Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަރަތު ފޮންސެކާ

މިނިވަން ދުވަހުގެ ރަސްމިއްޔާތު ފޮންސެކާ ބޮއިކޮޓް ކުރަނީ

2 ފެބުރުއަރީ 2019 | ހޮނިހިރު 00:37

މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ދައުވަތު ފޮންސޭކާ އަށް ނުލިބޭ

އަލީ ސަމާޚް
އަލީ ސަމާޚް | 2 ފެބުރުއަރީ 2019 | ހޮނިހިރު 00:37
ސަރަތު ފޮންސޭކާ

ސަރަތު ފޮންސޭކާ

އަވަށްޓެރި ސްރީ ލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ގައުމުގެ ވެރިރަށް ކޮލަމްބޯގެ ގޯލް ފޭސްގައި މި މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތު ބޮއިކޮޓް ކުރާނެ ކަމަށް ކުރީގެ އާމީ ޗީފް ސަރަތު ފޮންސެކާ ވިދާޅުވެއްޖެއެވެ.

ލަންކާގެ ޑެއިލީ މިރާ އަށް ދެއްވި އިންޓަވިއުއެއްގައި ފޮންސެކާ ވިދާޅުވީ، އޭނާ އަށް އެ ރަސްމިއްޔާގެ ދައުވަތު ބުރާސްފަތި ދުވަހާއި ހަމަޔަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

އާމީ ޗީފް ފަދަ މަތީ މަގާމެއް އަދާކޮށްފައިވާ ބޭފުޅަކަށް އެކަށީގެންވާ ވަރަށް އިއްޒަތާއި ގަދަރު ސަރުކާރުން ނުދޭ ކަމަށާއި، އަދި އޭނާގެ ނަޒަރުގައި އެފަދަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫނެވެ.

ފޮންސެކާ ވަނީ ސްރީ ލަންކާގެ ސިފައިންގެ ހިދުމަތުގައި ގިނަ އަހަރު ތަކެއް ހޭދަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ސްރީ ލަންކާ ސިފައިންގެ ކޮމާންޑަރު ކަމާއި، ޗީފް އޮފް ޑިފެންސްގެ މަގާމު ހިމެނެއެވެ.

މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ފަރިތަކުރުންތައް ބުރާސްފަތި ދުވަހު ގޯލް ފޭސް ގައި ބާއްވާފައިވާއިރު ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާނެ އިއްޒަތްތެރިންގެ ލިސްޓު ވަނީ އިއުލާން ކޮށްފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ސްރީ ލަންކާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އިނގިރޭސި ރާނީ އެލިޒަބަތު ވަނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަށް މަރުހަބާގެ މެސެޖެއް ފޮނުވާފައެވެ. އެ މެސެޖްގައި ރާނީ ވަނީ އެކަމަނާގެ ފަރާތުން ލަންކާގެ ރައްޔިތުންނަށް ބާއްޖަވެރި އަދި ފާގަތި ދުވަސްތަކަކަށް އެދިފައެވެ.

އިނގިރޭސިންގެ އިސްތުމާރުގެ ދަށުގައި 133 އަހަރު ވަންދެން އޮތުމަށް ފަހު ލަންކާ އަށް މިނިވަން ކަން ލިބިފައި ވަނީ 1948 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
24 މާރިޗު 2017

ހުސްނީ މުބާރަކް މިނިވަން ކޮށްފި

24 މާރިޗު 2017
ހުސްނީ މުބާރަކް މިނިވަން ކޮށްފި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް