Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޯޑީ އަލްބާ

ބާސާގެ އާ އެއްބަސްވުން އަލްބާ ގަބޫލުކޮށްފި

30 ޖެނުއަރީ 2019 | ބުދަ 14:43

އަލްބާގެ އެއްބަސްވުން އާކުރަނީ 2024 އަށް

ލީވާން އަލީ
ލީވާން އަލީ | 30 ޖެނުއަރީ 2019 | ބުދަ 14:43
ޖޯޑީ އަލްބާ

ޖޯޑީ އަލްބާ

ބާސެލޯނާ އިން ހުށަހެޅި އާ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ ލެފްޓް ބެކް ޖޯޑީ އަލްބާ ގަބޫލުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ބައެއް މީޑިއާތަކުން ބުނީ، ބާސާއާ އެކު އަލްބާ ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރަށް އާކުރަން ނިންމާފައިވާ ކަމަށާއި، އެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އަލްބާ ވަނީ އޭނާ ބާސާގައި މަޑުކުރަން ބޭނުންވާ ވާހަކަ ބުނެފައެވެ. ނަމަވެސް އެއްބަސްވުން އާނުކުރެވި ލަސްވީ ބައެއް އޭރު ހެދި އެއްބަސްވުމުގައި ހިތްހަމަނުޖެހޭ ކަންކަން ހުރުމުންނެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ އަލްބާ ހޯދަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު އަދި އިޓަލީ ލީގުގެ ބައެއް ކްލަބްތައް ވެސް ހިމެނެއެވެ.

ސްޕެއިންގެ ވެލެންސިއާ އިން ވިދާލި އަލްބާ ވަނީ އެ ޓީމަށް ކުޅުނު 110 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވެލެންސިއާގައި ތިން ސީޒަން ހޭދަކުރުމަށް ފަހު ބާސާއަށް ބަދަލުވީ 2012 ވަނަ އަހަރުގެ ސީޒަނުގައެވެ.

އަލްބާ ވަނީ ބާސާއަށް މިހާތަނަށް ކުޅުނު 271 މެޗުގައި 14 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ހަތަރު ލީގު ތަށި، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު އަދި އެއް ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް ކުޅުނު 67 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާ އަލްބާ ވަނީ 2012 ވަނަ އަހަރު އެޓީމާއެކު ކާމިޔާބުކުރުމުގެ އިތުރުން 2013 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ދެވަނަ ވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
20 ޖޫން 2017

ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި

20 ޖޫން 2017
ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
28 މެއި 2017

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް