ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 00:10
ޗެލެންޗު ފުރިހަމަ ކުރުމަށް މަގެއްގެ މެދުގައި ޒުވާން އަންހެން ކުއްޖެއް އޮށޯވެލައިގެން
ޗެލެންޗު ފުރިހަމަ ކުރުމަށް މަގެއްގެ މެދުގައި ޒުވާން އަންހެން ކުއްޖެއް އޮށޯވެލައިގެން
މުހައްމަދު ޝަރުހާން
ޗެލެންޖް އެކްސެޕްޓެޑް
ޗެލެންޖް އެކްސެޕްޓެޑް: ހީހީ ހަލާކުވާ ވަރުވޭ!
 
ހެއްވާ މާޖާ ކަންކަން ކުރުމަކީ ދިވެހިންގެ އާދައެއް
 
ގިނަ ޒުވާނުން އަންނަނީ އެ ކަން ކުރަމުން

''ޗެލެންޖެއް! އެކަމަކު ވަރަށް މަޖާ ކަމެއް,'' ދިވެހިންނަކީ އަބަދުވެސް ތަފާތު އެކި ތަޖުރިބާތައް ކުރަން ބޭނުންވާ ބައެކެވެ. ހެއްވާ މަޖާ ކަންކަމުގެ ތެރެއިން މުނިފޫހިފިލުވުމުގެ ކަންކަމުގައި ވެސް ދިވެހިން އަވަދިނެތި އުޅެއެވެ. އެގޮތުން މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ''ޗެލެންޖް އެކްސެޕްޓެޑް'' ގިނަ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި މި ޗެލެންޖްތައް ކުރަމުންދާއިރު، ރާއްޖޭގައި ވެސް ގިނަ ޒުވާނުން މިހާރު މި ވަނީ ތަޖުރިބާ ކޮށްފައެވެ.

''ޗެލެންޖް އެކްސެޕްޓެޑް'' މި ލިޔުމުގެ އެކިއެކި ތަފާތު ޕޯސްޓުތައް ޝޯޝަލް މީޑިއާގެ އެކިއެކި ފްލެޓް ފޯމްތަކުން ދަނީ ފެންނަމުންނެވެ. މިފަދަ ޕޯސްޓެއް ޝެއަރކޮށް އެ މީހަކު އެ ބޭނުންވާ ވަރަށް ކޮމެންޓް ނުވަތަ ލައިކް ލިބުމުން އެ ޕޯސްޓުގައި އެ ބުނާ ކަންތައް އެ މީހަކު ކުރާނެއެވެ.

ޗެލެންޖް މި ޕޯސްޓުތަކުގައި ފެންނަނީ އާންމު ދިރިއުޅުމުގައި ކުރަން ނުކުރޭ، ލަދު ގަންނަ ފަދަ ކަންކަމެވެ. އެގޮތުން މަގެއްގެ މެދުގައި އޮށޯވެގެން އޮވެ ފޮޓޯއެއް ނެގުމާއި، ފިހާރައެއްގެ ތެރޭގައި އޮށޯވެގެން އޮތުމާއި، ނުވަތަ ރެސްޓައުރެންޓް ނުވަތަ ހޮޓަލެއްގެ މުށިތަކު މަތީގަ އިށީންދެގެން އިނދެ ކެއުންފަދަ ހެއްވާ މަޖާ ކަންކަމެވެ. މީގެ އިތުރުން ބައެއް ގޭމްތައް ކުޅުން ހުއްޓުމާއި ވަކި ކިލޯ މީޓަރަކަށް ދުވުމާއި އެ ކަމެއް ކުރުމުން ސިއްހަތަށް ފައިދާވާ ފަދަ ޕޯސްޓުތައް މީގެ ތެރޭގައި ހިމެނެއެވެ.

ފިހާރައެއްގެ ތެރޭގައި މީހަކު އޮށޯވެލައިގެން:ފޮޓޯ/ ފޭސްބުކް

މިކަން ތަޖުރިބާ ކުރި ޒުވާނަކު ބުނީ އޭނާ މިފަދަ ޕޯސްޓެއް ޝެއަރ ކުރީ މަޖަލަކަށް ކަމަށާއި، މި މަޖަލުގައި ރައްޓެހިންނާއި އާއިލާ މީހުން ވަރަށް ބޮޑަށް ބައިވެރިވެ އޭނާ ބޭނުންވި ވަރަށް ވުރެ އިތުރަށް ވެސް ކޮމެންޓް ލިބުނު ކަމަށެވެ. މިކަންވީ އޭނާގެ އިތުރުން އާއިލާ އާއި، ރައްޓެހިންނަށް ވެސް މަޖާ ކަމަކަށެވެ.

މިޗެލެންޖް ގިނަ ޒުވާނުން އަންނަނީ ކުރަމުން: ފޮޓޯ/ ފޭސްބުކް

އެ ޒުވާނާ ގަބޫލުކުރާ ގޮތުގައި ބިޒީ ދިރިއުޅުމެއް އުޅެމުންދާއިރު، އެފަދަ މަޖާ ކަމެއް ސޯޝަލް މީޑިއާގައި ކުރުމަކީ މީހާއަށް އުފާވެރިކަން ލިބުމުގެ އިތުރުން ގުޅުން ބަދަހިވާ ކަމަކެވެ. މިއީ އެޒުވާނާގެ އިތުރުން ވެސް އެތައް ބަޔަކު ގަބޫލު ކުރާނެ ކަމެއް ކަމާ މެދު ޝައްކެތްނެތެވެ. 

''އަޅުގަނޑު އުޅެނީ މާލެގައި. މާލެ އައި ފަހުން ރަށު ރައްޓެހިންނާ ވަރަށް ވާހަކަ ނުދެއްކޭ. މިޕޯސްޓް ޝެއަރކޮށްގެން ވަރަށް ދުވަހު ވާހަކަ ނުދެއްކިފަ ތިބި ރައްޓެހިންނާ ވާހަކަ ދެކެވިއްޖެ. ދެން ބުނާނެ ކޮބާހޭ ވައުދު. ވައުދު ފުއްދާށޭ. ފޮޓޯ އެފްބީއަށް ލާށޭ،" އެ ޒުވާނާ ކިޔައިދިނެއެވެ.

ޗެލެންޖިން ޕޯސްޓަކަށް ކޮމެންޓް ކުރި ޒުވާން އަންހެން ކުއްޖެއް ބުނީ، ޗެލެންޖް ފުރިހަމަ ކުރާނެ ކަމާމެދު ސުވާލު އުފެދުނު ކަމަށާއި، ބޮޑަށް ބޭނުންވީ ރަހުމަތްތެރިޔާއަށް އެފަދަ ކަމެއް ކުރަން ކެރޭތޯ ބެލުން ކަމަށެވެ.

''އެޕޯސްޓަށް ސްޓިކަރ ފޮނުވީ ފުލުފުލުން. ހިޔެއް ނުކުރަން އަސްލު ފިހާރައެއްގަ އޮށޯންނަން ކެރޭނެ ކަމަކަށް. ދެން އެކަމު އޭނާ އެކަން ކޮށްފި. ވަރަށް މަޖާ ކަމެއް އެއީ،'' އެ އަންހެން ކުއްޖާ ބުންޏެވެ. 

މިއީ މިފަދަ ޗެލެންޖެއް ކުރި ޒުވާނެއްގެ ތަޖުރިބާއެވެ. ބިޒީ ދިރިއުޅުމެއްގައި އުޅޭއިރު، ގޭގައި ތިބިގެން ނުވަތަ އެހެން ވެސް މަސައްކަތްތެއްގައި އުޅުމަށްފަހު ވެސް ލިބޭ ހުސްވަގުތުގައި މިފަދަ ކަމެއްކޮށްފިނަމަ ބޮޑު ހިތްހަމަ ޖެހުމެއް އެތައް ބަޔަކަށް އެބަލިބެއެވެ.

ހުޅުމާލޭގެ މަގެއްގެ މެދުގައި ޒުވާނަކު އޮށޯވެލައިގެން: ފޮޓޯ/ ފޭސްބުކް

މީގެ އިތުރުން މިފަދަ ޗެލެންޖެއްގެ ފޮޓޯ ނަގަން އުޅުނު ޒުވާނަކު ބުނީ ފޮޓޯ ނެގެނީ ވެސް ވަރަށް އުނދަގުލުން ކަމަށާއި، ހިނިއަންނަ ވަރުން ރަނގަޅަށް ފޮޓޯ ފޯކަސްކޮށް ނުނެގޭ ކަމަށެވެ. އަދި ރަނގަޅު ފޮޓޯއެއް ނެގުމަށް ވެސް އެއް ގަޑިއިރަށް ވުރެ ގިނަ އިރުވި ކަމަށް އޭނާ ބުންޏެވެ. 

''ފޮޓޯ ނަގަން އުޅޭއިރު ވެސް ހެވެނީ. ކޮންޓްރޯލެއް ނުވޭ. ބޮޑު ގްރޫޕެއް އަސްލު އުޅެނީ. އުޅޭއިރު ބަލަން ޖެހޭނެއްނު އެހެން މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް. އެހެންވީމަ ވަރަށް ބަލާފަ ފޮޓޯ ނަގަނީ. ފޮޓޯއަށް ހުއްޓިގެން ހުންނަ ކުއްޖާ ވެސް ހޭނީ ހަމަ. ދެން ވަރަށް ބޮޑަށް ކޮންޓޯލްކޮށްގެން މިކަން ކުރެވުނީ. އެކަމަކު ވަރަށް މަޖާ ކަމެއް މިއީ،'' އެ ޒުވާނާ ބުންޏެވެ.

ނަމަވެސް ޗެލެންޖްތައް ކުރާއިރު، ތިމާ އާއި އެހެން ބަޔަކަށް އެކަމުގެ ސަބަބުން ނުރައްކާވާފަދަ، ނުވަތަ އުނދަގޫވާފަދަ ކަމެއް ކޮށްގެން ނުވާނެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އަމިއްލައަށް ފުރާނައަށް ނުރައްކާފަދަ ޗެލެންޖުތައް ކޮށްފައި އެބަހުއްޓެވެ. އަދި ބައެއް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ. ކޮންމެ ކަމެއްގައި އެ އޮންނަ ހުދޫދުން މިންގަނޑުކޮށްފި ނަމަ އެކަމަކީ މަޖާ، އެތައް ބައެއްގެ އުފާވެރިކަން ލިބޭނެ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
6%
24%
6%
24%
29%
12%
ކޮމެންޓް