓީމާއި، މާލޭ އޭރިއާގެ ޓީމެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
10 ޖެނުއަރީ 2017

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

10 ޖެނުއަރީ 2017
އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު