Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައްޑޫސިޓީގެ ހަންކެޑެ

އައްޑޫސިޓީގެ ހަންކެޑެ ތަރައްޤީކުރުމަށް ހަދާފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފި

31 ޖެނުއަރީ 2019 | ބުރާސްފަތި 07:52

އެއްބަސްވުން ބާތިލް ކުރުމަށް 7 ދުވަހުގެ މުއްދަތެއް ކުންފުންޏަށް ދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 ޖެނުއަރީ 2019 | ބުރާސްފަތި 07:52
ހަންކެޑެ

ހަންކެޑެ

އައްޑޫސިޓީގެ ހަންކެޑެ ތަރައްޤީ ކުރުމަށް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑް އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެއްބަސްވުން އެ މިނިސްޓްރީން ބާތިލްކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަންކެޑެ ތަރައްޤީ ކުރުމަށްޓަކައި 2006 ވަނަ އަހަރުގެ އޭޕްރިލް 9 ވަނަ ދުވަހު އެ މިނިސްޓްރީއާ ތޫޑު ޕްރައިވެޓް ލިމިޑެޓް ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވި 2011 ވަނަ އަހަރުގެ ޖޫން 20 ވަނަ ދުވަހު، ހަންކެޑެއާ ގުޅޭ އެންމެހާ ހައްޤުތައް ޑޮލަރޓަންއަށް ބަދަލުކޮށްފައިވީނަމަވެސް އެ ބިން އެއްވެސް ވަރަކަށް ތަރައްޤީ ކުރެވިފައިނުވާތީ އެ ބިމުން ސަރުކާރަށް އަދި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަންފާއެއް ނުލިބި ދިގު މުއްދަތެއް ފާއިތުވެ ގޮސްފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހޮޓާ ތަރައްޤީ ކުރެވިފައިނުވަނީ އެއްބަސްވުމުގައި ބަޔާންކުރާ، އެ ފަރާތުގެ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން ކަމަށް ނުފެންނާތީއާ އެތަނުގެ ލީސް އެގްރީމަންޓާ އެ ފަރާތުން ހިލާފުވެފައިވާތީ މިނިސްޓްރީއަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން، އެއްބަސްވުން ބާތިލް ކުރުމަށް އަންގާ 7 ދުވަހުގެ ނޯޓިސް ޑޮލަރޓަން އަށް ދީފައިވާ ކަމަށެވެ.

ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ނިންމައި، އެންމެ ފުރަތަމަ އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ 2005 ގައި ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ ތޫނޑު 2،500 ޑޮލަރުން ޖޫރިމަނާކޮށް، އެ ކުންފުނި އަތުން ހަންކެޑެ ނަގައިފައެވެ.

އޭގެ ފަހުން 2008 ގައި އަލުން އަނެއްކާ ވެސް ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ ހަވާލުކޮށް އެތަނުގައި ސާމްޕާލް ރޫމެއް ވެސް ހެދިއެވެ. ނަމަވެސް އެ މަސައްކަތް ވެސް ފަހުން ހުއްޓުނީއެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ރޭވި މަޝްރޫއުގެ ތެރެއިން ފުރަތަމަ އިއުލާން ކުރި އެއް ރަށް ކަމަށް ވިޔަސް، އެއީ މިހާތަނަށް ކޮޅެއްގައި ނުޖެހި އެންމެ ބޮޑަށް ދިގުލައިގެން ގޮސްފައިވާ އެއް މަޝްރޫއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ: އިންޑިއާގެ ފޮރިން މިނިސްޓްރީ

01 ފެބުރުއަރީ 2025
މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ: އިންޑިއާގެ ފޮރިން މިނިސްޓްރީ
11 ޖެނުއަރީ 2025

ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން – ޗައިނާ ވިޔަފާރިވެރިންނަށް ރާއްޖެ ހުޅުވާލުން

11 ޖެނުއަރީ 2025
ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން – ޗައިނާ ވިޔަފާރިވެރިންނަށް ރާއްޖެ ހުޅުވާލުން
10 ޖެނުއަރީ 2025

ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން – މަހުގެ ބާވަތްތައް އިމްޕޯޓު ކުރާ ވާހަކަ

10 ޖެނުއަރީ 2025
ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން – މަހުގެ ބާވަތްތައް އިމްޕޯޓު ކުރާ ވާހަކަ
09 ޖެނުއަރީ 2025

ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން - މަހުގެ އެކްސްޕޯޓު

09 ޖެނުއަރީ 2025
ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން - މަހުގެ އެކްސްޕޯޓު
08 ޖެނުއަރީ 2025

ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން - ތައާރުފް

08 ޖެނުއަރީ 2025
ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން  - ތައާރުފް
18 އޮކްޓޯބަރު 2023

ބީއެމްއެލުން، ރީސައިކަލް ކޮށްފައިވާ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ކާޑުތަކެއް ތައާރަފުކޮށްފި

18 އޮކްޓޯބަރު 2023
ބީއެމްއެލުން، ރީސައިކަލް ކޮށްފައިވާ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ކާޑުތަކެއް ތައާރަފުކޮށްފި
06 އެޕްރީލު 2023

އެސްޓީއޯއިން އެމްއޭސީއެލްއަށް ތެޔޮ ފޯރުކޯށްދޭން ވެފައިވާ އެއްބަސްވުން އައުކޮށްފި

06 އެޕްރީލު 2023
އެސްޓީއޯއިން އެމްއޭސީއެލްއަށް ތެޔޮ ފޯރުކޯށްދޭން ވެފައިވާ އެއްބަސްވުން އައުކޮށްފި
15 އޮކްޓޯބަރު 2019

ގްލަޓް އިންވެސްޓްމެންޓުން ހުޅުމާލޭގައި ހަދާފައިވާ ގްލެމާ ރެޒިޑެންސް ހުޅުވައިފި

15 އޮކްޓޯބަރު 2019
ގްލަޓް އިންވެސްޓްމެންޓުން ހުޅުމާލޭގައި ހަދާފައިވާ ގްލެމާ ރެޒިޑެންސް ހުޅުވައިފި
05 ޖޫން 2019

އަޒަރުބައިޖާނުގެ އެއަރލައިން އިން ބޮއިންގއާ އެކު ހަދާފައިވާ ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ކެންސަލްކޮށްފި

05 ޖޫން 2019
އަޒަރުބައިޖާނުގެ އެއަރލައިން އިން ބޮއިންގއާ އެކު ހަދާފައިވާ ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ކެންސަލްކޮށްފި
02 އޯގަސްޓު 2017

އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި

02 އޯގަސްޓު 2017
 އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް