Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ރާކޭޝް ޝަރްމާގެ ބައޯޕިކް ދޫކޮށްލިކަން ހާމަކުރާނީ ޝާހުރުކް: އާމިރު

"ޒީރޯ" އަށް ފަހު ޖައްވުގެ މަންޒަރުތައް ދައްކުވައިދޭ ފިލްމެއް ނުކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައްބުނޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 28 ޖެނުއަރީ 2019 | ހޯމަ 16:45
ޝާހުރުކް ޚާން

ޝާހުރުކް ޚާން

ރާކޭޝް ޝަރުމާގެ ބައޯޕިކް ދޫކޮށްލިކަން ޝާހުރުކް ޚާން އަމިއްލައަށް ހާމަކުރަންދެން މަޑުކުރުމަށް އާމިރު ޚާން އެދިއްޖެ އެވެ.

މި ފިލްމް ކުޅުމުގެ ފުރުސަތު އާމިރު ޚާން އަށް ލިބިފައި ވަނިކޮށް އެ ފިލްމް ކުޅުމަށް ޝާހުރުކް ޚާންއަށް ހުށަހަޅާފައިވަނީ އާމިރު ޚާން އެވެ. އަދި އެފިލްމް ޝާހުރުކް ދޫކޮށްލީތޯ ކުރި ސުވާލަށް ޖަވާބުދެމުން އާމިރު ބުނެފައިވަނީ "ޒީރޯ" ގެ ތަރި ޝާހުރުކް އެ ފިލްމް ދޫކޮށްލިކަން އޭނާ އިއުލާން ކުރަންދެން އެއްޗެއް ނުބުނެ މަޑުކުރަން ފެންނަ ކަމަށެވެ.

ރާކޭޝް ޝަރްމާގެ ބައޯޕިކް "ސާރޭ ޖަހާންސެ އައްޗާ" ޝާހުރުކް ޚާން ދޫކޮށްލީ "ޑޮން 3" ކުޅުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝާހުރުކް ޚާން އެންމެ ފަހުން ކުޅުނު ފިލްމް "ޒީރޯ" ގެ ނާކާމިޔާބަށް ފަހު ވަރަށް ގިނަ ކަން ކަމަށް ބެލުމަށްފަހުގައި ނޫނީ އިތުރު ފިލްމެއްގައި މަސައްކަތް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޒީރޯ" އަށް ފަހު ޖައްވުގެ މަންޒަރުތައް ދައްކުވައިދޭ ފިލްމެއް ނުކުޅެން އޭނާ ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ތަހުލީލްތައް ކުރާ ފިލްމްތަކާއި ފިލްމް ބަލާ އޯޑިއޯންސަން އެހާ ކަމުނުދާ ރޯލުތައް އޭނާ ކުޅެން ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތަގްސް އޮފް ހިންދުސްތާން އަށް ފަހު އާމިރު ޚާން ދެން ފެނިގެންދާނީ ކޮން ފިލްމަކުންތޯ ސުވާލު ކުރުމުން އާމިރު ބުނެފައިވަނީ ހަތަރު ފިލްމެއްގެ ސްކްރިޕްޓެއް އެބައޮތް ކަމަށާއި އޭގޭ ތެރެއިން ރަނގަޅު ސްކްރިޕްޓެއް މަސްދުވަހުގެ ތެރޭގައި ހޮވާނެ ކަމަށެވެ.

"މަހާބާތަރް" އާއި ބެހޭގޮތުން ސުވާލު ކުރުމުން އާމިރު ބުނެފައިވަނީ އެ ވާހަކަ ހާމަ ކޮށްފައި ނުވާނެ ކަމަށާއި އޭނާ މަސައްކަތެއް ކުރާނަމަ އެކަން ހާމަ ކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2019

ރާކޭޝް ޝަރްމާގެ ބައޯޕިކްގައި ފެނިގެންދާނީ ވިކީ ކައުޝަލްތަ؟

16 މާރިޗު 2019
ރާކޭޝް ޝަރްމާގެ ބައޯޕިކްގައި ފެނިގެންދާނީ ވިކީ ކައުޝަލްތަ؟
02 މާރިޗު 2019

އަމިތް ޝަރްމާގެ ސްޕޯޓްސް ބައޯޕިކްގައި އަޖޭ

02 މާރިޗު 2019
އަމިތް ޝަރްމާގެ ސްޕޯޓްސް ބައޯޕިކްގައި އަޖޭ
25 ފެބުރުއަރީ 2019

ގުންޖަން ސަކްސޭނާގެ ބައޯޕިކްގެ ޝޫޓިން ޖާންވީ ފަށައިފި

25 ފެބުރުއަރީ 2019
ގުންޖަން ސަކްސޭނާގެ ބައޯޕިކްގެ ޝޫޓިން ޖާންވީ ފަށައިފި
22 ޖެނުއަރީ 2019

ޝާހުރުކް ޑޮން 3 ކުޅުމަށް ރާކޭޝް ޝަރުމާގެ ބަޔޯޕިކް ދޫކޮށްލީތަ؟

22 ޖެނުއަރީ 2019
ޝާހުރުކް ޑޮން 3 ކުޅުމަށް ރާކޭޝް ޝަރުމާގެ ބަޔޯޕިކް ދޫކޮށްލީތަ؟
09 ޖެނުއަރީ 2019

ރާކޭޝް ރޯޝަނަށް އަވަސް ޝިފާއަކަށް މޯދީ އެދިވަޑައިގެންފި

09 ޖެނުއަރީ 2019
ރާކޭޝް ރޯޝަނަށް އަވަސް ޝިފާއަކަށް މޯދީ އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު