Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަތަރު ލީޑަރުންގެ ބައްދަލުވުން

ހަތަރު ލީޑަރުންގެ މި މަހުގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑަނޭޅޭ!

29 ޖެނުއަރީ 2019 | އަންގާރަ 06:40

ފާއިތުވި ހަފްތާ މެދުތެރޭގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ، މި ހަފްތާ މެދުތެރޭގައި ލީޑަރުންގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 29 ޖެނުއަރީ 2019 | އަންގާރަ 06:40
ލީޑަރުންގެ މި މަހުގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑަނޭޅޭ

ލީޑަރުންގެ މި މަހުގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑަނޭޅޭ

މި ހަފްތާގެ މެދުތެރޭގައި ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، ހަތަރު ލީޑަރުންގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑައެޅިފައި ނުވާކަން ރާއްޖެ އެމްވީއަށް އެގިއްޖެއެވެ.

24 ޖެނުއަރީގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ކޮންމެ މަހަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޯލިޝަން ލީޑަރުންގެ ބައްދަލުވުން އަންނަ ހަފްތާގެ ތެރޭގައި ބޭއްވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

މިދިޔަ ބުރާސްފަތިދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ހަތަރު ލީޑަރުންގެ ބައްދަލުވުމާއި ގުޅޭ ގޮތުން، އެ ދުވަހު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެގޮތުން އެމަނިކުފާނު ދަތުރުފުޅެއް ފާއިތުވި ހަފްތާ ބަންދުގައި އޮތުމާ އެކު މި ހަފްތާގެ ތެރޭގައި ބޭއްވޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.

މަހަކު އެއްފަހަރު ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވަނީ ރައީސް ސޯލިހުވެސް ބައިވެރިވަޑައިގަންނަވާ ގޮތަށް ކަމަށްވާއިރު، ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މި ހަފްތާގައި ރައީސް ސޯލިހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އިވެންޓްތަކުގެ ޕްލޭންގައި އަދި ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ނެތެވެ.

ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު 15 ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައެވެ.

ކޯލިޝަން ޕާޓީގެ ބައްދަލުވުމެއް އާ އަހަރު ފެށުނުފަހުން ބޭއްވިފައިނުވާއިރު،ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަށް ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ދަނީ ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ދަނީ އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދަށާއި، އެ ޕާޓީއަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ދެ ޕާޓީގެ ދެމެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ކުރިމަތިލާނެ ކަމަށް އިއުލާންކުރި ހިސާބުންނެވެ.

ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމަށް ބުނެފައިވާއިރު، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން އެމްއާރްއެމްއާ، އަދާލަތު ޕާޓީން ވަނީ ކޯލިޝަން ދެމެހެއްޓުމަށް ގޮވާލާފައެވެ.

ހަތަރު ލީޑަރުންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް