Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

ދުވާލަކަށް އެންމެ ކުޑަކޮށް ދެވޭ އުޖޫރައަކަށް 200 ރުފިޔާ

28 ޖެނުއަރީ 2019 | ހޯމަ 07:06

އުޖޫރަ ދެވޭނެ އުޞޫލު ކަނޑައަޅާނީ އެކި މަސައްކަތްތަކަށް އެކި އުޖޫރަ ކަނޑައަޅާ އުޞޫލުން

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2019 | ހޯމަ 07:06
ޓީޗަރުންތަކެއް ތަމްރީން ފްރޮގްރާމެއްގައި

ޓީޗަރުންތަކެއް ތަމްރީން ފްރޮގްރާމެއްގައި

ދުވާލަކަށް އެންމެ ކުޑަކޮށް ދޭވޭ އުޖޫރައަކަށް 200 ރުފިޔާ ދޭން ޖެހޭ ގޮތަށް ޤާނޫނެއް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި އެވެ.

މި ގާނޫނު ހުށަހަޅާނީ އަލަށް އިންތިޚާބުކުރާ މަޖިލީހަށެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ހުޅުމާލެ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައި އެމްޑީޕީން ބޭއްވި ވޯކްޝޮޕްގައި އެ ބިލްގެ ޑްރާފްޓެއް ވަނީ ހުށައަޅާފަ އެވެ. ވަޒީފާއާ ބެހޭ ޤާނޫނު އިން އެންމެ ކުޑަމިނުން ދެވޭނޭ އުޖޫރަ ކަނޑައެޅުމުގެ ބާރު ސަރުކާރަށް ވަނީ ދީފައެވެ.

އެމްޑީޕީން ބުނީ އެޖެންޑާ 19 ގައި (ވަޒީފާއާ ބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅޭނެ ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ދެވޭނެ އުޞޫލު ކަނޑައަޅާނީ އެކި މަސައްކަތްތަކަށް އެކި އުޖޫރަ ކަނޑައަޅާ އުޞޫލުން ކަމަށެވެ. އަދި އެގޮތުން އުޖޫރަ ކަނޑައަޅާނީ މަހު އުޖޫރައިން ދުވަހަކަށް ޖެހޭ ޢަދަދުން ކަމަށް އެބިލްގައިވެއެވެ.

އެކި ސިނާޢަތްތަކުގައި މަސައްކަތް ކުރާ އެކި ފަންނުގެ މަސައްކަތްތެރީންނަށް އުޖޫރަ ކަނޑައަޅާއިރު ބަލާނީ އެ ސިނާޢަތަކަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރައަށެވެ. އުޖޫރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ ޢަދަދު ދާއިމީ ވަޒީފާ އާއި ވަގުތީ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް ކަނޑައެޅޭނެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ޢަދަދުގެ ތެރޭގައި ދަތުރުފަތުރުގެ ސިނާޢަތަށް ދުވާލަކަށް 266.27 ރުފިޔާ، މަސްވެރިކަމާ ދަނޑުވެރިކަމުގެ ސިނާޢަތަށް ދުވާލަކަށް 266.67 ރުފިޔާ، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާޢަތު ދުވާލަކަށް 200.00 ރުފިޔާ، ރިސޯޓްފަހަރު ހިންގުމުގެ ސިނާޢަތު ދުވާލަކަށް 333.33 ރުފިޔާ، ފަތުރުވެރިކަމުގެ އެހެނިހެން ސިނާޢަތު ދުވާލަކަށް 200.00 ރުފިޔާ، ސިއްޙީ ޚިދުމަތް ދިނުން ދުވާލަކަށް 266.67 ރުފިޔާގެ އިތުރުން، ތަޢުލީމީ ޚިދުމަތްދިނުން ދުވާލަކަށް 266.67 ރުފިޔާ، އަދި އެހެނިހެން ސިނާޢަތްތަކާއި ޚިދުމަތްތަކަށް ދުވާލަކަށް 200.00 ރުފިޔާ ވަނީ ހަމަ ޖައްސާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް