Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔުނިވާސަލް ޕީރިއޮޑިކް ރިވިއު

ޔުނިވާސަލް ޕީރިއޮޑިކް ރިވިއުއަށް ރާއްޖެއިން ބިނާކުރަނިވި ހުށަހެޅުންތަކެއް

މިހާރު ފަށާފައިވާ 32 ވަނަ ސެޝަން ނިމޭނީ ފެބްރުއަރީ 1ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2019 | ބުދަ 02:44
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ

އދ.ގެ މެމްބަރު ގައުމުތަކުގައި އިންސާނީ ހައްގުތައް އޮތް މިންވަރު ދެނެގަތުމަށް އދގެ ހިއުމަން ރައިޓްސް ކަައުންސިލްގައި މިފަހަރު ގައުމުތައް ރިވިއުކުރެވޭއިރު ދިވެހިރާއްޖެއިން އަމަލީ ގޮތުން ބައިވެރިވެ ބިނާކުރަނިވި ހުށަހެޅުންތަކެއް ހުށަހަޅާނެކަމަށް ރާއްޖޭގެ ވަފްދުން ބުނެފިއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ 32 ވަނަ ސެޝަން ފެށިފައިވަނީ 21 ޖެނުއަރީ 2017 ގައެެވެ. ދެ ހަފްތާގެ މުއްދަތައް ކުރިޔަށްދާ މި ސެޝަން ނިމޭނީ 1 ފެބްރުއަރީ 2019 ގައެވެ.

މި ފަހަރުގެ ސެޝަންގައި 14 ގަައުމެއް ރިވިއުކުރެވޭއިރު އެ ގައުމުތަކަކީ، ނިއު ޒީލޭންޑް، އަފްޣާނިސްތާން، ޗިލީ، ވިއެޓްނާމް، އުރުގުއާއީ،ޔަމަން، ވެނުއާޓޫ، ފޯމަރ ޔޫގޮސްލާވް ރިޕަބްލިކް އޮފް މެސެޑޯނިއާ، ކޮމޮރޮސް، ސްލޮވާކިއާ، އެރިޓްރިއާ، ސައިޕްރަސް, ޑޮމިނިކަން ރިޕަބްލިކް އަދި ކެމްބޯޑިއާއެވެ.

ޔޫޕީއާރު ސެޝަންއަށް ރާއްޖެއިން ވަޑައިގެންފައިވަނީ ރާއްޖެއިން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދް އާއި ދާއިމީ މަންދޫބުގެ ނައިބް ހައުލާ އަހުމަދު ދީދީ އާއި ފަސްޓް ސެކްރެޓަރީ އައިޝަތު ޝަހުލާއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއުއަކީ އދ. މެމްބަރު ގައުމުތަކުގައި އެ ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް ކުރެވޭ ރިވިއު ކުރުމެކެވެ. އދ.ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުގެ ފަރާތުން ކުރާ މި ރިވިއުކުރުމުގެ ސަބަބުން ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަނެވި ހާލަތު ރަނގަޅުކުރުމާއި އެ ގައުމުތަކުގެ މައްޗަށް ލާޒިމްކުރާ ކަންކަން ފުރިހަމަކުރުމަށް ފުރުސަތު ލިބިގެންދެއެވެ

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ވަރކިންގ ގްރޫޕުން އަހަރަކު ބާއްވަނީ ރިވިއު ސެޝަންއެވެ. ކޮންމެ ސެޝަންއެއް ދެ ހަފްތާއަށް ދެމިގެންދާއިރު ހުރިހާ ގައުމެއް ރިވިއުކުރުމުގެ ބުރެއް ފުރިހަމަ ކުރުމަށް ހަތަރު އަހަރާއި ބައި ހޭދަވެއެެވެ. ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ މިހާރު ކުރިޔަށްދާ ބުރު 2017 ވަނަ އަހަރު ފަށާފައިވާއިރު މި ބުރު ނިންމާލެވޭނީ 2021 ވަނަ އަހަރުއެވެ.

ދިވެހިރާއްޖެ ރިވިއު ކުރާނީ 36 ވަނަ ސެޝަންގައި 2020 ވަނަ އަހަރުގެ އޭޕްރީލް/މެއިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޤްޞާ މިސްކިތުގައި ތިބި މީހުންނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އަޤްޞާ މިސްކިތުގައި ތިބި މީހުންނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

09 މެއި 2021
އައި.ސީޖޭގައި ކުރިއަށްދާ ރޮހިންގާ ދަރިކޮޅުގެ މީހުންގެ މައްސަލައަށް ދިވެހިރާއްޖެއިން ވަނުމުން އެކަމަށް އޯއައިސީއިން މަރުޙަބާ ކިޔައިފި

އައި.ސީޖޭގައި ކުރިއަށްދާ ރޮހިންގާ ދަރިކޮޅުގެ މީހުންގެ މައްސަލައަށް ދިވެހިރާއްޖެއިން ވަނުމުން އެކަމަށް އޯއައިސީއިން މަރުޙަބާ ކިޔައިފި

11 މާރިޗު 2020
ޕީރިއޮޑިކް ޓޭބަލްއަށް 150 އަހަރު – 2019 ޕީރިއޮޑިކް ޓޭބަލްއަށް ޚާއްސަ

ޕީރިއޮޑިކް ޓޭބަލްއަށް 150 އަހަރު – 2019 ޕީރިއޮޑިކް ޓޭބަލްއަށް ޚާއްސަ

01 ފެބުރުއަރީ 2019
ނިއުކްލިއަރ ހަތިޔާރު ގެންގުޅުމާ ދެކޮޅަށް އުތުރު ކޮރެއާ އިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނެ: ދެކުނު ކޮރެއާ

ނިއުކްލިއަރ ހަތިޔާރު ގެންގުޅުމާ ދެކޮޅަށް އުތުރު ކޮރެއާ އިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނެ: ދެކުނު ކޮރެއާ

18 ޖޫން 2018
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ އަދަދު އިތުރުކުރަން ރާއްޖެއިން ގޮވާލައިފި

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ އަދަދު އިތުރުކުރަން ރާއްޖެއިން ގޮވާލައިފި

08 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު