Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕް: މިފަހަރު ވާދަކުރަނީ ނުވަ ޓީމު

23 ޖެނުއަރީ 2019 | ބުދަ 15:03

މުބާރާތް ފަށާނީ އަންނަ މަހު ކުރީކޮޅު

ލީވާން އަލީ
ލީވާން އަލީ | 23 ޖެނުއަރީ 2019 | ބުދަ 15:03
ގްރީން އިން މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް އުފުލާލަނީ

ގްރީން އިން މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް އުފުލާލަނީ

ދިވެހި ފުޓުބޯޅަ ސީޒަނުގައި މި ފަހަރު ކުޅޭ ފުރަތަމަ މުބާރާތް ކަމަށްވާ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރި ވަނީ ނުވަ ޓީމު ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މި ފަހަރުގެ މުބާރާތުގައި 21 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާއިރު، މުބާރާތުގައި ބައިވެރިވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކަލްބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓާއި، ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އާއި ށ. ފޯކައިދޫ އަދި ބ. އޭދަފުއްޓެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިފަހަރު ބައިވެރިނުވަނީ ޔުނައިޓެޑް ވިކްޓްރީ އާއި ފ. ނިލަންދޫއެވެ. މި ދެ ޓީމު ވަނީ މީގެ ކުރިން އޮތް މުބާރާތުގައި ކުޅެފައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތް ރޭވިފައިވާ ގޮތުން އެއް ގްރޫޕަށް ފަސް ޓީމު އަދި އަނެއް ގްރޫޕަށް ހަތަރު ޓީމު ބަހާލެވޭނެއެވެ. ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެކެވެ.

އެފްއޭއެމުން މި މުބާރާތް ފަށަން ތާވަލްކޮށްފައި ވަނީ އަންނަ މަހު ފުރަތަމަ ހަފްތާ ތެރޭގައެވެ.

މުބާރާތަށް މި މަހުގެ ކުރީކޮޅު ގިނަ ޓީމުތަކުން ފަރިތަކުރުންތައް ފަށާފައިވާއިރު، ގިނަ ޓީމުތަކުން ކުޅުންތެރިން ހޯދުމުގެ ގޮތުން ވަނީ ޓްރަޔަލްތަކެއް ބާއްވާފައެވެ.

ޔޫތު ޗެމްޕިއަންޝިޕަކީ ގިނަ ކުޅުންތެރިންތަކެއް ތައާރަފު ވެގެން ގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުން ވިދާލި ގިނަ ކުޅުންތެރިން އަންނަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގައި މުހިންމު ރޯލުތައް އަދާކުރަމުންނެވެ. ހަމައެހެންމެ މި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިން ވެސް ހިމެނެއެވެ.

އެފްއޭއެމް އިން 2011 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު މިދިޔަ ދެއަހަރު މުބާރާތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ގްރީން ސްޓްރީޓެވެ. މި މުބާރާތް އީގަލްސްއިން ތިން ފަހަރު ކާމިޔާބުކޮށްފައިވާއިރު، މާޒިޔާ އާއި ކްލަބް ވެލެންސިއާއިން ވެސް ވަނީ މި މުބާރާތް މީގެކުރިން ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް