Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕަބްޖީ

ބޭނުންވީ ޕަބްޖީ ކުޅެން އަގު ބޮޑު ފޯނެއް، ދެން ފެނުނީ ދަންޖެހިފަ ހުއްޓައި

ދަންޖެހިގެން މަރުވީ 19 އަހަރުގެ ކުއްޖެއް

އަލީ ސަމާޚް
އަލީ ސަމާޚް | 3 ފެބުރުއަރީ 2019 | އާދީއްތަ 00:55
އޮންލައިން ގޭމް ޕަބްޖީ

އޮންލައިން ގޭމް ޕަބްޖީ

ޕްލޭޔާ އަންނޯން ބެޓަލް ގްރައުންޑް ( ޕަބްޖީ) ގޭމް ކުޅެން އާއިލާއިން އާ ފޯނެއް ގަނެ ނުދިނުމުން އިންޑިއާގެ މަހަރާޝްތްރާގެ 19 އަހަރުގެ މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ކުރިން ސޭލްސް އެކްޒެކެޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރި ނަދީމް ޝެއިހް އޭނާގެ ބޭބެ ގާތު ޕަބްޖީ ކުޅެން 37،000 އިންޑިއަން ރުޕީސް (8025.47ރ) އަށް ދޭ ފޯނެއް ގަނެދިނުމަށް އެދުނެވެ.

ނަދީމްއާ ބޭބޭއާ ދެ މީހުން އަރާރުން ތަކެއް ވުމަށް ފަހު ބޭބެ އޭނާ އަށް ފޯނެއް ގަންނަން ދިނީ 20،000 ރުޕީސް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ޕަބްޖީ ކުޅުމަށް ފޯރި ހުންނަ ނަދީމްގެ އާއިލާ މީހުން އެރޭ ނިދަންވެގެން ދިޔަ އިރުވެސް އޭނާ ހުރީ ގޭމް ކުޅޭށެވެ. ދަންވަރު ހަތަރެއް ޖެހިއިރު ނަދީމްގެ ބޭބެ ފާހާނާ އަށް ދާންވެގެން ބެލިއިރު ނަދީމް ހުރީ ފާހަނާގެ ސީލިންގްގައި ދަންޖެހިފަ އެވެ. އެ ހާދިސާ ހިނގައި ދިޔަގޮތް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕަބްޖީ ގޭމްގެ ސަބަބުން އިންޑިއާގެ ބައެއް ކޮލެޖްގެ އިތުރުން ޔުނިވާސިޓީގެ ކުދިންގެ މާކްސް ދަށްވެ ކުދިން ކިޔެވުމާއި ދުރަށް ދާތީވެ އެކުދިންގެ ބެލެނިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ޓެމިލްނާޑުގެ ވެއްލޯރް އިންސްޓިޓިއުޝަން އޮގް ޓެކްނޮލޮޖީ(ވީއަޓީ)ގެ ފިރިހެން ކުދިންގެ ޕަބްޖީ ކުޅުން ވަނީ މުޅިން މަނާ ކޮށްފައެވެ. އެ ކޮލެޖުން ޕަބްޖީ ކުޅުން މަނާ ކޮށްފައިވަނީ އެ ގޭމްގެ ސަބަބުން ރޫމްގައި ތިބޭ އެހެން ކުދިންނަށް އުދަނގޫވާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.

ޕަބްޖީގެ މަޝްހޫރުކަން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ އަށް ވެސް ވަނީ އެނގިވަޑައިގެންފައެވެ. ޖެނުއަރީ މަހު ބެލެނިވެރިންނަށް ހުޅުވައިލާއިގެން ސުވާލު ކުރުމަށް ބޭއްވި ''ޕަރިކްޝާ ޕެ ޗަރްޗާގައި'' ބެލެނިވެރިޔަކު އޭނާގެ ދަރިފުޅު އަބަދު އޮންލައިން ގޭމް ކުޅޭ ވާހަކަ ދެއްކުމުން މޯދީ އެމިހާ އާއި ކުރި ސުވާލަކީ ''ޕަބްޖީތަ؟ ނޫނީ ފޯޓް ނައިންޓް(އޮންލައިން ގޭމް) ތަ؟'' އެ އަށް ފަހު މޮދީ ވިދާޅުވީ، ޓެކްނޮލޮޖީ ބޭނުންކުރަން ކުދިންނަށް ދަސްކޮށްދޭން ޖެހޭނެ ކަމަށާއި، ނަމަވެސް އެކަން ކުރަން ޖެހޭނީ ވަކި އުސޫލެއްގެ މަތިން ކަމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މިލިއަނެއްހާ އިންޑިއާ މީހުން ޕަބްޖީ ކުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުން ގޭމު ކުޅެނީ ރޭގަނޑުގެ ވަގުތު ތަކުގައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
13 ފެބުރުއަރީ 2017

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް
07 ފެބުރުއަރީ 2017

ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

07 ފެބުރުއަރީ 2017
ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ
07 ފެބުރުއަރީ 2017

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު