Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއެލާގެ މަޝްރަހު

ވެނެޒުއޭލާގައި ރިޔާސީ އިންތިހާބެއް ބާއްވަން ޔޫރަޕުގެ ގައުމުތަކުން މުހުލަތެއް ދީފި

26 ޖެނުއަރީ 2019 | ހޮނިހިރު 14:55

35 އަހަރުގެ ހުއާން ގައިޑޯ، އަމިއްލަފުޅަށް އޭނާއަކީ ވަގުތީ ލީޑަރު ކަމަށް އިއުލާން ކުރެއްވީ ބުދަ ދުވަހު

އަމަން ހަލީމް
އަމަން ހަލީމް | 26 ޖެނުއަރީ 2019 | ހޮނިހިރު 14:55
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަދި އިދިކޮޅު ލީޑަރު ހުއާން ގައިޑޯ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަދި އިދިކޮޅު ލީޑަރު ހުއާން ގައިޑޯ

އަށް ދުވަހުގެ ތެރޭގައި ވެނެޒުއޭލާގައި ރިޔާސީ އިންތިހާބެއް ނުބޭއްވިއްޖެ ހާލަތެއްގައި އިދިކޮޅު ލީޑަރު ހުއާން ގައިޑޯއަކީ ރައީސްކަމުގައި ބަލައިގަންނާނެ ކަމުގެ އިންޒާރު ޔޫރަޕުގެ ގައުމުތައް ކަމުގައިވާ ސްޕެއިން، ފަރަންސޭސިވިލާތް އަދި ޖަރުމަނުން މިހާރުގެ ރައީސް ނިކޮލަސް މަޑޫރޯއަށް ދީފިއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގައުމާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަށް ދުވަހުގެ ތެރާގައި އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބެއް ނުބޭއްވިއްޖެ ހާލަތެއްގައި ގައިޑޯއަކީ ރައީސްކަމުގައި ބަލައިގަންނާނެ ކަމަށެވެ. ކުރިން ސްޕެއިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ވެނެޒުއޭލާގެ 200،000 މީހުން ސްޕެއިންގައި ދިރިއުޅެއެވެ.

އަށް ދުވަހުގެ ތެރޭގައި އިންތިހާބެއް އިއުލާން ނުކޮށްފި ނަމަ ގައިޑޯއަކީ ރައީސްކަމަށް ބަލައިގަންނާނެ ކަމަށް ފަރަންސޭސީ ބޮޑުވަޒީރު މެކްރޮން ވެސް ވަނީ ވިދާޅުވެފައެވެ.

ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ 35 އަހަރުގެ ހުއާން ގައިޑޯ، އަމިއްލަފުޅަށް އޭނާއަކީ ވަގުތީ ލީޑަރު ކަމަށް އިއުލާން ކުރެއްވީ ބުދަ ދުވަހުގައެވެ. ގައިޑޯ މިކަން އިއުލާން ކުރެއްވި ފަހުން އެމެރިކާ އާއި ދެކުނު އެމެރިކާގެ ގައުމުތައް ކަމުގައިވާ ބްރެޒިލް، އާޖެންޓީނާ ފަދަ ގައުމުތަކުން ވަނީ އޭނާއަކީ ވަގުތީ ރައީސް ކަމަށް ބަލައިގެންފައެވެ.

ގައިޑޯ ވަނީ ރައީސް މަޑޫރޯއާ އެކު މަޝްވަރާ ކުރައްވަން ދެކޮޅު ހައްދަވައި، އިންތިގާލީ ސަރުކާރެއް ގާއިމުކުރެވެން ދެން މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ހުޅަނގުގެ ގައުމުތަކާއި އަވަށްޓެރި ގިނަ ގައުމުތަކުން ގައިޑޯއަކީ ރައީސްކަމަށް ބަލައިގަންނަން ނިންމި ނަމަވެސް، ވެނެޒުއެލާގެ ބާރުގަދަ އަސްކަރިއްޔާގެ ތާއީދު އޮތީ އަދިވެސް މަޑޫރޯއަށެވެ. އަދި ޗައިނާ އާއި ރަޝިޔާ ފަދަ ދުނިޔޭގެ ބާރުތަކުން ވަނީ މަޑޫރޯގެ ވެރިކަން ދިފާއުކުރާނެ ކަމަށް ބުނެފައެވެ. މި ދެ ގައުމުން ބުނެފައި ވަނީ ވެނެޒުއެލާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހަށް އެމެރިކާ އިން ވައްދާފައި އޮތް މައްސަލަ ވީޓޯ ކުރާނެ ކަމަށެވެ.

މައްސަލަ ބޮޑު އިންތިހާބަކަށް ފަހު ދެވަނަ ދައުރަކަށް މަޑޫރޯ ހުވާކުރެއްވީ، އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިހާބަކީ އިންތިހާބުތަކަށް ކުރި މަލާމާތެއް ކަމަށާއި ބަލައި ނުގަންނަ ކަމަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ބުނެފައި ވަނިކޮށެވެ. މަޑޫރޯގެ ވެރިކަމުގައި އެ ގައުމުގައި އިގްތިސާދު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ

05 އޯގަސްޓު 2017
ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ
29 ޖުލައި 2017

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

29 ޖުލައި 2017
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ
28 ޖުލައި 2017

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި
17 ޖުލައި 2017

ވެނެޒުއޭލާގައި ވޯޓްލާން ގޮސް ހުރި ނަރުހަކަށް ބަޑިން ހަމަލާދީ މަރާލައިފި

17 ޖުލައި 2017
ވެނެޒުއޭލާގައި ވޯޓްލާން ގޮސް ހުރި ނަރުހަކަށް ބަޑިން ހަމަލާދީ މަރާލައިފި
30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް