Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ - އެމެރިކާ

އެމެރިކާއިން ރަޝިޔާއާއި އެކު ވެފައިވާ ނިއުކްލިއަރ ހަތިޔާރާއި ބެހޭ އެއްބަސްވުމަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

2 ފެބުރުއަރީ 2019 | ހޮނިހިރު 14:48

ހަ މަސް ދުވަހުގެ ތެރޭގައި ރަޝިޔާއިން ކަންކަން އިސްލާހު ނުކޮށްފި ނަމަ މުއާހަދާއިން ވަކިވާނެ ކަމަގެ އިންޒާރު އެމެރިކާއިން ދީފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 2 ފެބުރުއަރީ 2019 | ހޮނިހިރު 14:48
ރަޝިޔާގެ އެސް-400 މިސައިލް ސިސްޓަމް

ރަޝިޔާގެ އެސް-400 މިސައިލް ސިސްޓަމް

އެމެރިކާއާއި ރަޝިޔާއިން 1987 ވަނަ އަހަރު ސޮއިކުރި ނިއުކްލިއަރ ހަތިޔާރާއި ބެހޭ މުއާހަދާގައިވާ ކަންކަމަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާއިން ނިންމައިފިއެވެ.

ރަޝިޔާއިން އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރައްވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމުގައިވާ ގޮތަށް ރަޝިޔާއިން ކަންކަން އިސްލާހު ނުކޮށްފިނަމަ މުއާހަދާއިން ވަކިވާނެ ކަމަގެ އިންޒާރު ދެއްވާފައެވެ.

މި ކަމާއި ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރަޝިޔާއިން އެތައް ދުވަހެއް ވަންދެން މުއާހަދާއާއި ހިލާފުވެފައިވާ ކަމަށެވެ. އަދި ރަޝިޔާއިން ސިއްރިއްޔާތުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ނުރައްކާ ވާނެ ކަހަލަ މަނާ ކުރެވިފައިވާ މިސައިލް ސިސްޓަމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޓްރަމްޕް ތުހުމަތުކުރެއްވިއެވެ.

އެމެރިކާގެ ސަރުކާރުން ވަނީ މުއާހަދާގެ ބައިވެރިއެއްގެ ގޮތުގައި ނުހިމެނޭ ޗައިނާއިން ވެސް މިފަދަ ނިއުކްލިއަރ ހަތިޔާރުތައް އުފައްދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް އެމެރިކާ އާއި ރަޝިޔާއިން ޗައިނާގެ ބެއިޖިންގގައި މި ހަފުތާގެ ތެރޭގައި ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި، މައްސަލައިގައި އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް ދެ ގައުމުގެ މަންދޫބުންވެސް ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއިން ވަނީ މުއާހަދާއާއި ހިލާފުވެފައި ނުވާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ. އަދި މައްސަލައަށް ހައްލެއް ނުހޯދިގެން އުޅެނީ އެމެރިކާއިން މަޝްވަަރާތަކުގައި ހުށައަޅާފައިވާ ކަންކަމުގައި ދޫނުދީގެން އުޅޭތީ ކަމަށް ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސާރގޭ ރަބްކޯވް ވަނީ ވިދާޅުވެފައެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު އޭރުގެ އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަން އާއި ސޯވިއެޓް ލީޑަރު މީކާއިލް ގޮރްބަޗޭވް 1987 ވަނަ ސޮއިކުރި އެއްބަސްވުމުގައި ވަނީ 500 ކިލޯމީޓަރާއި 5500 ކިލޯމީޓަރާއި ދެމެދުގެ ރާސްތާއަކަށް ދަތުރުކުރެވޭ، ބިމުން އުދުއްސާލެވޭ މިސައިލް ތަރައްގީކުރުން މަނާކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް