Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އޮފީސް

ދުންފަތް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާނެ ޤާނޫނުތަކާ ބެހޭގޮތުން ދަނީ މަޝްވަރާ ކުރަމުން: ރައީސް ސޯލިހު

24 ޖެނުއަރީ 2019 | ބުރާސްފަތި 21:51

ދުންފަތަށް ދިވެހިން އަދިވެސް ހޭލުންތެރިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖެނުއަރީ 2019 | ބުރާސްފަތި 21:51
މޯލްޑިވްސް އެން.ސީ.ޑީ.އެލާޔަންސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

މޯލްޑިވްސް އެން.ސީ.ޑީ.އެލާޔަންސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ޢަމަލު ކުރާނެ އުޞޫލުތަކެއް ކަނޑައަޅާ ޤާނޫނުތަކާ ޤަވާއިދުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދަ މޯލްޑިވްސް ނަން-ކޮމިއުނިކަބަލް ޑިޒީޒް އެލަޔަންސް (މޯލްޑިވްސް އެން.ސީ.ޑީ.އެލާޔަންސް) ގެ މެންބަރުންނާއެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ މެންބަރުން ވަނީ ދުންފަތުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ދިމާވަމުން އަންނަ އެކި ކަހަލަ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަދައްކަވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ދުންފަތުގެ ސަބަބުން ޞިއްޙީ ގޮތުން ދިމާވާ މައްސަލަތަކަށް، ތަފާސް ހިސާބުގެ އަލީގައި ވަރަށް ތަފްޞީލުކޮށް އަލިއަޅުއްވާލައްވައި މިގައުމު ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމަތްކުރުމަށް ބާރުއެޅުއްވުމަށް އެމެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މެންބަރުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދިމާވާ ނުރައްކާތެރިކަމާއި ދޭތެރޭ އަދިވެސް ހޭލުންތެރިވާންވާ މިންވަރަށް ދިވެހިން ހޭލުންތެރިނޫންކަން ފާހަގަކުރައްވައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި ނުވަތަ މަދުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަފައެވެ.

މެންބަރުންގެ މިވާހަކަތަކަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ޞިއްޙީ ދާއިރާގައި ދިމާވާ މިފަދަ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާއި، އެކަންކަމަށް އެކަށޭނަ ގޮތުގައި ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ މެންބަރުން ހުށަހެޅުއްވި ކަންކަމަށް އަވަސް މުސްތަޤްބަލެއްގައި އެދެވޭ ނަޖީޖާއެއް ފެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް ކޮންޓްރޯލް ކުރުމަށް ޢަމަލު ކުރާނެ އުޞޫލުތަކެއް ކަނޑައަޅުއްވާނެ ޤާނޫނުތަކާ ޤަވާއިދުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވަމުންދާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރަމްޒީ ހަދިޔާއެއް އަރުވައިފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
28 އެޕްރީލު 2017

ޔާމީން ރަޝީދުގެ މަރާއިބެހޭގޮތުން ބައިނަލްއަގްވާމީ މީޑިޔާއާއި މައުލޫމާތު ހިއްސާކޮށްފި

28 އެޕްރީލު 2017
ޔާމީން ރަޝީދުގެ މަރާއިބެހޭގޮތުން ބައިނަލްއަގްވާމީ މީޑިޔާއާއި މައުލޫމާތު ހިއްސާކޮށްފި
27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
26 މާރިޗު 2017

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް