Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

23 ޖެނުއަރީ 2019 | ބުދަ 20:40

ޕީއެސްސީން މިއަދު ވަނީ ގާސިމާ ބައްދަލު ކުރައްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 23 ޖެނުއަރީ 2019 | ބުދަ 20:40
ގާސިމް ޕީއެންސީ މެމްބަރުންނާއި އެކު

ގާސިމް ޕީއެންސީ މެމްބަރުންނާއި އެކު

ސައުވީސް ގަޑިއިރު މަޖިލީސް ހުޅުވަން ޖެހުނަސް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއްޖެއެވެ.

މ. ކުނޫޒުގައި ބޭއްވި ރަސްމީއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ، ޒާތީ ވެގެން، ޕީއެސްސީ ރަޖީސްޓްރީކޮށް ނުދީ ހިފަހައްޓައިގެން ނުވާނެ ކަމަށާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކޮށްގެން ވިޔަސް އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް އެއްބާރުލުން ދީ އެކަން ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

''އަޅުގަނޑު 24 ގަޑިއިރު ރައްޔިތުންގެ މަޖިލީސް ހުޅުވާފައި ބަހައްޓައިގެން ވެސް އެކަން ނިންމާނަން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތު. އަޅުގަނޑު އެކަން ކުރާނަން,'' ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ޕީއެންސީގެ މެމްބަރުން އެމަނިކުފާނާ ބައްދަލު ކުރި ކަމަށާއި އެބޭފުޅުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އީސީން އެ ޕާޓީ ރަޖިސްޓްރީކޮށް ނުދިނުން ކަމަށެވެ. އެ ޝަކުވާތައް އަޑު އެހުމަށްފަހު އީސީގެ ރައީސްގެ އިތުރުން އެ ކޮމިޝަންގެ މެމްބަރަކަށް ވެސް ގުޅުއްވި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ބޭފޫޅުން ކައިރީ ޖެހިގެން އުޅޭ މައްސަލަ ކިޔަދިން ކަމަށާއި އީސީން ބުނީ ޕީއެންސީ ރަޖިސްޓްރީ ކޮށް ނުދެވިގެން އުޅެނީ އީސީގެ މެމްބަރުންނަށް ''ވަގަށް'' ގޮވާތީ ކަމަށާއި އެހެންވެ ފޯމްތައް ރަނގަޅަށް ބަލަމުންދާތީ ކަމަށް ޖޭޕީގެ ލީޑަރު ވިދާޅުވިއެވެ.

''އެއީ ތިމަންނާމެންނާ ވެސް ވަގަށް ގޮވާ ކަންތައް ކޮށް އެހެން ކަންތައް ކޮށް ހަދަނީއޭ، އެހެންވީމާ ތިމަންނާމެންވެސް ހުރިހާ އެއްޗެއްވެސް ބަލަނިއްޔޭ. ދެން އަޅުގަނޑު ދެންނެވިން ކޮންމެ ޕާޓީއެއް ރަޖިސްޓްރީ ކުރީމާ ކޮންމެ މެމްބަރަކަށް ފޯނުކޮށްފައި އަހަންތޯއޭ،'' އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭ ހިމެނޭ ގާސިމް ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ވާދަކުރުމަށް ޖޭޕީއާ އެގްރީމެންޓެއް ހެދިފައި ނުވާ ކަމަށް ބުނިކަމުގައި ވިޔަސް އެގްރީމެންޓެއް އެބައޮތް ކަމަށެވެ. އަދި އެ އެގްރީމެންޓް ޝައިއު ކުރަން ބޭނުން ނުވާނީ އެޕާޓީގެ ''ރެސްޕެކްޓަށް" ކަމަށް ގާސިމް ވިދާޅުވިއެވެ.

'' ދެން އެތާގެ ޗެއާޕާރސަން އަކަށް ހުންނެވި ބޭފުޅަކު ވިދާޅުވަނީ، އެގްރީމެންޓެއް ނޯއްނާނެޔޭ އެއްބަސް ވުމެއް ނެތޭ. ކޮން ގޮތަކަށް ނެތް ވާހަކަތޯ. އަޅުގަނޑުމެން އޭތީ ޝައިއު ކުރަންވީތޯ ނޫހުގަ. އެކަމަކު އަޅުގަނޑުމެންގެ ރެސްޕެކްޓަށް ޓަކައި އަޅުގަނޑުމެން ބޭނުންނުވަނީ އެކަހަލަ ހަޑި މުޑުދާރު ކަން ކަން އަދި މިހާ އަވަހަށް ކޮށްލަން'' ގާސިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް